Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެޑުއާޑޯ ބެރީޒޯ

ބެރީޒޯގެ ސާޖަރީ ކާމިޔާބުކަމަށް ސެވިއްޔާއިން ބުނެފި

އޭނާއަށް އަލުން އެނބުރި ކޯޗުގެ ޒިންމާތައް އަދާކުރުމަށް އާދެވޭނެ ދުވަހެއް ނޭގޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 ނޮވެމްބަރު 2017 | ބުދަ 14:56
އެޑުއާޑޯ ބެރީޒޯ - ޕްރޯސްޓޭޓް ކެންސަރަށް ފަރަުވާ ހޯދުމަށް އޭނާ ކުރި ސާޖަރީ ވަނީ ކާމިޔާބުވެފައި

އެޑުއާޑޯ ބެރީޒޯ - ޕްރޯސްޓޭޓް ކެންސަރަށް ފަރަުވާ ހޯދުމަށް އޭނާ ކުރި ސާޖަރީ ވަނީ ކާމިޔާބުވެފައި

ސެވިއްޔާގެ ކޯޗުގެ މަގާމުގައި ހުރި އެޑުއާޑޯ ބެރީޒޯ ކެންސަރަށް ފަރުވާ ހޯދުމަށް ކުރި ސާޖަރީ ކާމިޔާބު ކަމަށް އެ ޓީމުގެ މެޑިކަލް ޑިޕާޓްމެންޓުން ބުނެފިއެވެ.

އެ ޓީމުގެ މެޑިކަލް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރޯސްޓޭޓް ކެންސަރަށް ފަރުވާ ހޯދުމަށް ބެރީޒޯ ކުރި ސާޖަރީ ކާމިޔާބުވެފައިވާ ކަމަށާއި އޭނާއަށް އަލުން އެނބުރި ކޯޗުގެ ޒިންމާތައް އަދާކުރުމަށް އާދެވޭނެ ދުވަހެއް ނޭގޭ ކަމަށެވެ. ހަމައެހެންމެ އޭނާއަށް ކޯޗުގެ ޒިންމާތައް ހަވާލުކުރާނީ ސާޖަރީއަށް ފަހު ކަންކަން ކުރިޔަށްދާ ގޮތް ވަރަށް ގާތުން ބެލުމަށްފަހު އޭނާއަށް އެ މަގާމު ފުރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބުމުން ކަމަށް ބުނެފައިވެއެވެ. ބެރީޒޯގެ ސާޖަރީ ހަދާފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.

ބެރީޒޯއަށް ޕްރޯސްޓޭޓް ކެންސަރު ޖެހިފައިވާ ކަމަށް ސެވިއްޔާއިން ހާމަކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްއާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު އެ ޓީމުގެ ރަސްމީ ވެބްސައިޓުގައި އާންމުކުރި ބަޔާނަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްއިން ތިން ލަނޑުގެ ލީޑެއް ނެގިނަމަވެސް ސެވިއްޔާއިން ފަހަތުންއަރައި ތިން ލަނޑު ޖަހައި އެ މެޗުން ޕޮއިންޓެއް ހޯދިއެވެ.

ސެވިއްޔާއިން ބުނެފައިވަނީ އަވަސް މުސްތަގުބަލެއްގައި ބެރީޒޯ ކޯޗުގެ ޒިންމާތަކާއި އަލުން އަނބުރާ ހަވާލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ބެރީޒޯގެ ބަދަލުގައި ސެވިއްޔާގެ ކޯޗުގެ ހުރިހާ ޒިންމާތަކާއި ވަގުތީ ގޮތުން ހަވާލުވާނީ އޭނާގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ އާނެސްޓޯ މަރޫޗީ ކަމަށް އެ ކްލަބުގެ ބަޔާނުގައިވެއެވެ. ސެލްޓަ ވީގޯގެ ކޯޗުގެ މަގާމުގައި ބެރީޒޯ ހުރިއިިރު ވެސް މަރޫޗީ ވަނީ އޭނާގެ އެސިސްޓަންޓް ކޯޗުގެ މަގާމު ފުރާފައެވެ.

ބެރީޒޯގެ އިރުޝާދުގެ ދަށުން ސެވިއްޔާ އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެގޮތުން ސްޕެނިޝް ލަލީގާގައި އެ ޓީމުން ވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ވާދަވެރި ވިލަރެއާލް ބަލިކޮށްފައެވެ.

ކޯޗުގެ ޒިންމާތަކާއި ވަގުތީގޮތުން މަރޫޗީ ހަވާލުވެފައިވާއިރު އޭނާގެ އިރުޝާދުގެ ދަށުން ސެވިއްޔާ ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ރޭ ނުކުންނާނީ ކާޓެގާނާއާއި ދެކޮޅަށެވެ. މި މެޗަކީ ސްޕެނިޝް ކޮޕާ ޑެލްރޭގެ ހަތަރު ވަނަ ބުރުގެ މެޗަކަށްވާއިރު ސެވިއްޔާއިން ވަނީ ފުރަތަމަ ލެގު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ.

ސެލްޓަވިގޯގައި ތިން އަހަރު ހޭދަކުރުމަށް ފަހު، މި ސީޒަނުގައި ސެވިއްޔާގެ ކޯޗުކަމާ ބެރިޒޯ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބެރިޒޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ސެވިއްޔާ ވަނީ 21 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 12 މެޗުން ސެވިއްޔާ މޮޅުވެފައިވާ އިރު، ފަސް މެޗުން ވަނީ ބަލިވެފައެވެ. ބާކީ ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އުމުރުން މިހާރު 48 އަހަރުގެ ބެރިޒޯ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ސެލްޓަވިގޯއާއި ރިވާޕްލޭޓް އަދި ނިއުވެލްސް އޯލްޑް ބޯއިސް ފަދަ ކްލަބްތަކަށް ކުޅެފައެވެ. އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. ޗިލީގެ އެސިސްޓެންޓް ކޯޗުގެ މަގާމު ވެސް ފުރާފައިވާ ބެރީޒޯ ވަނީ މީގެކުރިން ސެލްޓަވީގޯ އަދި އެސްޓޫޑިއަންޓޭސްއަށް ވެސް ކޯޗުކަން ކޮށްދީފައެވެ.

އޭނާއަށް އަވަސް ޝިފާއަކަށް އެދި ފުޓްބޯޅައިގެ ދުނިޔޭގެ ފަރާތްތަކުން އަންނަނީ އެކިއެކި ޝުއޫރުތައް ފާޅުކުރަމުންނެވެ.

އިތުރަށް ކިޔާލަން

16 ޖުލައި 2017

ސާޖަރީ އަށްފަހު ނިއުގެ ފަރިތަކުރުންތަކުގައި ދަގަނޑޭ ބައިވެރިވާން ފަށައިފި

16 ޖުލައި 2017
 ސާޖަރީ އަށްފަހު ނިއުގެ ފަރިތަކުރުންތަކުގައި ދަގަނޑޭ ބައިވެރިވާން ފަށައިފި
10 ޖުލައި 2017

އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި

10 ޖުލައި 2017
އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި
04 ޖުލައި 2017

ޑެނީ އަލްވޭސް ހޯދުމަށް ފެނަބާޗޭއިން މަސައްކަތް ނުކުރާކަމަށް އެ ކްލަބުން ބުނެފި

04 ޖުލައި 2017
ޑެނީ އަލްވޭސް ހޯދުމަށް ފެނަބާޗޭއިން މަސައްކަތް ނުކުރާކަމަށް އެ ކްލަބުން ބުނެފި
08 ޖޫން 2017

ޗެލްސީގައި ކޯސްޓާއަށް ކުރިމަގެއް ނެތްކަމަށް ކޯޗު ކޮންޓޭ ބުނެފި

08 ޖޫން 2017
ޗެލްސީގައި ކޯސްޓާއަށް ކުރިމަގެއް ނެތްކަމަށް ކޯޗު ކޮންޓޭ ބުނެފި
28 މެއި 2017

އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި

28 މެއި 2017
އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި
23 މެއި 2017

މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި

23 މެއި 2017
މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި
16 އެޕްރީލު 2017

ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި

16 އެޕްރީލު 2017
ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި
21 މާރިޗު 2017

ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި

21 މާރިޗު 2017
ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު