Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްބީއޭ ދެވަނަ ޑިވިޝަން

އެމްބީއޭ ދެވަނަ ޑިވިޝަން: އެޗްޑީސީ އާއި ސްޓިންޖާސް މޮޅުވެއްޖެ

ކީން ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗު ކްލަބް އެޗްޑީސީއިން ކާމިޔާބު ކޮށްފައިވަނީ 75-33 ޕޮއިންޓުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2017 | ހޯމަ 12:41
އެލްކިއު ސްޕޯޓްސް އާއި ސްޓިންޖާސް ކުޅުނު މެޗުގެ ތެރެއިން އެލްކިއުގެ ނާއިފް އަތުން ސްޓިންޖާސްގެ ސަބީހު ބޯޅަ ހޯދަން މަސައްކަތް ކުރަނީ

އެލްކިއު ސްޕޯޓްސް އާއި ސްޓިންޖާސް ކުޅުނު މެޗުގެ ތެރެއިން އެލްކިއުގެ ނާއިފް އަތުން ސްޓިންޖާސްގެ ސަބީހު ބޯޅަ ހޯދަން މަސައްކަތް ކުރަނީ

ބާރަ ވަނަ ގައުމީ ބާސްކެޓްބޯލް ލީގުގެ ދެވަނަ ޑިވިޝަނުގައި ކްލަބް އެޗްޑީސީ އާއި ސްޓިންޖާސް ބީސީ ކުޅުނު މެޗުތަކުން އެ ދެ ޓީމު ވެސް މޮޅުވެއްޖެއެވެ.

ކީން ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗު ކްލަބް އެޗްޑީސީއިން ކާމިޔާބު ކޮށްފައި ވަނީ 75 ޕޮއިންޓް 33 ޕޮއިންޓްއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ކްލަބް އެޗްޑީސީގެ ޖާޒީ ނަމްބަރު 12 އިބްރާހިމް އާސިފްއެވެ. މި މެޗުގައި ކްލަބް އެޗްޑީސީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ކުޅުންތެރިޔަކީ 20 ޕޮއިންޓާއެކު އެ ޓީމުގެ ޖާޒީ ނަމްބަރު 4، ޝިރުފާން އަހުމަދު އެވެ. ކީން ސްޕޯޓްސް ކްލަބަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު ނުވަ ޝައިހާން އަހުމަދު ނާޝިދެވެ. އޭނާ ވަނީ އެ ޓީމަށް 13 ޕޮއިންޓް ހޯދައިދީފައެވެ.

މި މުބާރާތުގައި ސްޓިންޖާސް ބީސީން ވަނީ ވާދަވެރި ކުޅުމަކަށް ފަހު 72 ޕޮއިންޓް، 70 ޕޮއިންޓްއިން އެލްކިއު ސްޕޯޓްސް ބަލިކޮށްފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އެލްކިއު ސްޕޯޓްސްގެ ޖާޒީ ނަމްބަރު 4 ހަސަން މުހައްމަދު އެވެ. 22 ޕޮއިންޓާއެކު އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިން ކުޅުންތެރިޔަކީ ވެސް ހަސަން މުހައްމަދުއެވެ. ސްޓިންޖާސް ބީސީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ކުޅުންތެރިޔަކީ 15 ޕޮއިންޓާއެކު އެ ޓީމުގެ ޖާޒީ ނަމްބަރު 8 މުހައްމަދު ސަބީހް ތައުފީގްއެވެ.

މި މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ނިމި ދެވަނަ ބުރުގެ ކުޅުން ފަށާފައިވާއިރު މުބާރާތުގެ ކުޅުންތެރިންގެ ރޭންކިންގެ ގަދަ ފަހެއްގައި ހިމެނޭ ކުޅުންތެރިންނަކީ އެލްކިއު ސްޕޯޓްސްގެ އަހުމަދު ނާއިފް ރަޝީދާއި އެޗްޑީސީގެ ޝިރުފާން އަހުމަދު އާއި ސްޓިންޖާސް ބީސީގެ މުހައްމަދު ނިޝާން އާއި މުހައްމަދު ޝައުފް މިންތާޒްގެ އިތުރުން މުހައްމަދު ސަބީހް ތައުފީގްއެވެ.

މުބާރާތުގައ ފުރަތަމަ ބުރުގެ ކުޅުން ނިމުނު އިރު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓާއެކު އޮތީ ސްޓިންޖާސް ބީސީއެވެ. ދެވަނައިގައި ހަތް ޕޮއިންޓާއެކު އެޗްޑީސީ އޮތްއިރު ތިންވަނައިގައި ހަ ޕޮއިންޓާއެކު އޮތީ އެލްކިއު ސްޕޯޓްސްއެވެ. ހަތަރު ވަނައިގައި ފަސް ޕޮއިންޓާއެކު ރެޑްވިންގްސް ބީސީ އޮތްއިރު ޕޮއިންޓް ތާވަލުގެ ފުލުގައި ހަތަރު ޕޮއިންޓާއެކު އޮތީ ކީން ސްޕޯޓްސްއެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި މި އަހަރު ބައިވެރިވެފައި ވަނީ ފަސް ޓީމަކުންނެވެ. އެއީ އެލްކިއު ސްޕޯޓްސް، ކީން ސްޕޯޓްސް، ކްލަބް އެޗްޑީސީ، ރެޑްވިންގްސް ބީސީގެ އިތުރުން ސްޓިންޖާސް ބީސީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު