Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަނިމާދޫ ކަސްޓަމްސް އިމާރާތް

ހަނިމާދޫ ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

މި އިމާރާތް ޤާއިމްކުރުމަށް 7.1 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ވަނީ ޚަރަދު ކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 29 ނޮވެމްބަރު 2017 | ބުދަ 09:18
ހަނިމާދޫ ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު

ހަނިމާދޫ ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު

ހދ. ހަނިމާދޫ ކަސްޓަމްސް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މި އިމާރާތް ހުޅުއްވައި ދެއްވީ ހަނިމާދޫ ކަސްޓަމްސް އިމާރާތް ކުރިމަތީގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި ހަނިމާދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލް މެމްބަރުން، އަދި ހަނިމާދޫގައި ޤާއިމްކުރެވިފައިވާ ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުގެ އިސްވެރިންނާއި ކަސްޓަމްސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް މުހައްމަދު ވަނީ ކަސްޓަމްސްގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ދެއްވާ އަހައްމިޔަތު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިސަރަހައްދުގައި ޤާއިމްކުރެވޭ އިގްތިޞާދީ ސިނާޔަތްތަކަށް ޚިދުމަތް ފޯރިކޮށްދިނުމަށް ކަސްޓަމްސް އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އަލަށް މިޤާއިމްކުރެވުނު އިމާރާތުގެ މަސައްކަތް މައިގަނޑުގޮތެއްގައި އަމާޒުކުރަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ކަމަށާއި، އިމާރާތާއި އިންވެގެން ލިބިފައިވާ ބިމުގައި މުސްތަޤްބަލްގައި ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތް ޤާއިމްކުރައްވާނެ ކަމަށާއި، މިކަމުގެ ސަބަބުން މި ސަހަރައްދުގައި ޤާއިމްކުރެވިފައިވާ ރިސޯރޓްތަކަށް މި ވެއަރހައުސްތަކުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ލިބިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

ހަނިމާދޫ ކަސްޓަމްސް އިމާރާތުގެ މަސައްކަތް 2014 ގައި ފެށިފައިވާއިރު، މި އިމާރާތް ޤާއިމްކުރުމަށް 7.1 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
09 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި

09 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު