Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެންޔާ

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބު ފަސްކުރުމަށް އެދި ހުށަހެޅި ޕެޓިޝަނަށް ސުޕްރީމް ކޯޓަށް ގޮތެއް ނުނިންމުނު

25 އޮކްޓޯބަރު 2017 | ބުދަ 18:38

ކެންޔާގެ ރައީސް ކެންޔަތާ ވިދާޅުވަމުން ގެންދަވަނީ ޝެޑިއުލްކުރެވިފައިވާ ގޮތައް އިންތިޚާބް އޮންނަން ޖެހޭނެ ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 25 އޮކްޓޯބަރު 2017 | ބުދަ 18:38
ރައީސް ކެންޔަތާ (ވ) އަދި ރައިލާ އޮޑިންގާ

ރައީސް ކެންޔަތާ (ވ) އަދި ރައިލާ އޮޑިންގާ

ކެންޔާގައި ބުރާސްފަތި ދުވަހު އަލުން ބާއްވާ އެގައުމުގެ ރިޔާސީ އިންތިޅާބު ފަސްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަން ބެލޭ ގޮތެއް ނުވިއެވެ.

ސުޕްރީމް ކޯޓުން ބުނެފައި ވަނީ ރިޔާސީ އިންތިޚާބު ފަސްކުރުމާ ބެހޭ ޕެޓިޝަން އެ ކޯޓަށް ބެލޭގޮތް ނުވީ ފަނޑިޔާރުންގެ ކޯރަމް ހަމަނުވުމާ ގުޅިގެން ކަމަށެވެ. މައްސަަލަ ފައިސަލާ ކުރުމަށް ކޯޓަށް ހާޒިރުވީ ދެ ފަނޑިޔާރުންނެވެ. ކޯރަމް ހަމަވާނީ ފަސް ފަނޑިޔާރުން ތިބިގެންނެވެ.

މިއަންނަ އޮކްޓޯބަރު 26 ވާ ބުރާސްފަތި ދުވަހު ކެންޔާގައި އަލުން އިންތިޚާބެއް ބާއްވާއިރު ދާދިފަހުން އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުގެ ކޮމިޝަނާއެއް ކަމަށްވާ ރޮޒެލީން އެކޮމްބޭ ވަނީ އިތުބާރު ކުރެވޭ ފަދަ ދެފުށް ފެންނަ ރިޔާސީ އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވާފައެވެ.

ކެންޔާގެ ރިޔާސީ ރޭހުން އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ވަކިވެވަޑައިގެންފައެވެ. ކެންޔާގެ ރިޔާސީ އިންތިޚާބު އޮކްޓޯބަރު މަހުގެ ތެރޭގައި އަލުން ބޭއްވުމަށް ތާވަލް ކޮށްފައިވަނިކޮށް، އިންތިޚާބުގައި ބައިވެރިވެވަޑައިނުގަތުމަށް އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ ނިންމެވީ، އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ވޯޓުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ގެންނަން ޖެހޭ ބަދަލުތަކަށް ވަގުތު ދިނުމާއި، އެންމެންނަށް ވެސް ބަލައިގަނެވޭނެ ފަދަ އިންތިޚާބެއް ބޭއްވުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.

ކެންޔާގައި އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާއިރު އެ ނިންމުން ސްޕްރީމް ކޯޓުން ނިންމީ އިންތިޚާބުގައި ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވީ އެޤައުމުގެ ވެރިކަމުގައި ހުންނަވި އުހުރު ކެންޔަތާ އެވެ.

އޮޑިންގާ އިންތިޚާބުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު އޭނާ އިތުރަށް ވިދާޅުވީ 26 އޮކްޓޯބަރު ގައި ބާއްވަން ތާވަލު ކޮށްފައިވާ އިންތިޚާބު، ކުރިން ބާއްވައިފައިވާ އިންތިޚާބަށް ވުރެ ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް