Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާސްޕޯޓު ކާޑު

ޕާސްޕޯޓު ކާޑު ދޫކުރަން ފަށާނީ 24 އޮކްޓޯބަރގައި!

މި ކާޑަކީ ގިނަ ހިދުމަތްތަކެއް ހޯދޭ ކާޑެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 16 އޮކްޓޯބަރު 2017 | ހޯމަ 11:37
ޕާސްޕޯޓު ކާޑު ތަޢާރަފްކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޕާސްޕޯޓު ކާޑު ތަޢާރަފްކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފު ކުރި ޕާސްޕޯޓު ކާޑު ދޫކުރަން ފަށާނީ 2017، 24 އޮކްޓޯބަރ ގައި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ބީ.އެމް.އެލް ގެ ބައިވެރިވުމާއެކު، އަދި އެލައިންޑް ހެލްތް އިންޝުއަރަންސްގެ އެހީތެރިކަމާއެކު، އިމިގްރޭޝަނުން ތަޢާރަފް ކޮށްފައިވާ މިޕާސްޕޯޓު ކާޑު ހެއްދުމަށްޓަކައި ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ -/450ރ ( ހަތަރު ސަތޭކަ ފަންސާސް) ރުފިޔާ އެވެ.

ކާޑު ދޫކުރުމަށް ހަމަޖެހިފައި ވަނީ 24 ޖެނުއަރީ 2016 ގެ ފަހުން އީ-ޕާސްޕޯޓު ހައްދާ ދެވިފައިވާ ފަރާތްތަކާއި އަދި އަލަށް އީ-ޕާސްޕޯޓު ހައްދާ ދެވޭ ކޮންމެ ފަރާތަކަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖެއިން ފުރައިގެން ދިއުމާއި އަދި ރާއްޖެއަށް އެތެރެވުމުގައި މި ކާޑު ބޭނުން ކުރެވޭނެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބަހައްޓާފައިވާ އޮޓޯ-ގޭޓުން ދިއުމަށް ވެސް މި ކާޑު ބޭނުން ކުރެވޭނެއެވެ. ޕާސްޕޯޓު ކާޑު ބޭނުން ކޮށްގެން ރާއްޖެއިން ފުރައިގެން ދެވުނު ކަމުގައި ވިއަސް، އެހެން ޤައުމުތަކުގެ ބޯޑަރ އިން މި ކާޑުގެ ބޭނުން ކުރަން ފަށާފައި ނުވާތީވެ، ކާޑުގެ ވެރިފަރާތަށް ދޫކުރެވިފައިވާ ޕާސްޕޯޓު ހިފައިގެން ފުރަން ދިއުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ސެކަންޑް ޖެނެރޭޝަން ބަޔޮމެޓްރިކް ޕާސްޕޯޓު ދޫކުރިއިރު އެހެން ޤައުމު ތަކުގެ އޮޓޯ-ގޭޓު މެދުވެރިކޮށް ދަތުރު ކުރެވޭނެ ގޮތް ހަމަޖެހިފައި ނެތަސް މިހާރު ވަނީ ބައެއް ޤައުމުތަކުގެ އޮޓޯ-ގޭޓު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައެވެ.

އެހެންކަމުން ކަމާބެހޭ އިދާރާތަކާއި ގުޅިގެން މި ކާޑު އެހެން ޤައުމުތަކުގެ ބޯޑަރގައި ބޭނުން ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މި ކާޑަކީ، ފައިސާގެ މުޢާމަލާތް ކުރެވޭ ކާޑަކަށް ވުމުން، އެހެން ފަރާތްތަކާއި ހަވާލު ނުކުރުމާއި، ޚިދުމަތަކާއި ގުޅިގެން ފޮޓޯ ކޮޕީ ހުށަހަޅަންޖެހޭނަމަ، ވެރިފަރާތުގެ ފޮޓޯ އާއި މަޢުލޫމާތު ހިމަނާފައިވާ ފަރާތުގެ ކޮޕީ ދިނުމަށާއި އަދި އެއްވެސް ހާލަތެއްގައި ކާޑުގެ ފުރަގަހުގައިވާ މަޢުލޫމާތު ހާމަވާ ގޮތަށް ކޮޕީ ނުހެއްދުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކާޑުގެ ވެރިފަރާތް ފިޔަވާ އެހެން ފަރާތަކާއި ހަވާލު ކުރުމުން އެ ކާޑު ބޭނުންކޮށްގެން އޮންލައިން ވިޔަފާރި ކުރެވޭނެތީވެ، އެހެން ފަރާތަކާއި ކާޑު ހަވާލު ނުކުރުމަށާއި އަދި ކާޑު ގެއްލުނަ ނުދިނުމަށް ޚާއްޞަ ސަމާލުކަން ދިނުން މުހިއްމެވެ.

މި ކާޑަކީ، މި ދެންނެވި ކަންކަމުގެ އިތުރުން، ކާޑު ހައްދާ ފަރާތުން ބޭނުންވާނަމަ، ނެޝަނަލް އައިޑީ ކާޑާއި، އެލައިޑް އިންސުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އިން ދޫކުރާ އިންސުއަރަންސްގެ މަޢުލޫމާތު ވެސް ހިމަނާ ދެވޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ކާޑެކެވެ.

މި ކާޑު ގެއްލިއްޖެނަމަ، އެހެނިހެން ކޭޝް ކާޑު ގެއްލުމުން އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ސެންޓަރަށާއި މޯލްޑިވްސް އިމިގްރޭޝަނަށް ވީ އެންމެ އަވަހަކަށް އަންގަންވާނެ އެވެ.

އަދި މި ކާޑު ގެއްލުމުން އަލުން ކާޑު ހައްދާ ދޭއިރު ކާޑު ޕްރޮސެސިން ފީގެ އިތުރުން ޖޫރިމަނާގެ ގޮތުގައި ފައިސާ ނެގުމަށް ހަމަޖެހިފައި ނުވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިތުރަށް ކިޔާލަން

06 ޖުލައި 2017

މަޖީދީ މަގު ހެދުމުގެ މަސައްކަތް ދެން ފަށާނީ ސެޕްޓެމްބަރު މަހު

06 ޖުލައި 2017
މަޖީދީ މަގު ހެދުމުގެ މަސައްކަތް ދެން ފަށާނީ ސެޕްޓެމްބަރު މަހު
29 މެއި 2017

ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި

29 މެއި 2017
ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި
24 މެއި 2017

މިއަހަރުވެސް ދާއިރާގެ ރައްޔިތުންނަށް ކާޑު ފޮނުވާނަން: މުސްތަފާ

24 މެއި 2017
މިއަހަރުވެސް ދާއިރާގެ ރައްޔިތުންނަށް ކާޑު ފޮނުވާނަން: މުސްތަފާ
24 މެއި 2017

ޕާޓީތަކަށް ފައިސާ ދޫކުރަން އިލެކްޝަނުން ނިންމައިފި

24 މެއި 2017
ޕާޓީތަކަށް ފައިސާ ދޫކުރަން އިލެކްޝަނުން ނިންމައިފި
17 މެއި 2017

ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި

17 މެއި 2017
ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި
23 އެޕްރީލު 2017

ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ

23 އެޕްރީލު 2017
ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ
26 މާރިޗު 2017

މަސީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ: ޖަލްސާ ފަށާނީ ހޯމަ ދުވަހު 09:00 ގައި

26 މާރިޗު 2017
މަސީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ: ޖަލްސާ ފަށާނީ ހޯމަ ދުވަހު 09:00 ގައި
13 މާރިޗު 2017

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

13 މާރިޗު 2017
އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު