Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުޚީ

50 ވަނަ ޖުމްހޫރީ ދުވަސް ބައްދަލުކުރާއިރު އޮންނާނީ އުއްމީދުގެ ދޮރާށި ހުޅުވިފައި:ޝާހިދު

މިއޮތީ ފުރިހަމަ ޑިކްޓޭޓަރޝިޕެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2017 | އާދީއްތަ 02:20
ޝާހިދު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ޝާހިދު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ރާއްޖޭގައި މިހާރު މިއޮތީ ޖުމްހޫރީ ވެރިކަމެއް ނޫން ކަމަށާއި 50 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރާނީ އަނެއްކާވެސް ހަގީގީ ޖުމްހޫރީ ވެރިކަމަކާ އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިއަދު ދިވެހިން އަޅުވެތި ކޮށްފައިވީ ނަމަވެސް، އަންނަ އަހަރު 50 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރާނީ ރާއްޖޭގެ ފުރިހަމަ ޖުމްހޫރީ ވެރިކަމާ އެކުގައި ކަމަށެވެ.

Advertisement - newsAdvertisement

މީގެ ކުރިން ވެސް ޝާހިދު ވިދާޅުވެފައިވާ ފަދައިން ހޮނިހިރު ދުވަހުގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވެސް ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ވެރިކަން "ރަސްކަމަކަށް" ބަދަލުވެގެން ދާނެ ކަމަށާއި އެކަން މިހާރު ފެންނަ ކަމަށެވެ. ނަމަވެސް ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތުން އެކަން ނިމުމަކަށް ގެނެސް 50 ވަނަ ޖުމްހޫރީ ދުވަސް ދިވެހިންނާ ބައްދަލުކުރާއިރު އޮންނާނީ އުއްމީދުގެ ދޮރާށި ހުޅުވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ރީތި ބަގީޗާއެއް، ޖުމްހޫރީ ރީތި ބަގީޗާއެއް ފެންނަން އޮންނާނެ. އިރާދަކުރެއްވިއްޔާ އެބަގީޗާއަށް ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ދިއުމުގެ ތައުފީގް މާތްﷲ މިންވަރު ކުރައްވާނެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޤާނޫނު އަސާސީގެ ދެ ވަނަ މާއްދާގައި ބުނަނީ ރާއްޖެއަކީ ޖުމްހޫރީ ވެރިކަމެއް ހިނގާ ޔުނިޓަރީ ދައުލަތެއް ކަމަށެވެ. އަދި 4 ވަނަ މާއްދާގައި، ރާއްޖޭގެ ވެރިކަން ހިނގަންވީ ގޮތް ވަރަށް ސާފުކޮށް ބުނާ ކަމަށާއި އެގޮތަކީ ވެރިކަން ހިންގަން ޖެހޭ ގޮތް ބުނާ ކަމަށެވެ. އެމާއްދާގައި ބުނެފައިވާ ގޮތުގައި ވެރިކަމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެބާރުތައް ދެމިއޮންނާނީ ވެސް އެރައްޔިތުންގެ ކިބައިން ކަމަށެވެ.

ރާއްޖޭގެ ޤާނޫނު އަސާސީގައި ބުނާ ގޮތުން ދައުލަތް ހިންގާ ގޮތަށް ފާރަވެރިވެ އެކަން ބަލަހައްޓަންޖެހޭ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި އެމަޖިލީހުގެ އެބާރު މިހާރު ވަނީ ކަނޑުވާލާފައި ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިއަހަރުގެ ޖުމްހޫރީ ދުވަސް އައިއރު ޖުމްހޫރީ ވެރިކަމެކޭ މިކިޔާ ވެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޮވެމްބަރ 11، 2017 އައިއިރު ރާއްޖޭގެ ޖުމްހޫރީ ވެރިކަމެކޭ މިކިޔާ ވެރިކަމެއް ނެތް. ނަން ބޯޑެއް އަޅުވާފައި ހުރީ. ނަންބޯޑުގައި ޖުމްހޫރީއޭ ލިޔެފަ އޮންނަ އޮތުން އެއީ ބޮޑު ހަޖުލެއް. އޭގެ އެންމެ ފުރިހަމަ އިބާރާތަކަށް ވާނީ މިހާރު ރާއްޖޭގައި މިއޮތީ ފުރިހަމަ ޑިކްޓޭޓަރޝިޕެކޭ،" ޝާހިދު ވިދާޅުވިއެވެ.

މިހާރު މިއޮތް ޤާނޫނުއަސާސީ އެކަށައެޅި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ވެސް އިންނެވި އަބްދުﷲ ޝާހިދު ވިދާޅުވީ މިހެން ވާން ޖެހުނީ ރާއްޖޭގެ ގާނޫން އަސާސީ އޮތް ގޮތުން ނޫން ކަމަށާއި ދުނިޔޭގެ ބައެއް ތަންނަނުގައިވެސް ލިޔެވިފައި އޮތް ގާނޫނުއަސާސީއެއް ނެތް ކަމަށެވެ.

ޝާހިދު ވިދާޅުވީ މިހާލަތައް ގައުމު ވެއްޓުނީ ވެރިކަން ހިންގަން ތިބި ފަރާތްތަކުން ރާއްޖޭގެ ރައްޔިތުންނާމެދު ކުޑަނަމަވެސް އޯގާތެރިކަމެއް ނެތުމުން ކަމަށެވެ.

"ހަގީގަތުގައި ވެރިކަމުގައި މިއޮތް ހުދުމުޚްތާރު ސަރުކާރުގެ ނިޔަތާ، މަގުސަދާ، ކަންކުރަން ބޭނުންވާ ގޮތް ވިޔާނުދާކަމުން. ހިތް ނުބައިކަމުން. ރާއްޖޭގެ ރައްޔިތުންނާމެދު އެއްވެސް އޯގާތެރިކަމެއް ތެދުވެރިކަމެއް ނެތީމަ ހިނގަމުންދާ ކަމެއް މިއީ،" ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

09 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު