Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑީއެފް

އެމްއެންޑީއެފް "ރަންނަމާރި ހަންޓް" މިމަހު ބާއްވަނީ

މި އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 20 އިން 24 އަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 17 ނޮވެމްބަރު 2017 | ހުކުރު 11:31
އެމްއެންޑީއެފުން ކުރިން ބޭއްވި ތަމްރީނެއްގެ ތެރެއިން

އެމްއެންޑީއެފުން ކުރިން ބޭއްވި ތަމްރީނެއްގެ ތެރެއިން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އިން ކޮންމެ އަހަރަކު ހިންގަމުން އަންނަ "އެކްސަސައިޒް ރަންނަމާރި ހަންޓް" މިމަހުގެ ތެރޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 20 އިން 24 އަށް، މާލޭ ސިޓީ މާލެ، ވިލިމާލެ، ހުޅުލެ، ހުޅުމާލެ އަދި ކ. ތިލަފުށި ހިމެނޭ ސަރަހައްދުގަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި، މާލޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައި ވެސް މި ފަރިތަކުރުންތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ސިފައިން ހަރަކާތްތެރިވާއިރު، އެއްގަމާއި ކަނޑުގައި ސިފައިން ހަތިޔާރާއި ގޮވާތަކެތި އަދި މާލެ އާއި ހުޅުމާލޭގައި އާރމަޑް ވެހިކަލް ބޭނުންކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެކްސަސައިޒް ރަންނަމާރި ހަންޓް" ކުރިއަށްދާއިރު، ބްލޭންކްސް ފަދަ އަސްކަރީ ތަމްރީނުތަކުގައި ބޭނުންކުރާ ޓްރޭނިންގ ސިމިއުލޭޓަސް ބޭނުންކުރާ ގޮތަށް ހަމަޖެހިފައިވެއެވެ. ސިފައިން ހިންގަމުންދާ މި ތަމްރީނުތަކުގައި ބޭނުންކުރާ ހަތިޔާރުތަކުގެ ތެރޭގައި އާންމުންނަށް ގެއްލުން ލިބޭނޭ އެއްވެސް އާލާތެއް ބޭނުން ނުކުރާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު