Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖަސްޓިން ބީބާ

ޖަސްޓިން ބީބާ އޭނާގެ މަންމައާ އެކު ރާއްޖޭގައި

ބީބާ ވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައި ވެސް ރާއްޖެ އައިސްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 ޖެނުއަރީ 2018 | ހުކުރު 06:05
ޖަސްޓިން ބީބާ އާއި އޭނާގެ މަންމަ

ޖަސްޓިން ބީބާ އާއި އޭނާގެ މަންމަ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި އޭނާގެ މަންމަ ޕެޓްރީޝިއާ މެލޭޓް (ޕެޓީ މެލޭޓް) ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ބީބާ އާއި ޕެޓީ މެލޭޓް ޗުއްޓީ ހޭދަކުރަމުން ދަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ލަނޑާ ގިރާވަރުގައެވެ.

ބެލެވޭ ގޮތުގައި ބީބާ އާއި އޭނާގެ މަންމަ ރާއްޖެ އައިސްފައި ވަނީ މީގެ ފަސް ދުވަސް ކުރިންނެވެ. ޕެޓީ މެލޭޓް ވަނީ ރާއްޖޭގެ ފޮޓޯތަކެއް އިންސްޓަގްރާމަށް ލާފައެވެ. އޭގެ ތެރެއިން ބީބާ އާއި އެކީގައި އަޕްލޯޑް ކޮށްފައިވާ ފޮޓޯއެއްގެ ކެޕްޝަނުގައި ޖަހާފައި ވަނީ އޭނާ ބީބާއާ މެދު ފަޚުރުވެރިވާ ކަމަށެވެ. އަދި ބީބާއަކީ މަޖާ ކުއްޖެއް ކަމަށާއި އޭނާ އެކަނި ހުންނަ އިރު ބީބާގެ މަޖާ ވާހަކަތައް ހަނދާންވެ ހިނިއަންނަ ކަމަށް ޕެޓީ މެލޭޓް ވަނީ ބުނެފައެވެ. އަދި ބީބާ ދެކެ ވަރަށް ލޯބިވާ ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

ބީބާގެ އިންސްޓަގްރާމްގައި ރުކެއްގައި ބައްދައިގެން ހުރެ ނަގާފައިވާ ފޮޓޯއެއްގެ ކެޕްޝަންގައި ޖަހާފައި ވަނީ "އޭނާއަށް މިހާރު ލޯތްބަކީ ކޯއްޗެއްކަން އެނގިއްޖެ" ކަމަށެވެ.

ބީބާ އާއި ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް އަލުން ވަނީ ލޯބީގެ ގޮތުން ގުޅިފައެވެ. އެކަމާ ގުޅޭ ގޮތުން ޕެޓީ މެލޭޓް ބުނެފައި ވަނީ އެ ދެ މީހުން އަލުން ގުޅުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށާއި އެގުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި އަލުން ބީބާގެ ހަޔާތަށް ސެލީނާ އައުމުން ބީބާ އަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެސް ބުންޏެވެ.

އުމުރުން 23 އަހަރުގެ ބީބާ ވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައި ވެސް ރާއްޖެ އައިސްފައެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
23 ފެބުރުއަރީ 2017

އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް

23 ފެބުރުއަރީ 2017
އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު