Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުުރު ކޮރެއާ މައްސަލަ

އުތުރު ކޮރެއާ ވަނީ އެމެރިކާ އަށް ނިއުކްލިއާ މިސައިލަކުން ހަމަލާ ދެވޭނެ ފަދަ ހާލަތެއްގައި: އެމެރިކާ

އެމެރިކާ އިން ބުނާ ގޮތުން އަދިވެސް އިސްކުރަނީ މަޝްވަރާ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 20 އޮކްޓޯބަރު 2017 | ހުކުރު 13:22
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުން

އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުން

އުތުރު ކޮރެއާ ވަނީ އެމެރިކާ އަށް ނިއުކްލިއާ މިސައިލަކުން ހަމަލާ ދެވޭނެ ފަދަ "ހާލަތެއްގައި" ކަމަށް އެމެރިކާގެ ސެންޓްރަލް އިިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ ޑައިރެކްޓާ މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ވޮޝިންޓަންގެ ތިންކް ޓޭންކްއެއް ކަމަށްވާ ފައުންޑޭޝަން ފޯ ޑިފެންސް އޮފް ޑިމޮކްރަސީސްގައި ވާހަކަ ދައްކަވަމުން ޕޮމްޕެއޯ ވިދާޅުވީ އެމެރިކާ އަށް ނިއުކްލިއާ މިސައިލަކުން ހަމަލާ ދެވޭނެ ގާބިލުކަން އުތުރު ކޮރެއާ އަށް ގާތްގަނޑަކަށް ލިބިފައިވާ ކަމަށާއި، އެމެރިކާގެ ޕޮލިސީގެ ނަޒަރިއްޔާތުން ވާހަކަދައްކާއިރު އުތުރު ކޮރެއާ ވަނީ އެމެރިކާ އަށް ހަމަލާ ދެވޭ ފަދަ "ހާލަތެއްގައި" ކަމަށް ބަލަން ޖެހޭ ކަމަށެވެ.

ޕޮމްޕެއޯ ވިދާޅުވީ އުތުުރު ކޮރެއާގެ މިސައިލް ކެޕޭސިޓީ ވަރަށް ބާރަށް ކުރިއަރަމުންދާ ކަމަށާއި އެމެރިކާގެ އިންޓެލިޖެންސް އަށް ވެސް ކަންކަން އެނގުން ދަތިވާ ކަމަށެވެ.

މީގެ އިތުރަށް ޕޮމްޕެއޯ ވިދާޅުވީ އުތުުރު ކޮރެއާ މައްސާލާގައި އަދިވެސް ބޭނުންވަނީ މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރަން ކަމަށާއި އެހެންނަމަވެސް އަސްކަރީ އޮޕްޝަނަކީ ވެސް އޮތް އޮޕްޝަނެއް ކަމަށެވެ.

ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު