Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑަބްލިއުޓީއޭ ފައިނަލްސް

ޑަބްލިއުޓީއޭ ފައިނަލްސް: ވޮޒްނިއާކީ ސެމީއަށް

ދުނިޔޭގެ އެއްވަނަ ރޯމޭނިއާގެ ސައިމޯނާ ހޭލެޕް ސީދާ ދެ ސެޓުން ވަނީ ބަލިވެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 11:58
ކެރޮލައިން ވޮޒްނިއާކީ: އޭނާ ވަނީ މި މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައި

ކެރޮލައިން ވޮޒްނިއާކީ: އޭނާ ވަނީ މި މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައި

ސިންގަޕޫރުގައި މިހާރު ކުރިޔަށްދާ ޑަބްލިއުޓީއޭ ފައިނަލްސްގެ ސެމީގެ ޖާގައެއް ކެރޮލައިން ވޮޒްނިއާކީ ކަށަވަރު ކުރިއިރު ކެރޮލައިން ގާސިއާ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޑަބްލިއުޓީއޭ ޓެނިސް ރޭންކިންގެ ގަދަ އަށެއްގައި ހިމެނޭ ކުޅުންތެރިންގެ މެދުގައި ސިންގަޕޫރުގައި މިހާރު ކުރިޔަށްދާ ފައިނަލްސް މުބާރާތުގައި މިވަގުތު ދުނިޔޭގެ ރޭންކިންގެ ހަ ވަނައިގައި އޮތް ޑެންމާކުގެ ކެރޮލައިން ވޮޒްނިއާކީ ވަނީ ދުނިޔޭގެ އެއްވަނައިގައި ރޭންކް ކުރެވިފައި އޮތް ރޯމޭނިއާގެ ސައިމޯނާ ހޭލެޕް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ވޮޒްނިއާކީ ގެންގޮސްފައިވަނީ 6-0 އަދި 6-2 އަކުންނެވެ.

މި މެޗު ނިންމާލުމަށް ފަހު ވާހަކަ ދައްކަމުން ވޮޒްނިއާކީ ބުނެފައި ވަނީ ފުރަތަމަ މެޗުން މޮޅުވި ނަމަވެސް އޭނާ މި މެޗަށް ވެސް ނުކުތީ ކޮންމެ މެޗަކީ ވެސް އުންދަގޫ މެޗެއްކަން އެނގިހުރެ ކަމަށާއި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ބަލިކުރެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މެޗުގައި އެއްވެސް ކަމެއް ގޯސްކޮށް ހިނގާފައި ނުވާ ކަމަށާއި ހުރިހާ ކަމެއް ވެސް ދިޔައީ އޭނާ އުއްމީދު ކުރި ގޮތަށް ކަމަށް ވޮޒްނިއާކީ ބުނެފައި ވެއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ވޮޒްނިއާކީ އަތުން ބަލިވި ސްވިޓްލޯނާ ވަނީ ފްރާންސްގެ ކެރޮލައިން ގާސިއާ އަތުން ދެ ސެޓު އެއް ސެޓުން ބަލިވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 7-6 އަކުން ގާސިއާ ގެންދިޔަ ނަމަވެސް ސްވިޓްލޯނާ ވަނީ 6-3 އަކުން ދެވަނަ ސެޓު ގެންގޮސްފައެވެ. މެޗުގެ ނަތީޖާ ނެރެން ކުޅުނު ތިންވަނަ ސެޓު ގާސިއާ ގެންދިޔައީ 7-5 އަކުންނެވެ.

މި މެޗުތަކުގެ ނަތީޖާ ނުކުމެފައިވާ ގޮތުން ސެމީގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު ހޭލެޕްއާ ގާސިއާ އަދި ސްވިޓްލޯނާއަށް ވެސް އެބައޮތެވެ. ސެމީގައި ވޮޒްނިއާކީ ވާދަކުރަން ޖެހޭނީ ވީނަސް ވިލިއަމްސް ނުވަތަ ގާބައިން މުގުރްޒާއާ ދެކޮޅަށެވެ. މި މުބާރާތް ވޮޒްނިއާކީ ކާމިޔާބު ކޮށްފި ނަމަ އޭނާއަށް މި އަހަރު ދުނިޔޭގެ ރޭންކިންގެ އެއްވަނަ ލިބިގެންދާނެއެވެ. ވޮޒްނިއާކީ ވަނީ މީގެ ހަތް އަހަރު ކުރިން ޑަބްލިއުޓީއޭ ފައިނަލްސްގެ ރަނަރަޕްކަން ހޯދާފައެވެ.

މި މުބާރާތް ކުރިޔަށް ދަނީ އަށް ކުޅުންތެރިން ދެ ގްރޫޕަކަށް ބަހާލައިގެން ރައުންޑް ރޮބިން ފޯމެޓަށެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައި ވެސް ހަތަރު ކުޅުންތެރިން ހިމެނޭއިރު ސެމީ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ކުޅުންތެރިންނަށެވެ. އެގޮތުން ފުރަތަމަ ގްރޫޕުން ސެމީގެ ޖާގައެއް މިހާތަނަށް ކަށަވަރު ކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ ކެރޮލައިނާ ޕްލިސްކޯވާއެވެ.

މި މުބާރާތުގެ ފުރަތަމަ ގްރޫޕުގައި ހިމެނެނީ ރޯމޭނިއާގެ ސައިމޯނާ ހޭލެޕް އާއި ޔޫކްރެއިންގެ އެލީނާ ސްވިޓްލޯނާއާ ޑެންމާކުގެ ކެރޮލައިން ވޮޒްނިއާކީގެ އިތުރުން ފްރާންސްގެ ކެރޮލައިން ގާސިއާއެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ ސްޕެއިންގެ ގާބައިން މުގުރްޒާއާ ޗެކް ރިޕަބްލިކްގެ ކެރޮލައިން ޕްލިސްކޯވާއާ ލެޓްވިއާގެ ޖެލޭނާ އޮސްޓަޕެންކޯގެ އިތުރުން އެމެރިކާގެ ވީނަސް ވިލިއަމްސްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެމްޕިއަންސް ލީގު: ބާސާ އަށް ލަނޑުދީ އެޓީމު ކަޓުވާލުމަށްފަހު ޔުވަންޓަސް ސެމީއަށް

ޗެމްޕިއަންސް ލީގު: ބާސާ އަށް ލަނޑުދީ އެޓީމު ކަޓުވާލުމަށްފަހު ޔުވަންޓަސް ސެމީއަށް

20 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ފުރަތަމަ ލެގުގެ ފައިދާ ނަގާ ލެސްޓާ ކަޓުވާލުމަށްފަހު އެޓްލެޓިކޯ ސެމީއަށް

ޗެމްޕިއަންސް ލީގު: ފުރަތަމަ ލެގުގެ ފައިދާ ނަގާ ލެސްޓާ ކަޓުވާލުމަށްފަހު އެޓްލެޓިކޯ ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް

ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް

19 އެޕްރީލު 2017
ޑޭވިސްކަޕް: އެމެރިކާ ބަލިކޮށް އޮސްޓްރެލިއާ ސެމީއަށް

ޑޭވިސްކަޕް: އެމެރިކާ ބަލިކޮށް އޮސްޓްރެލިއާ ސެމީއަށް

09 އެޕްރީލު 2017
އެފްއޭކަޕް: ޗެމްޕިއަން ޔުނައިޓެޑް ބަލިކޮށް ޗެލްސީ ސެމީއަށް

އެފްއޭކަޕް: ޗެމްޕިއަން ޔުނައިޓެޑް ބަލިކޮށް ޗެލްސީ ސެމީއަށް

14 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު