Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުސާމާ ބިން ލާދިން

ޢަރަބް ސްޕްރިންގްގެ ފައިދާ ނަގަން އުސާމާ ބިން ލާދިން މަސައްކަތްކުރި

އަރަބި ދުނިޔޭގައި ވެރިޔަކު ނެތި ބައެއް ހިސާބުތަކުގައި އެދާ ވަގުތުކޮޅަކީ އަލްޤައިދާގެ ވިސްނުމާއި ފިކުރު އެޤައުމުތަކުގައި ފެތުރުމަށް އެންމެ ރަނގަޅު ވަގުތު: އުސަމާ ބިން ލާދިން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2017 | ހޮނިހިރު 01:49
އުސާމާ ބިން ލާދިން

އުސާމާ ބިން ލާދިން

2010ވަނަ އަހަރުގެ ތެރޭގައި ފެށިގެން އައި ޢަރަބި ޤައުމުތަކުގައި ވެރިކަމާއި ދެކޮޅަށް އުފެދިގެން އައި ހަމަނުޖެހުންތަކުގެ ފައިދާނަގަން އަލްޤައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން މަސައްކަތްކުރިކަން ހާމަވެއްޖެއެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ޚާއްސަ ލަޝްކަރުން 2011ވަނަ އަހަރު އުސާމާ ބިން ލާދިން މަރާލުމަށްފަހު އެމެރިކާގެ ޖާސޫސީ އިދާރާއިން އެއްކޮށްފައިވާ ބިންލާދިންގެ ބައެއް ލިޔުންތައް އާއްމުކުރި އިރު ބިންލާދިން ގެންގުޅުނު ޖާނަލްއެއްވަނީ މިހާރު އާއްމުކޮށްފައެވެ. އުސާމާގެ އަންހެން ދަރިފުޅުގެ އަތުލިޔުމުން ލިޔެފައިވާ މި ޖާނަލްއިން ބިންލާދިންގެ އޭރުގެ ވިސްނުންތައް ހުރި ގޮތާއި ބައެއް ޕްލޭންތައް ހާމަވެފައިވެއެވެ. އެގޮތުން އޭރު ޢަރަބި ދުނިޔޭގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކަށް ބިންލާދިންގެ ޝައުޤުވެރިކަން އާމަޒުވިކަން މި ލިޔެކިޔުންތަކުން ހާމަވެއެވެ. އެގޮތުން އަރަބް ސްޕްރިންގެ ނަމުން ނަންދެވިފައިވާ މިއިންޤިލާބުތަކުގެ ބޭނުން އަލްޤައިދާއިން ހިފާނެ ގޮތާއި، އެކަމުގައި އަލްޤައިދާގެ ބަސް ބުނާނެ ވަގުތުތަކާއި މެދު ބިން ލާދިން ޚިޔާލު ފާޅުކޮށްފައިވެއެވެ.

އެގޮތުން އާއިލާ މީހެއްގެ ކައިރީގައި "އަރަބި ދުނިޔޭގައި ވެރިޔަކު ނެތި ބައެއް ހިސާބުތަކުގައި އެދާ ވަގުތުކޮޅަކީ އަލްޤައިދާގެ ވިސްނުމާއި ފިކުރު އެޤައުމުތަކުގައި ފެތުރުމަށް އެންމެ ރަނގަޅު ވަގުތު"ކަމަށް ބުނެފައިވާކަން ހާމަވެފައިވެއެވެ. އަދި އަރަބި ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސްލަކީ އޭގެ 7 އަހަރު ކުރިން، އަރަބި ވެރިންނަކީ މަޤާމަށް ކުފޫހަމަނުވާ ބައެއްކަމަށް ބިން ލާދިން ބުނެފައިވާތީ އެކަމުގެ ނަތީޖާކަމަށް ބިންލާދިންގެ އެއް އަނބި، އުއްމު ހަމްޒާ ބުނެފައިވެއެވެ.

ބިން ލާދިން ވަނީ އޭރު އަރަބި ދުނިޔޭގައި އިންޤިލާބުތަކާއި ހަރަކާތްތައް ކުރިއަށްދާ ސްޕީޑް އަވަސްވުމުން އެކަމަށް ފާޑު ކިޔާފައެވެ. އަދި އެހާ އަވަސް ސްޕީޑެއް ކުރިއަށް ދިޔުމަކީ ރަނގަޅު ގޮތެއް ނޫންކަމަށްބުނެ، ހަރަކާތްތައް ލަސްކުރުމަށް އެންގިކަމަށް ބުނެފައިއެވެ. އެހެން ނަމަވެސް ބިން ލާދިން އިޝާރާތްކުރީ ސީދާ ކޮން ޤައުމަކަށްކަމެއް ނޭނގެއެވެ.

ބިން ލާދިންގެ ވާހަކަތަކުގައި ޔަމަނަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަން ފާހަގަކުރެވެއެވެ.

މި ޖާނަލްގައި ބިން ލާދިން އޭނަގެ އަންހެނުންގެ އިތުރުން އަންހެން ދަރިންކަމަށްވާ މަރިޔަމް އަދި ސުމައްޔާ އާއި ފިރިހެން ދަރިންކަމަށްވާ ޚާލިދު އާއި ހަމްޒާ އާއި އެކު ދެކެވިފައިވާ ވަރަށް ގިނަ ވާހަތަކުގެ ތަފްޞީލް ހާމަވެފައިވެއެވެ.

އުސާމާ ބިން ލާދިން، އަރަބި ދުނިޔޭގެ ހަމަނުޖެހުންތަކުގެ ފައިދާ ނަގަން މަސައްކަތްކުރި ދުވަސްވަރަކީ މިސްރާއި ތޫނިސްގެ ވެރިކަން ބަދަލުކޮށްލި ދުވަސްވަރެވެ. އަދި ލީބިޔާ، ޔަމަން، ބަހުރައިން އަދި ސޫރިޔާގައިވެސް އޭރު އޮތީ ހަމަނުޖެހުންތައް ފެށިފައެވެ. ލީބިޔާގެ ޒައީމް ކާނަލް މުއައްމަރުލް ޣައްޒާފީގެ ވެރިކަން އޭގެ ފަހުން ވެއްޓުނުއިރު، ޔަމަނުގައި އަލްޤައިދާގެ ބާރު ގަދަވިއެވެ. އަދި ބަހްރައިންގައި ބައިގިނަ ޝީޢީންނާއި ދެކޮޅަށް ވެރިކަމުގައި އޮތް ސުންނީ ޚާންދާނުން ބާރުވެރިކަން އިސްކުރިއެވެ.

ބިން ލާދިންވަނީ ޤަތަރުގެ އަލްޖަޒީރާ ޓީވީއަށްވެސް ފާޑުކިޔާފައެވެ. އެގޮތުން ޔަމަނުގައި ހިނގަމުންދިޔަ ކުރިމަތިލުންތަކުގެ މަންޒަރުތައް ދެއްކުމުގެ ކުރިން ކުޑަކުދިންވެސް ޓީވީ ބަލަން ތިބެދާނެކަމަށް ވިސްނައި، އެކަމަށް އިންޒާރެއް ދީފައިނުވާކަމަށް ބުނެ ފާޑުކިޔާފައިވެއެވެ. އެހެން ނަމަވެސް ވެރިކަންތައް ވައްޓާލުމަށް މަސައްކަތްކޮށްދޭކަމަށްބުނެ އަލްޖަޒީރާއަށް ތައުރީފްވެސްކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުދަލުން ޓެރިފްއެއް ނަގަން ނިންމީ ޤާނޫނާއި ޚިލާފަށް: މެކްރޯން

މުދަލުން ޓެރިފްއެއް ނަގަން ނިންމީ ޤާނޫނާއި ޚިލާފަށް: މެކްރޯން

01 ޖޫން 2018
އެމެރިކާ އިން އެތެރެކުރާ މުދަލުން ޓެރިފް ނަގަން ޗައިނާ އިން ނިންމުމުން ވައިޓް ހައުސް އިން ފާޑުކިޔައިފި

އެމެރިކާ އިން އެތެރެކުރާ މުދަލުން ޓެރިފް ނަގަން ޗައިނާ އިން ނިންމުމުން ވައިޓް ހައުސް އިން ފާޑުކިޔައިފި

03 އެޕްރީލު 2018
ސީރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން: ޓިލަރސަން

ސީރިޔާގައި ދޭ ކެމިކަލް ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ރަޝިއާއިން: ޓިލަރސަން

24 ޖެނުއަރީ 2018
ޖީސީސީ އުވުމުގެ ޒިންމާ ނަގަންޖެހޭނީ ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުން: ގަތަރު

ޖީސީސީ އުވުމުގެ ޒިންމާ ނަގަންޖެހޭނީ ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުން: ގަތަރު

09 ނޮވެމްބަރު 2017
ނިއު ޔޯކް މެރަތަން ކާމިޔާބުކޮށް ފްލަނަގަން ތާރީހުގެ ތެރެއަށް

ނިއު ޔޯކް މެރަތަން ކާމިޔާބުކޮށް ފްލަނަގަން ތާރީހުގެ ތެރެއަށް

06 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު