Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2018

އަންނަ އަހަރަށް ލަފާކޮށް 27.9 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ބެޖެޓް ފާސްކޮށްފައިވަނީ 39 މެމްބަރުންގެ އިއްތިފާގުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2017 | ބުދަ 16:49
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވަނީ

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވަނީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް މާބޮޑު ބަދަލުތަކެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ބަޖެޓް ފާސްކޮށްފައި ވަނީ 39 މެމްބަރުންގެ އިއްތިފާގުން ނެވެ. ބަޖެޓް ޖަލްސާތަކުގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ބައިވެރިއެއް ނުވެއެވެ. އަދި ވޯޓުގައިވެސް ބައިވެރި ވެފައެއް ނުވެއެވެ.

Advertisement - newsAdvertisement

އިދިކޮޅު މެމްބަރުން ބުދަ ދުވަހުގެ ޖަލްސާ ބޮއިކޮޓް ކުރައްވާފައިވާއިރު، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ސަރުކާރު ކޯލިޝަން ޕީޕީއެމް-އެމްޑީއޭ މެމްބަރުން އެކަންޏެވެ.

އިދިކޮޅު މެމްބަރުން ވަނީ ބަޖެޓް ދިރާސާކުރި ކޮމެޓީ ވެސް ބޮއިކޮޓް ކުރައްވާފަ އެވެ. އެއީ އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމުމަށްފަހު، ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ކޮމެޓީއަށް ހާޒިރު ނުކުރަން ނިންމާ، އެ ދެ ބޭފުޅުންގެ ލަފާ ލިޔުމުން ހޯދުމާއި ގުޅިގެންނާއި ވާހަކަ ދެއްކުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ދެކޮޅު ހެއްދެވުމާއި ގުޅިގެންނެވެ.

މިމަހުގެ 15 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަންނަ 2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހުރި ފާހަގަކޮށްލެވޭ ކަންކަން: އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 22.4 ބިލިއަން ރުފިޔާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ މި އަހަރު ނިމޭއިރު، ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 43 ބިލިއަން ރުފިޔާގައި، އަދި މި ހަތަރު އަހަރު ތެރޭގައި ދަރަނި 15 ބިލިއަން ރުފިޔާއަށް އިތުރުވެފައިވޭ، އަދި ވޭތުވެދިޔަ ހަތަރު އަހަރު ތަރައްގީގެ މަޝްރޫއުތަކަށް 18 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ ބަޖެޓް ޑިފިސިޓް ވާނެ ކަމަށް ލަފާކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާ، އެއީ ޖީޑީޕީގެ ނިސްބަތުން 3.2 އިންސައްތަ ބޮޑެތި މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ހިމަނާފައިވޭ ވެލާނާ އިންޓަރނޭޝަނަލް އޭއާރޕޯޓް ރަންވޭއަށް އެއް ބިލިއަން ރުފިޔާ އެއާރޕޯޓް ނާމިނަލް ޑިވެލޮޕްމަންޓަށް 5.3 މިލިއަން ރުފިޔާ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތަށް 4.4 މިލިއަން ރުފިޔާ ސޯޝަލް ހައުސިންގ މަޝްރޫއުގެ (އިކުއިޓީ ކޮމްޕޯނަންޓް)އަށް 4.6 މިލިއަން ރުފިޔާ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ފ. ނިލަންދޫ އަދި ގދ. މާވަރުލު ބިން ހިއްކާ އެއާރޕޯޓް އެޅުމަށް 3.3 މިލިއަން ރުފިޔާ ހުޅުމާލެ އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް 2.4 މިލިއަން ރުފިޔާ މާލެ-ހުޅުލެ ބްރިޖް ޕްރޮޖެކްޓަށް 2.1 މިލިއަން ރުފިޔާ ޕްރޮވިޝަން އޮފް ވޯޓާރ ސަޕްލައި ސްވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް (އޮފިޑް ފޭސް 2)އަށް 1.3 މިލިއަން ރުފިޔާ ކޮމާޝަލް ބޭނުމަށް 10 ހެކްޓަރަށްވުރެ ބޮޑު 20 ފަޅު ހިއްކުމަށް އެއް މިލިއަން ރުފިޔާ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޖާބަށް 85 މިލިއަން ރުފިޔާ ޕީއެސްއައިޕީގެ ދަށުން ފެނާއި ނަރުދަމާ ގާއިމުކުރުމަށް 1.1 ބިލިއަށް ރުފިޔާ ސިއްހީ އަދި އިޖުތިމާއީ ދާއިރާ ތަރައްގީކުރުމަށް 153 މަޝްރޫއުއެއް ހިމަނާފައިވޭ، އެ ޕްރޮޖެކްޓްތަކަށް 5،807 މިލިއަން ރުފިޔާ ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް 234 މިލިއަން ރުފިޔާ

މިދިޔަ އަހަރު ފާސްކޮށް މި އަހަރަށް ކަނޑައަޅާފައި ވަނީ 26.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ އިތުރުން 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހަށަހަޅައި ފާސްކޮށްފަ އެވެ. އެހެންކަމުން 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

މި އަހަރު އާމްދަނީ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންދާޒާ ކުރި އާމްދަނީ ލިބިފައިނުވާ ކަމަށް ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވެފައި ވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯޓީ (އެމްއެމްއޭ)އިން ވަނީ ބަޖެޓް ދިރާސާކުރި ކޮމެޓީއަށް ލިޔުމުން ލަފާ އަރުވާފަ އެވެ. ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭއިން ބުނެފައި ވަނީ މީގެކުރީ އަހަރުތަކުގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ނުލިބި، ބަޖެޓުގައި ކަނޑައަޅަފައިވާ އަދަދުތަކަށް ވުރެ އިތުރަށް ޚަރަދު ކޮށްފައިވާތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކޮށް، ފާސްކުރާއިރު އެކަން ކަމަށް ރިޔާއަތް ކުރުމަށް ލަފާ އަރުވާ ކަމަށެވެ.

މީގެ އިތުރުން އެމްއެމްއޭ އިން ބުނެފައި ވަނީ 2016 ވަނަ އަހަރުގެ ބަޖެޓަށް ބަލާއިރު، ބަޖެޓްގެ ޑެފިސިޓް ފުރަތަމަ އަންދާޒާ ކުރެވިފައި ވަނީ 3.4 ބިލިއަން ރުފިޔާއަށް ކަމަށެވެ. އެހެންނަމަވެސް މިހާރު ހުށަހެޅިފައިވާ ބަޖެޓްގެ ހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރުގެ "އެކްޗުއަލް" ޑެފިސިޓަކީ 6.7 ބިލިއަން ރުފިޔާ ކަމަށެވެ. އަދި 2017 ވަނަ އަހަރު ފުރަތަމަ ހުށަހެޅުނު ބަޖެޓުގައި އަންދާޒާ ކޮށްފައިވާ ޑެފިސިޓް އަދަދަށް ވުރެ މިހާރު ރިވައިޒްކޮށްފައިވާ ޑެފިސިޓް އަދަދު ބޮޑުކަން ވެސް އެމްއެމްއޭއިން ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން ބަޖެޓް ޑެފިސިޓްވުން ކުޑަކުރުމަށްޓަކައި ހަރުދާނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް އެމްއެމްއޭއިން ލަފާދީފައި ވެއެވެ. އެގޮތުން ޕަބްލިކް ފައިނޭންސިންގ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ބަޖެޓާ ބެހޭ "އެޕްރިޕްރިއޭޝަން އެކްޓް"ގެ ނަމުގައި ގާނޫނެއް އެކުލަވާލައި އެއަށް އަމަލުކުރަށް ފެށުން މުހިއްމު ކަމަށް ވެސް އެމްއެމްއޭގެ ލަފާގައި ވެއެވެ.

މީގެ އިތުރުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ކަންތައްތައް ބަޖެޓާ އެއްގޮތަށް ކުރިއަށް ގެންދޭތޯ ޔަގީން ކުރުމަށް، މަޖިލީހުން އަހަރުގެ މެދުތެރޭގައި ބަޖެޓް ރިވިއު ކުރިއަށް ގެންދިއުމަށް ވެސް އެމްއެމްއޭގެ އެލަފާގައި ބަޔާންކޮށްފައި ވެއެވެ.

ޓެކްސް ނިޒާމަށް ގެނެވޭ ބަދަލަކީ އެ ބަދަލު ގެނައުމުގެ ސަބަބުން ގައުމުގެ އުފެއްދުންތެރި ކަމާއި އަދި އަމިއްލަ ވިޔަފާރިތަކަށް، ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރާނެ އަސަރު ދިރާސާކުރެވި، ގެނެވޭ ބަދަލުތަކަށް ވާންޖެހޭ ކަމަށް ވެސް އެމްއެމްއޭގެ ލަފާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ޓެކްސް ނިޒާމަކީ ހަމަހަމަ އަދި އާމްދަނީގެ ފަރަގު ކުޑަކުރުމަށް ބާރުއަޅާ ނިޒާމަކަށް ހެދުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި އަމިއްލަ ފަރުދުންގެ އާމްދަނީން އިންކަމް ޓެކްސް ނެގުމަށް ވެސް އެމްއެމްއޭއިން ލަފާއަރުވާފައި ވެއެވެ.

މިއަހަރުން ފެށިގެން ބަޖެޓް ފައިނޭންސް ކުރުމަށް ޑޮމެސްޓިކް މާކެޓުން ހޯދޭ މިންވަރު ދަށްވެ، އެކްސްޓާނަލް ފައިނޭންސް އަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރެވޭ ކަމަށާއި އަދި މިއާ އެކު ތަރައްގީގެ މަޝްރޫއުތަކަށް ބޭރުގެ ލޯނުތަކާ އެކު ބޭރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން އިތުރުވަމުންދާކަން ވެސް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފަ އެވެ.އެގޮތުން 2016 ވަނަ އަހަރު ނިމުނުއިރު ބޭރުގެ ދަރަނި 760.4 މިލިއަން ޑޮލަރު ނުވަތަ 11.7 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، 2017 ވަނަ އަހަރު ނިމޭއިރު ހުންނާނެ ކަމަށް ލަފާކުރެވެނީ 1.1 ބިލިއަން ޑޮލަރު ނުވަތަ 17.4 ބިލިއަން ރުފިޔާގައި ކަމަށް ބުނެފައިވެ އެވެ. އަދި 2018 ވަނަ އަހަރުގެ ބަޖެޓުގައި ލަފާކުރާ ގޮތުން އަހަރު ނިމޭއިރު ބޭރުގެ ދަރަނި 1.4 ބިލިއަން ޑޮލަރު ނުވަތަ 21.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައި ވެއެވެ.

އެހެންކަމުން ދައުލަތުގެ ރަސްމީ ރިޒާވުން ކުރިއަށް އޮތްތަނުގައި ނިސްބަތުން ބޮޑު އަދަދެއް ހޭދަވެގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން ރަސްމީ ރިޒާވަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ރިޒާވް އިތުރު ކުރެވޭނެ ފަދަ ފިޔަވަޅުތަކެއް އެޅުން މުހިއްމު ކަމަށް ވެސް އެމްއެމްއޭގެ ލަފާގައި ބަޔާންކޮށްފައި ވެއެވެ. އަދި މިކަމަކީ ރާއްޖޭގައި ކަނޑައެޅިފައިވާ އެކްސްޗޭންޖް ރޭޓްގެ ސިޔާސަތުގެ ދަށުން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި ވެސް ކުރުން މުހިއްމު ކަމެއް ކަމަށް އެމްއެމްއޭއިން ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު