Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރިޔާންކާ ޗޯޕްރާ

ޕްރިޔާންކާ ޗޯޕްރާ އަށް "މަދާ ޓެރީސާ މެމޯރިއަލް އެވޯޑް" ލިބިއްޖެ

14 ޑިސެމްބަރު 2017 | ބުރާސްފަތި 06:34

އެވޯޑް ލިބުނީ ޝޯޝަލް ޖަސްޓިސްގެ ދާއިރާއިން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 14 ޑިސެމްބަރު 2017 | ބުރާސްފަތި 06:34
ޕްރިޔާންކާ ޗޯޕްރާ

ޕްރިޔާންކާ ޗޯޕްރާ

އދ.ގެ ގްލޯބަލް އެންބެސެޑަރު އަދި ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ ޕްރިޔާންކާ ޗޯޕްރާއަށް "މަދާ ޓެރީސާ މެމޯރިއަލް އެވޯޑް" ލިބިއްޖެއެވެ.

ޕްރިޔާންކާ އަށް މަދާ ޓެރީސާ އެވޯޑް ލިބިފައި ވަނީ ރެފިޔުޖީންނާއި ގެއްލިފައިވާ މީހުންނާ އަދި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން ޕްރިޔާންކާ އަށް ލިބިފައި ވަނީ "މަދާ ޓެރީސާ މެމޯރިއަލް އެވޯޑް ފޯ ސޯޝަލް ޖަސްޓިސް އެވޯޑްއެވެ.

ޕްރިޔާންކާކުރާ އިޖުތިމާއީ މަސައްކަތްތައް ފާހަގަކޮށް އޭނާ އަށް މަދާ ޓެރީސާ މެމޯރިއަލް އެވޯޑް ފޯ ސޯޝަލް ޖަސްޓިސްގެ އެވޯޑްއާ ހަވާލުވުމުގެ ދައުވަތު ދީފައި ވަނީ ދަ ހާމަނީ ފައުންޑޭޝަން އިންނެވެ. އަދި ޕްރިޔާންކާގެ ފަރާތުން އެ އެވޯޑާ ހަވާލުވީ އޭނާގެ މަންމަ މަދޫ ޗޯޕްރާއެވެ.

އެވޯޑާ ހަވާލުވުމަށް ފަހު ޕްރިޔާންކާގެ މަންމަ ބުނީ މިފަދަ އެވޯޑެއް ޕްރިޔާންކާ އަށް ލިބުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި ޕްރިޔާންކާ ކުރާ މަސައްކަތްކާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށް ވެސް ޕްރިޔާންކާގެ މަންމަ ބުންޏެވެ.

މީގެއިތުރުން ޕްރިޔާންކާގެ މަންމަ ބުނީ ޕްރިޔާންކާ އަސް މިފަދަ އެވޯޑެއް ލިބުމުން ސާބިތުކޮށްދެނީ ޕްރިޔާންކާ ކުރާ މަސައްކަތް ބަލައިގެފައިވާ ކަންކަމަށެވެ.

ޕްރިޔާންކާ އަށް މަދާ ޓެރީސާ މެމޯރިއަލް އެވޯޑް ފޯ ސޯޝަލް ޖަސްޓިަސް ލިބުނުއިރު އޭނާ ހުރީ މިވަގުތު އެމެރިކާގައެވެ. އަދި ޕްރިޔާންކާ ވަަރަށް އަވަހަށް މުމްބާއީ އަށް އަންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި މިވަގުތު ޕްރިޔާންކާ ބޮލީވޫޑްގެ ފިލްމްތަކުގައި މަސައްކަތް ކުރުމުގެ ބަދަލުގައި މިހާރު މަސައްކަތް ކުރަމުންދަނީ ހޮލީވުޑްގެ ފިލްމްތަކާ ސީރީޒްތަކުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2019

މަދާސް ޑޭ ގައި ސްރީދޭވީގެ މޮމް ޗައިނާގައި ރިލީޒް ކުރަނީ

05 އެޕްރީލު 2019
މަދާސް ޑޭ ގައި ސްރީދޭވީގެ މޮމް ޗައިނާގައި ރިލީޒް ކުރަނީ
14 ޑިސެމްބަރު 2017

ޝާހުރުކް ޚާންއާއެކު "ޑޯން 3" އިން ފެނިގެންދާނީ ދިޕިކާތަ؟ ނޫނީ ޕްރިޔާންކާތަ؟

14 ޑިސެމްބަރު 2017
ޝާހުރުކް ޚާންއާއެކު "ޑޯން 3" އިން ފެނިގެންދާނީ ދިޕިކާތަ؟ ނޫނީ ޕްރިޔާންކާތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް