Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަތަންޔާހޫ

އިޒްރޭލުގެ ބޮޑުވަޒީރުގެ ގެކޮޅުގައި 'އަޅެއް'ހެން ގެންގުޅުނު މީހަކު ދައުވާކުރަނީ!

28 އޮކްޓޯބަރު 2017 | ހޮނިހިރު 15:58

މިފަދަ ދައުވާތަކަކާއި ގުޅިގެން މިދިޔަ އަހަރުވެސް 2 މީހަކަށް ބަދަލު ދޭން ޖެހުނު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 28 އޮކްޓޯބަރު 2017 | ހޮނިހިރު 15:58
ނަތަންޔާހޫ އާއި އަނބިކަނބަލުން ސާރާ

ނަތަންޔާހޫ އާއި އަނބިކަނބަލުން ސާރާ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެކޮޅުގައި މަސައްކަތް ކުރާއިރު، އަޅެއްގެ އިހުސާސްކުރެވުނު ކަމަށް ބުނެ، އެގޭގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރި ޒުވާން އަންހެނަކު ނަތަންޔާހޫއާއި އޭނާގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫ އާއި ދެކޮޅަށް ދައުވާކޮށްފިއެވެ.

އިޒްރޭލުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުކަމަށްވާ ބައިތު އަޣިއޯންގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރި އުމުރުން 24 އަހަރުގެ އަންހެން މީހާ ބުނެފައި ވަނީ ގޭތެރޭގެ ސާފުތާހިރުކަމަށް ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ބަހައްޓަވާ ސަމާލުކަމުގެ ބޮޑުކަމުން ގޭތެރޭގައި ކެއުމަކީވެސް އޭނައަށް މަނާ ކަމެއްކަމަށެވެ. އަދި ދުވާލަކު 100 ވަރަކަށް ފަހަރު އަތް ދޮންނަން މަޖުބޫރު ކުރުވާކަމަށާއި، ރުޅިއައިސްގެން އޭނައާއި ދިމާއަށް ހަޅޭއްލަވާކަމަށް މިމައްސަލައިގައި ބަދަލު ހޯދުމަށް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުމުގައިވެއެވެ. އަދި އެގޭގައި މަސައްކަތް ކުރުމަށް ހޯދަނީ މުޅިން ވެސް ހަރުކަށި ފިކުރުގެ ޔަހޫދީންނާއި، ދުވަން ދާ، ހިކި އަންހެނުންކަމަށް ސާރާ ވިދާޅުވާކަމަށް ލިޔެކިޔުންތަކުގައިވެއެވެ. މީގެ އިތުރުން ވަޒީފާގައި އުޅޭއިރު ޗުއްޓީ ނުނަގަން ހުވައި ކުރުވިކަމަށާއި، މަސައްކަތުގައި އުޅޭވަގުތު ހުސްވަގުތުކޮޅެއް ހޯދާލަން ވެސް ފުރުސަތު ނުދޭކަމަށް ޔެދިއޮތު އަހްރޮނޮތު ކިޔާ މި އަންހެން މީހާ ބުނެފައިވެއެވެ. އަދި ސާރާ އާއި އެކު ނަތަންޔާހޫގެ ދަރިކަލުން ޔައިރް ނަތަންޔާހޫވެސް އޭނާއަށް ފުރައްސާރަކުރުމުގައި ބައިވެރިވިކަމަށް އެދައުވާގައި ބުނެފައިވެއެވެ.

މިމައްސަލައިގައި އަންހެން މީހާ އެދިފައިވަނީ އަޅެއް ފަދައިން މަސައްކަތް ކުރުވާފައިވާތީ ބަދަލެއްގެ ގޮތުގައި 63،000 އެމެރިކާ ޑޮލަރު ނަގައި ދިނުމަށެވެ.

މިދައުވާތަކާއި ގުޅިގެން ފޭސްބުކްގައި ޢިބްރީ ބަހުން ލިޔުއްވާފައިވާ ބަޔާނެއްގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ މިއީ އޭނާގެ އަގު ވައްޓާލުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި އެ އަންހެން މީހާ ބޮޑުވަޒީރުގެ ގެކޮޅުގައި މަސައްކަތް ކޮށްފައިވަނީ އޮގަސްޓް މަހުން ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށާއި، އެކުޑަ ދުވަސްކޮޅު ސާރާ ނަތަންޔާހޫއަށް އެ އަންހެން މީހާ ފެނިފައިވާނީ މަދު ދުވަހަކުކަމަށް ބުނެފައިވެއެވެ.

މިދިޔަ އަހަރު ވެސް އިޒްރޭލުގެ ބޮޑުވަޒީރުގެ ގެކޮޅު ބައިތު އަޣިއޯން ގައި މަސައްކަތް ކުރި 2 މީހަކަށް ނަތަންޔާހޫގެ އަނބިކަނބަލުންގެ ފަރާތުން ކުރިމަތިވި އުނދަގޫތަކުގެ ބަދަލުގެ ގޮތުގައި 78 ހާސް އެމެރިކާ ޑޮލަރު ދިނުމަށް އިޒްރޭލުގެ ކޯޓަކުން ނިންމިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2017

އިނގިރޭސި ބޮޑުވަޒީރުގެ ނާއިބު މަގާމުން ވަކިކުރައްވައިފި

21 ޑިސެމްބަރު 2017
އިނގިރޭސި ބޮޑުވަޒީރުގެ ނާއިބު މަގާމުން ވަކިކުރައްވައިފި
06 ޑިސެމްބަރު 2017

ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގެންފި

06 ޑިސެމްބަރު 2017
ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގެންފި
27 އޮކްޓޯބަރު 2017

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމު ގެއްލިއްޖެ

27 އޮކްޓޯބަރު 2017
އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމު ގެއްލިއްޖެ
21 އޮކްޓޯބަރު 2017

އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފްދު ލަދުގަންނަވާލައި، އައިޕީޔޫގެ ބައްދަލުވުމުން ބޭރުކޮށްފި

21 އޮކްޓޯބަރު 2017
އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފްދު ލަދުގަންނަވާލައި، އައިޕީޔޫގެ ބައްދަލުވުމުން ބޭރުކޮށްފި
28 ސެޕްޓެމްބަރު 2017

އިޒްރޭލުގެ ދެކޮޅުހެދުންތަކާއެކުވެސް ފަަލަސްތީނަށް އިންޓަޕޯލްގެ މެމްބަރުކަން ލިބިއްޖެ

28 ސެޕްޓެމްބަރު 2017
އިޒްރޭލުގެ ދެކޮޅުހެދުންތަކާއެކުވެސް ފަަލަސްތީނަށް އިންޓަޕޯލްގެ މެމްބަރުކަން ލިބިއްޖެ
23 އޯގަސްޓު 2017

ނައިޖީރިއާގެ ރައީސްގެ ރަސްމީ އޮފީސް މީދާ ކެއުމުގެ ސަބަބުން އަމިއްލަ ގެކޮޅުގައި މަސައްކަތް ފައްޓަވައިފި

23 އޯގަސްޓު 2017
ނައިޖީރިއާގެ ރައީސްގެ ރަސްމީ އޮފީސް މީދާ ކެއުމުގެ ސަބަބުން އަމިއްލަ ގެކޮޅުގައި މަސައްކަތް ފައްޓަވައިފި
02 ޖުލައި 2017

ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި

02 ޖުލައި 2017
ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް