Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮސްކާ ބުރޯޒް

ނިއުގެ ކޯޗު އިތުރު އަހަރަކަށް އެއްބަސްވުން އާކޮށްފި

1 ނޮވެމްބަރު 2017 | ބުދަ 13:22

ނިއުގެ ކޯޗު އެއްބަސްވުން އާކުރީ އަންނަ އަހަރުގެ ނިޔަލަށް

ލީވާން އަލީ
ލީވާން އަލީ | 1 ނޮވެމްބަރު 2017 | ބުދަ 13:22
ނިއުގެ ކޯޗު އޮސްކާ (ކ) އާއި އެޓީމުގެ ޖެނެރަލް ސެކެޓްރީ ޓެޑް (ވ)

ނިއުގެ ކޯޗު އޮސްކާ (ކ) އާއި އެޓީމުގެ ޖެނެރަލް ސެކެޓްރީ ޓެޑް (ވ)

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު އޮސްކާ ބުރޯޒް އިތުރު އަހަރަކަށް އެ ކްލަބުގައި މަޑުކުރަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ނިއުގެ ކޯޗު އެއްބަސްވުން އާކޮށްފައިވާއިރު، އޭނާގެ އިތުރުން އެ ކްލަބުގެ ސްޕެއިން މިޑްފިލްޑަރު ކަންޑޭލާވެސް ވަނީ އަންނަ އަހަރުގެ ނިޔަލަށް ކްލަބުގައި މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނައިރު، ލީގުގެ ތަށި ހޯދުމާ ގާތަށް އެޓީމު ވަނީ ޖެހިލާފައެވެ. ލީގުގައި މިހާތަނަށް ނިއު ބަލިވީ އެންމެ މެޗަކުންނެވެ.

އޮސްކާ އަކީ މި ސީޒަނުގައި ނިއު އަށް ގެނައި ދެވަނަ ކޯޗެވެ. ފުރަތަމަ އެޓީމަށް ގެނައީ އެސްޓީއޯ މާލޭ ލީގަށް ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒްއެވެ. އެހެންނަމަވެސް އެޓީމުން ހޯދަމުންދިޔަ ނަތީޖާގެ ސަބަބުން މާލޭ ލީގުގެ ފަހުކޮޅު ޓަވަރޭޒް ވަނީ މަގާމުން ދުރުކޮށް، އޮސްކާ ގެނެސްފައެވެ.

ޔުއެފާ ހެޑް ކޯޗިން ލައިސަންސް އޮންނަ އުމުރުން 40 އަހަރުގެ އޮސްކާ ވަނީ މި އަހަރުގެ މާޗް މަހު އިންޑިއާގެ މުމްބާއީ އެފްސީއާ ހަވާލުވެ އެޓީމަށް އިރުޝާދު ދީފައެވެ. އެހެންނަމަވެސް އޮސްކާ އަށް އެޓީމާއެކު އެކަށީގެންވާ ވަގުތު ނުލިބުމުގެ ސަބަބުން މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. މުމްބާއީ އެފްސީއާ ހަވާލުވުމުގެ ކުރިން އޮސްކާ ކޯޗުކޮށްދިނީ ސްޕެއިންގެ މަޔޯކާގެ އެސިސްޓެންޓް ކޯޗުގެ މަގާމެވެ.

އޮސްކާގެ ކޯޗިން ކެރިޔަރު ފަށާފައިވަނީ 2009 ވަނަ އަހަރު ސްޕެއިންގެ ސެލްޓަވިގޯގެ ޔޫތް ޓީމުންނެވެ. އޭގެ ފަހުން 2011 އިން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް އޭނާ މަސައްކަތްކޮށްފައިވަނީ އިންޑިއާގެ އެކަޑަމީއެއްކަމަށްވާ އެސްޕީޓީ ސްޕޯޓްސް އެޝިއާގެ ހެޑްކޯޗަކަށެވެ. އޭގެ ފަހުން އޭނާ ސީނިއާ ކޯޗިން ކެރިޔަރު ފެށީ އިންޑިއަން އައި ލީގުގެ ސްޕޯޓިން ކްލަބް ޑި ގޯއާއިންނެވެ. އެޓީމުގައި ދެ އަހަރު މަސައްކަތްކުރުމަށްފަހު، އޭނާ ބަދަލުވީ އިންޑިއަން ސުޕާ ލީގުގެ މުމްބާއީ ސިޓީ އެފްސީގެ އެސިސްޓެންޓް ކޯޗަކަށެވެ.

ނިއު މި ސީޒަނަށް ނިކުތީ ބޮޑު ހަރަދުތަކާއެކުގައެވެ. އެގޮތުން އެޓީމުގެ އަމާޒަކަށްވީ މި ސީޒަނުގައި ހުރިހާ ތަށްޓެއް ކާމިޔާބުކުރުމެވެ. އެހެންނަމަވެސް އެޓީމަށް މާލޭ ލީގެއް ނުލިބެއެވެ. މާލޭ ލީގު ހޯދީ މާޒިޔާއިންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް