Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިނަދޫ ޖަލްސާ

ސިކުނޑިއާއި ނަފްސު ގަބޫލު ނުކުރާ އެތައް ކަމަކަށް ދާއިރާގެ ރައްޔިތުންނަށްޓަކައި ވޯޓް ދީފައި ހުންނާނެ: ސައުދުﷲ

23 ނޮވެމްބަރު 2017 | ބުރާސްފަތި 17:29

ގޮނޑި ގެއްލޭ ގޮތް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް، އެކަން ނިންމާނީ އީސީއަކުން ނޫން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 23 ނޮވެމްބަރު 2017 | ބުރާސްފަތި 17:29
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ

ސިކުނޑިއާއި ނަފްސު ގަބޫލު ނުކުރާ އެތައް ކަމަކަށް ދާއިރާގެ ރައްޔިތުންނަށްޓަކައި ވޯޓްދީފައި ހުންނާނެ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ. ތިނަދޫގައި އިދިކޮޅު ޕާޓީތަކުން ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ، މި ސަރުކާރުން މަޖިލީހަށް ލީ ކިތަންމެ ބިލަކަށް ، އޭނާގެ ހިތާ ރޫހާއި ވިސްނުމާއި ދެކޮޅަށް ވޯޓްދެއްވައިފައި ގޭގައި އޮންްނަވަނީ މޭ މަތީގައި ފޮތިއަޅުއްވައިގެން ކަމަށެވެ.

ސައުދުﷲ ވިދާޅުވީ، ގޮނޑި ގެއްލޭގޮތް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔަންކޮށްފައި އެބައޮތްކަމަށާއި، އެކަމަކު އެހެން އޮއްވައި އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލިއްޖެ ކަމަށް ނިންމިއަސް އެކަން ގަބޫލުކުރާނެ މީހަކު ނުހުންނާނެ ކަމަށެވެ.

Advertisement - newsAdvertisement

"އެކަމެއް އަޅުގަނޑު ގަބޫލެއް ނުކުރަން، އެކަން ސާފުކުރުމަށް ދެ ސިޓީ ފޮނުވީމައި ދެންނެވީ އެކަމާބެހޭ ތަނަކަށް ފޮނުވާށޭ، މަޖިލީހަށް ފޮނުވީމައި ވެސް ޖަވާބެއް ނުދޭ" ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މެންބަރެއްގެ ގޮނޑި ގެއްލޭނެ ގޮތް ގާނޫނާއި ގާނޫނުއަސާސީގައި ސާފުކޮށް އޮއްވައި އީސީން އެކަން ކަނޑައެޅިޔަސް ސްޕްރީމްކޯޓުން ގޮތެއް ނުނިންމާހާ ހިނދަކު އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭނާއަށް ތާއީދުކުރާ ދާއިރާގެ 5000 ރައްޔިތުން ނުކުމެ ތިމަންނާމެން އިންތިޚާބު ކުރި މެންބަރު ކޮބައިތޯ ސަރުކާރާ ސުވާލު ކުރުމަށް ސައުދުﷲ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސްޕްރީމްކޯޓުން ވަކިއެއްޗެއް އަންގަންދެން ދާއިރާގެ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

ސައުދުﷲ ވިދާޅުވިގޮތުގައި ތިނަދޫއަށް އައިސްފައިވާ ތަރަށްގީއަކީ، މި ސަރުކާރުން ގެނައި ތަރައްގީއެއް ނޫނެވެ. އަދި އެއީ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ޒައާމަތުގައި އައިސްފައިވާ ތަރަށްގީ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާގެ ވާހަކަ ނިންމަވާލައްވަމުން ސައުދުﷲ ވިދާޅުވީ، އޭނާ އެ ގޮނޑިއަށް އިންތިޚާބު ކުރެއްވި މެންބަރުން ފައިބާށޭ ނުބުނާހާ ދުވަހަކު އަދިވެސް ހުންނަވާނީ ރަައްޔިތުންގެ ޚިދުމަތުގައި ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 މާރިޗު 2017

ފުލުހުންގެ އިންޓެލިޖެންސް ވެރިއެއް އައްޔަން ނުކުރާތާ ދޮޅު އަހަރު!

19 މާރިޗު 2017
ފުލުހުންގެ އިންޓެލިޖެންސް ވެރިއެއް އައްޔަން ނުކުރާތާ ދޮޅު އަހަރު!
14 މާރިޗު 2017

5.9 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެ އަށް އަސަރެއް ނުކުރާނެ: މެޓް

14 މާރިޗު 2017
5.9 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެ އަށް އަސަރެއް ނުކުރާނެ: މެޓް
11 މާރިޗު 2017

ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން

11 މާރިޗު 2017
ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
08 ފެބުރުއަރީ 2017

ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން

08 ފެބުރުއަރީ 2017
ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް