Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޗެލްސީ އާއި އެޓްލެޓިކޯ ވެސް އެއްވަރުވެއްޖެ

19 އޮކްޓޯބަރު 2017 | ބުރާސްފަތި 09:41

އޭއެސް ރޯމާ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު އެއްވަރުވެފައިވަނީ 3-3 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 09:41
ޗެލްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޗެލްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީ އާއި އެޓްލެޓިކޯ ކުޅުނު މެޗުތަކުން އެ ދެ ޓީމުވެސް އެއްވަރުވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް "ސީ" ގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އިޓަލީގެ އޭއެސް ރޯމާ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު އެއްވަރުވެފައިވަނީ 3-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ބަލާހިތްވާ ޒާތުގެ އެޓޭކިން ފުޓްބޯޅައެއް ފެނިގެން ގޮސްފައެވެ. ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޗެލްސީއިންނެވެ.

ޗެލްސީގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި އޭރިއާ ބޭރުން ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ޑިފެންޑާ ޑޭވިޑް ލުއިޒްއެވެ. ޗެލްސީއިން ރަނގަޅަށް ކުޅެމުން ދަނިކޮށް ރޯމާއަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެ ޓީމުގެ ވިންގާރ ޑިއެގޯ ޕެރޯޓީ ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު ކޯޓޮއާ ވަނީ ދިފާއުކޮށްފައެވެ.

ރޯމާއަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އޭގެ ދެ މިނެޓު ފަހުން މޮރާޓާގެ އެހީތެރިކަމާއެކު އެޑެން ހަޒާޑް ލަނޑެއް ޖަހާ ޗެލްސީގެ ލީޑު އިތުރަށް ފުޅާކޮށްދިނުމެވެ. އެހެނަސް އޭގެ ތިން މިނެޓު ފަހުން ރޯމާގެ ޑިފެންޑާ އެލްކްޒެންޑާ ކޮލަރޯވް ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ފުރަތަމަ ހާފު ނިމިފައިވަނީ ދެ ލަނޑު އެއް ލަނޑުން ރޯމާގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.

ފުރަތަމާ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް ދެ ޓީމުން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށް ވާދަވެރި ކުޅުމެއް ދައްކާފައެވެ. މި ހާފުގައި ރޯމާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 64 ވަނަ މިނެޓުގައި އެޑިން ޒެކޯއެވެ. އޭގެ ހަ މިނެޓު ފަހުން ޒެކޯ ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހާ ފުރަތަމަ ފަހަރަށް ރޯމާއަށް މެޗުގެ ލީޑު ނަގައިދީފައެވެ. އެހެނަސް އެޑެން ހަޒާޑް ވަނީ 75 ވަނަ މިނެޓުގައި ޕެޑްރޯ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޗެލްސީއަށް މެޗު އެއްވަރު ކޮށްދީފައެވެ. މި ލަނޑަށް ފަހުވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު އެއްވެސް ޓީމަކަށް ނަތީޖާ ބަދަލުކޮށްލެވިފައެއް ނުވެއެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑާއި އަޒެރްބައިޖާންގެ ޗެމްޕިއަން ގަރްބާގް ކުޅުނު މެޗު ނިމިފައިވަނީ 0-0 އަކުން އެއްވަރުވެގެންނެވެ. މި މެޗުގައި އެޓްލެޓިކޯއިން ލަނޑު ޖެހުމަށް މާކަ އެދެވޭ ފުރުސަތުތަކެއް ތަނަވަސް ކޮށްފައި ނުވާއިރު ގަރްބާގްއިން ވަނީ ކައުންޓާ އެޓޭކުގައި އެޓްލެޓިކޯގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މި މެޗު އެއްވަރުވުމާއި ވިދިގެން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ކޮލިފައިވުމަށް އެޓްލެޓިކޯއިން ކުރަމުން އަންނަ އުއްމީދުތަކަށް އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

މި ގްރޫޕުގެ ހުރިހާ ޓީމެއްވެސް ތިން މެޗު ކުޅެފައިވާއިރު އެއްވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ ޗެލްސީއެވެ. ދެވަނައިގައި ފަސް ޕޮއިންޓާއެކު ރޯމާ އޮތްއިރު ތިން ވަނައިގައި ދެ ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯއެވެ. އަދި ޕޮއިންޓް ތާވަލުގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ގަރްބާގްއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް