Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓާ ސިޓީ

ސިޓީއަށް ރެކޯޑު އާމްދަނީއެއް

އެ ކްލަބަށް އާމްދަނީގެ ގޮތުގައި 473 މިލިއަން ޕައުންޑް ވަނީ ލިބިފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2017 | ބުރާސްފަތި 14:54
މެންޗެސްޓާ ސިޓީގެ ބައެއް ކުޅުންތެރިން - މިއީ އެ ޓީމުގެ ތާރީހުގައި ލިބުނު އެންމެ ބޮޑު އާމްދަނީގެ އަދަދު

މެންޗެސްޓާ ސިޓީގެ ބައެއް ކުޅުންތެރިން - މިއީ އެ ޓީމުގެ ތާރީހުގައި ލިބުނު އެންމެ ބޮޑު އާމްދަނީގެ އަދަދު

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓާ ސިޓީއަށް ރެކޯޑު އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.

އެ ކްލަބުން އާންމު ކޮށްފައިވާ އަހަރީ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ މާލީ އަހަރުގައި އެ ކްލަބަށް އާމްދަނީގެ ގޮތުގައި 473 މިލިއަން ޕައުންޑް ވަނީ ލިބިފައެވެ. މިއީ އެ ކްލަބުގެ ތާރީހުގައި ވެސް 400 މިލިއަން ޕައުންޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރަށްވާއިރު މިއީ މިދިޔަ އަހަރުގެ އަދަދާއި އަޅާކިޔާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެހެންމެ އެ ކްލަބުގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.088 މިލިއަން ޕައުންޑް ވަނީ ލިބިފައެވެ.

ސިޓީއަށް އާމްދަނީގެ ގޮތުގައި މިހާ ބޮޑު އަދަދެއް ލިބިފައިވީ ނަމަވެސް މިދިޔަ ސީޒަނުގައި އެ ޓީމު ބައިވެރިވި އެއްވެސް މުބާރާތެއްގެ ތަށި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ހަމައެހެންމެ މި އަހަރު ވެގެން ގޮސްފައިވަނީ ސިޓީގެ ތާރީހުގައި ވެސް އެއްވެސް ގެއްލުމެއް ނެތި އެ ކްލަބުން މާލީ ރިޕޯޓު އާންމުކުރި ފުރަތަމަ ފަހަރަށެވެ.

އެ ކްލަބުގެ ޗެއާމަން ޙަލްދޫން އަލް މުބާރާކް ބުނެފައިވަނީ މާލީ ރިޕޯޓު އާންމުކުރުމުގެ މައިގަނޑު މަގްސަދަކީ އެ ކްލަބުގެ ހިއްސާދާރުންނާއި ސަޕޯޓަރުންނަށް ކްލަބު ހިނގަމުންދާ ގޮތުގެ އެންމެ ފުރިހަމަ ތަފްސީލު ދިނުން ކަމަށެވެ. ހަމައެހެންމެ ސިޓީގެ ވިޔަފާރީގެ ކަންކަމާއި ފުޓްބޯޅައިގެ ކަންކަން އެއްވަރެއްގައި ދެމެހެއްޓުމަށް އެ ކްލަބުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ކްލަބު ހުރިހާ ގޮތަކުން ވެސް ވަރުގަދަވެ ކުރިއެރުމަށް މަގުފަހި ވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މުބާރަކް ވަނީ ސިޓީގެ އެކަޑަމީއާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. އެގޮތުން އެ ކްލަބުގެ އެކަޑަމީއަކީ ހުއްޓުމެއް ނެތި ހުނަރުވެރި ޒުވާން ކުޅުންތެރިން އުފައްދަމުން އަންނަ އެކަޑަމީއެއް ކަމަށާއި ކްލަބް މިހާރު ހޯދަމުންދާ ކާމިޔާބުގެ އެންމެ ބޮޑު އެއް ސިއްރަކީ އެއީ ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ވަނީ މިއަހަރު ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑް ކަޕް އިންގްލޭންޑަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކުރި އެ ޓީމުގެ އެކަޑަމީގެ ކުޅުންތެރިޔާ ފިލް ފޯޑެންގެ ނަން ވަކިން ހާއްސަކޮށް ފާހަގަ ކޮށްފައެވެ.

އެ މުބާރާތުގެ ރަން ބޯޅަ ކާމިޔާބުކުރި ފޯޑެންއާއި ގުޅޭ ގޮތުން މުބާރާކް ބުނެފައިވަނީ އޭނާގެ ހުނަރުތައް އިތުރަށް ކުރިއަރުވައި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ހެދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށް ކަމަށާއި ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަމްރީނުދީ އެ ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ އެ ކްލަބުގެ އެންމެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް އެ ކްލަބުގެ އެކަޑަމީ ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް މުބާރަކް ބުނެފައިވެއެވެ.

ސިޓީއިން އާމްދަނީގެ ގޮތުގައި ރެކޯޑު އަދަދެއް ހޯދާފައިވާއިރު އެ ޓީމު މިވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު 11 މެޗުން ލިބުނު 31 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި އެ ޓީމުން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގައެއް ވެސް ކަށަވަރު ކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ

ސިޓީއަށް ބަދަލުނުވެ ޑެނީ އަލްވޭޒް ޕީއެސްޖީއަށް ސޮއިކުރަނީ

12 ޖުލައި 2017
ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ

ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ

20 ޖޫން 2017
ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!

ރެއާލްގެ ކްރޫޒް ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ!

16 ޖޫން 2017
ޗެމްޕިއަންސް ލީގު: ރެކޯޑުތަކަކާއެކު ރެއާލް މެޑްރިޑުން 12 ވަނަ ތަށި އުފުލާލައިފި

ޗެމްޕިއަންސް ލީގު: ރެކޯޑުތަކަކާއެކު ރެއާލް މެޑްރިޑުން 12 ވަނަ ތަށި އުފުލާލައިފި

04 ޖޫން 2017
ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!

ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!

27 މެއި 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު