Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީ ޚިޔާނާތް

718.6 މިލިއަން ރުފިޔާގެ ޗެކުތަކަށް ޒިޔާތު ޚިޔާނާތްތެރިވި: ދައުލަތް

14 ނޮވެމްބަރު 2017 | އަންގާރަ 17:23

ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ކޮށްފައިވާ ދައުވާތަކުގެ އަދަބު 30،000 އަހަރަށް ވުރެ އިތުރުވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 14 ނޮވެމްބަރު 2017 | އަންގާރަ 17:23
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔާތު

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔާތު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 718.6 މިލިއަން ރުފިޔާ ހިމެނޭ ޗެކުތަކަކަށް، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔާތު ޚިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް 50 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކުރި 25 ރަށަކާއި ފަސް ފަޅެއްގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހިމެނޭ ޗެކުތަތަކަށް ޒިޔާތު ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނެ، އޭނާއާ ދެކޮޅަށް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ.

Advertisement - newsAdvertisement

އެ ދައުވާތަކުގެ ތެރެއިން 15 ދައުވާގެ އިބްތިދާއީ އަޑުއެހުން ހޮނިހިރު ދުވަހު ބޭއްވިއިރު، އަނެއް 15 މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބޭއްވީ އަންގާރަ ދުވަހު އެވެ.

ޒިޔާތު ޚިޔާނާތްތެރިވި ކަމަށް ދައުލަތުން ބުނާ ފައިސާގެ ތަފްސީލު:

  1. ރ. އިނގުރައިދޫ ބުލްބުލާގޭ މުހައްމަދު ހުސައިންފުޅަށް ރ. ކަނޑޫގަނޑު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 300،000 ޑޮލަރާއި،
  2. އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ރ. ބޮޑުފުށި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ތިން މިލިއަން ޑޮލަރާއި،
  3. ބޮޑުފަރު ބީޗް ޕްރައިވެޓް ލިމިޓެޑަށް އދ. ބޮޑުފިނޮޅު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި،
  4. މއ. މަނަސް އާމިރު މަންސޫރަށް ރ. ހުރަވަޅި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 1.75 މިލިއަން ޑޮލަރާއި،
  5. ކްލެސިކް ސިޓީ އައިލެންޑް މޯލްޑިވްސް އަށް ރ. ފުށްގިރި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 150،000 ޑޮލަރާއި،
  6. ސީކްރެޓް ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑަށް ބ. ހުރާފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 360،000 ޑޮލަރާއި،
  7. ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ވ. އާރަށް ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި،
  8. ދިގުދެފަރު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ބ. ދިގުދެފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 300،000 ޑޮލަރާއި،
  9. ވެލް ލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ބ. މުތާފުށި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި،
  10. ރޮބިންސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނ. އޮރިވަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ހަތަރު މިލިއަން ޑޮލަރާއި،
  11. ބޮޑުފަރު ބީޗް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ރ. ބޮޑުފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 1.5 މިލިއަން ޑޮލަރާއި،
  12. ޔުނައިޓެޑް އިންޓަނޭޝަނަލް ހޮޓަލް ގްރޫޕަށް ގއ. ވޮޑެމުއްލާ ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި،
  13. އޮރިއެންޓް ރޯސް ޕްރައިވެޓް ލިމިޓެޑަށް ރ. ކޮތައިފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ފަސް މިލިއަން ޑޮލަރާއި،
  14. ބޮޑުފަރު ބީޗު ޕްރައިވެޓް ލިމިޓެޑަށް މާލެ އަތޮޅުގެ ފަޅެއް ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 1.6 މިލިއަން ޑޮލަރާއި،
  15. އިންޓަނޭޝަނަލް ޓްރެވަލް ކޮންސަލްޓެންޓް ޕްރައިވެޓް ލިމިޓެޑަށް އއ. މަތިވެރި ފިނޮޅު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 1.5 މިލިއަން ޑޮލަރާއި،
  16. ރަދުން ރިސޯޓްސް އެންޑް އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް މާލެ އަތޮޅުން ފަޅެއް ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 1.5 މިލިއަން ޑޮލަރާއި،
  17. ގެމަނަ ޕްރައިވެޓް ލިމިޓެޑަށް ރ. ގެމަނަ ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ތިން ލައްކަ ޑޮލަރާއި،
  18. ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑަށް ނ. މެދުފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ތިން މިލިއަން ޑޮލަރާއި،
  19. އޭސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ނ. ރާފުށި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ފަސް މިލިއަން ޑޮލަރާއި،
  20. އައިލެންޑް ޗެނަލްސް ޕްރައިވެޓް ލިމިޓެޑަށް މ. އުތުރުބޮޑުފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 1.8 މިލިއަން ޑޮލަރާއި،
  21. މ. ރުއްކަރަ މުހައްމަދު އުމަރު މަނިކުއަށް ރ. ފާރުފުށި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 2.5 މިލިއަން ޑޮލަރާއި،
  22. ކޮރަލް ޓްރީ ޕްރައިވެޓް ލިމިޓެޑަށް މާލެ އަތޮޅު ފަޅެއް ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ތިން ލައްކަ ޑޮލަރާއި،
  23. ހުރަވީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ތ. ކަޅުދިޔަފުށި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 150،000 ޑޮލަރާއި،
  24. ޔުނިވަރސަލް އެންޓްޕްރައިޒަސްއަށް ބ. މިލައިދޫ ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ދެ މިލިއަން ޑޮލަރާއި،
  25. ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ތ. އޮޅުގިރި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ފަސް ލައްކަ ޑޮލަރާއި،
  26. އެޗްއެމްއެޗްއައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އދ. ފުށިދިއްގާ ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 950،000 ޑޮލަރާއި
  27. ގ. ރަންގިރިގޭ މުހައްމަދު ވާފިރަށް މާލެ އަތޮޅުގެ ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 300،000 ޑޮލަރާއި،
  28. ޑެޕެޒާ ސަރވިސް ލިމިޓެޑަށް މާލެ އަތޮޅުން ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 2.5 މިލިއަން ޑޮލަރަށް
  29. ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑަށް ރ. އުތުރުމާފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 38.55 މިލިއަން ރުފިޔާއާއި،
  30. ވަށުގިރި ޕްރައިވެޓް ލިމިޓެޑަށް ވ. ވަށުގިރި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 2.3 މިލިއަން ރުފިޔާ.

ޒިޔާތުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވަނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތައް ދޫކޮށް، އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޗެކުތަކާ ޒިޔާތު ހަވާލުވުމަށް ފަހު، އެ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ވަދެފައިނުވާ ކަމަށެވެ.

ޒިޔާތު ވަނީ މި ހުރިހާ ދައުވާތަކަށް ވެސް އިންކާރު ކޮށްފަ އެވެ. ޒިޔާތުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ އެ ޗެކުތަކާއި ހަވާލުވުމަށް ފަހު، ޓޫރިޒަމް މިނިސްޓްރީ އިން އަންގާފައިވާ ގޮތަށް 'ޕްރޫފް އޮފް ޕޭމަންޓް' ގެ ގޮތުގައި އެ ޗެކުތައް އެއިރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ހަވާލުކޮށްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް، ޗެކުތައް އަދީބުއާ ހަވާލުކުރީ ޚިޔާނާތްތެރިވުމުގެ ނިޔަތުގައި ނޫން ކަމަށް ވެސް ޒިޔާތުގެ ވަކީލު ވިދާޅުވި އެވެ.

އެ ޗެކުތައް އޮންނާނީ އެހެން ކުންފުންޏަކަށް ޖަމާނުކުރެވޭ ގޮތަށް އެމްއެމްޕީއާރްސީއަށް އެޑްރެސް ކޮށްފައި ކަމަށާއި އެހެން ނަމަވެސް، ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ޗެކުތައް ޖަމާކޮށްފައިވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ކަމަށް ޒިޔާތުގެ ވަކީލު ވިދާޅުވި އެވެ.

ޒިޔާތުގެ ވަކީލު ވިދާޅުވީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޗެކުތައް ޖަމާކޮށްފައިވަނީ، އެމްއެމްޕީއާރްސީއިން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އަށް ހުށަހަޅާފައިވާ ބޯޑް ރިޒޮލިއުޝަންއާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ އެއްވެސް ގަވާއިދަކާ ޚިލާފަށް ޒިޔާތު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ޚިޔާނާތުގެ މި ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ އަލީ އާދަމް ވަނީ ކަނޑައަޅުއްވާފަ އެވެ. ހަމަ އެއާއެކު، ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންތައްތައް ހުށަހެޅުމަށް ޒިޔާތުއަށާއި ދައުލަތަށް އެއް މަސް ދުވަހުގެ މުއްދަތެއް ވެސް ދެއްވި އެވެ.

މި ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތައް އުފުލާފައިވަނީ 1968 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. އެހެންކަމުން އެ ގާނޫނާ ހަވާލާދީ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ ދެވޭ އަދަބު 30،000 އަހަރު ދުވަހުގެ ޖަލު ހުކުމްތަކަކަށް ވުރެ އިތުރުވެ އެވެ. އަދަބު މިހާ ބޮޑުވަނީ، ޚިޔާނާތްތެރިވި މުދަލުގެ އަގު 10،000 ރުފިޔާއިން ފެށިގެން މަތީގެ އަދަދަކަށް ވެއްޖެނަމަ، އޭގެ ތެރެއިން ކޮންމެ 1،000 ރުފިޔާއަކަށް ހުކުމުގެ މުއްދަތުގެ ތެރެއަށް އެއްމަސް އިތުރުކުރަންޖެހޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ.

އެހެން ނަމަވެސް، ފަހުން ފާސްކުރާ ގާނޫނަކުން ލުއި އަދަބެއް ލިބޭނަމަ އެ އަދަބެއް ދޭން ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާތީ، އަދަބު ކަނޑައަޅާނީ އާ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. 2015 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުލް އުގޫބާތުގެ ދަށުން ޚިޔާނާތްތެރިވުމަކީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް