Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕެރަގުއޭ

ޚިޔާނަތުގެ މައްސަލައެއްގައި ޕެރަގުއޭގެ ރައީސް މަގާމުން ވަކިކޮށް ގޭ ބަންދުކޮށްފި

7 ނޮވެމްބަރު 2026 | ހޮނިހިރު 15:44

ޕެރަގުއޭގެ ރައީސް ސަންތިއާގޯ ޕެންޔާގެ މަސްލަހަތު އޮންނަ ބޭންކެއް ބަނގުރޫޓުވެ، ގައުމުގެ މާލީ ނިޒާމަށް ކުރިމަތިވި ކާރިސާއާ ގުޅިގެން، އިތުބާރު ނެތްކަމުގެ ވޯޓަކުން އޭނާ މަގާމުން ދުރުކޮށް ހައްޔަރުކޮށްފިއެވެ. މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ތުހުމަތުތަކާއެކު ޕެންޔާ މަގާމުން ވަކިކުރުމުން، ނައިބު ރައީސް ޕެޑްރޯ އަލިއާނާ މިހާރު ވަނީ ވަގުތީ ރައީސްކަމުގެ ހުވާ ކުރައްވާފައެވެ.

ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2026 | ހޮނިހިރު 15:44
އަސުންސިއޯންގައި ހުންނަ ލޮޕޭޒް ރިޔާސީ ގަނޑުވަރުގެ ކުރިމަތީގައި 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ބޭއްވި ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި، ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާ ތަގުރީރު ކުރައްވަނީ

އަސުންސިއޯންގައި ހުންނަ ލޮޕޭޒް ރިޔާސީ ގަނޑުވަރުގެ ކުރިމަތީގައި 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ބޭއްވި ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި، ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާ ތަގުރީރު ކުރައްވަނީ | ގެޓީ އިމޭޖަސް

ޕެރަގުއޭގެ ބޭންކެއް ބަނގުރޫޓުވުމާ ގުޅިގެން އުފެދުނު މާލީ ކާރިސާއެއްގައި، އެ ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންގެ ބޭންކް އެކައުންޓްތައް ފްރީޒްވެފައި ވަނިކޮށް، ރައީސް ސަންތިއާގޯ ޕެންޔާ މަގާމުން ދުރުކޮށް ގޭބަންދުކޮށްފި އެވެ.

ޕެންޔާގެ އަމިއްލަ ވިޔަފާރި މަސްލަހަތު އޮންނަ "އުއެނޯ ބޭންކް" މި ހަފުތާގެ ކުރީކޮޅު ބަނގުރޫޓުވުމާ ގުޅިގެން، އޭނާ ނިސްބަތްވާ ޕާޓީގެ މެންބަރުން ހިމެނޭހެން ގާނޫނު ހަދާ މަޖިލީހުގެ އިއްތިފާގުން އޭނާ މަގާމުން ދުރުކުރަން ނިންމިތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި، ހުކުރު ދުވަހު ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

Advertisement - worldAdvertisement

މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ބުރާސްފަތި ދުވަހު ޕެންޔާ ވިދާޅުވި ނަމަވެސް، ސެނެޓުން އޭނާގެ އިސްތިއުފާ ގަބޫލުކުރުމުގެ ބަދަލުގައި ނިންމީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމަށެވެ. އަދި އޭނާގެ މައްޗަށް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލުމާ އެކު، ކުރީގެ ރައީސުންނަށް ގާނޫނުން ލިބިދޭ ރައްކާތެރިކަން ނުވަތަ އިމިއުނިޓީ ވެސް މިހާރު ވަނީ އޭނާގެ ކިބައިން އަތުލާފަ އެވެ.

މިދިޔަ އަހަރާ ހަމައަށް އެ ބޭންކް ހިންގާ ކުންފުނީގެ ހިއްސާ އޮތް ޕެންޔާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވާފަ އެވެ.

ޕެންޔާ މަގާމުން ދުރުކުރުމަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އޭނާގެ މަސްލަހަތު ފުށުއަރާ ކަންކަމުގައި ބައިވެރިވެފައިވާ ކަމަށާއި، ރެގިއުލޭޓަރީ އިދާރާތަކުގެ ބާރުގެ ތެރެއަށް އަތްބާނައި، ޕެންޝަން ފަންޑުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މަރުކަޒީ ބޭންކް މެދުވެރިކޮށް މުއައްސަސާގެ ތެރެއިން ކަންކަން ފޮރުވަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.

އަމާނާތްތެރިކަން ގެއްލުވާލުމާއި، ނުފޫޒު ފޯރުވުމާއި، ފައިސާއަށް ހިޔާނާތްތެރިވުމުގެ ތުހުމަތުތަކާ ގުޅިގެން ހޮނިހިރު ދުވަހު ޕެންޔާއާ ސުވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޕްރޮސިކިއުޓަރ ސިލްވިއާ މާގަރީޓާ ގޮންޒާލޭޒް ވެސްޓަރ ވިދާޅުވި އެވެ.

ޕެންޔާ މަގާމުން ދުރުކުރުމާ ގުޅިގެން، އޭނާގެ ނައިބު ރައީސް ޕެޑްރޯ އަލިއާނާ މިހާރު ވަނީ ވަގުތީ ރައީސް ކަމުގެ ހުވާ ކުރައްވާފަ އެވެ. އަދި މި ހިޔާނާތުގެ ސަބަބުން ހާލުގައި ޖެހުނު މިލިއަނުން ގުނާލެވޭ ރައްޔިތުން "ބާކީ ނުކުރައްވާނެ" ކަމަށް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.

"މި މާލީ އިނދަޖެހުމުގެ ސަބަބުން ދަތި ހާލުގައި ތިބި ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ފުރިހަމައަށް ދެވޭނެ،" 2028 ވަނަ އަހަރާ ހަމައަށް ރައީސްކަމުގެ މަގާމުގައި ހުންނަވާނެ އަލިއާނާ ވިދާޅުވި އެވެ.

ޑިޖިޓަލް ބޭންކެއް ކަމަށްވާ އުއެނޯ ބޭންކް، ޕެރަގުއޭގެ މަރުކަޒީ ބޭންކުގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން، އެ ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް އެމީހުންގެ އަމިއްލަ ސޭވިންގްސް ބޭނުން ނުކުރެވޭ ގޮތް ވަނީ ވެފަ އެވެ.

މިދިޔަ އަންގާރަ އަދި ބުދަ ދުވަހު، ވެރިރަށް އަސުންސިއޯންގައި ހުންނަ އުއެނޯ ބޭންކުގެ ބްރާންޗުތަކުން ފައިސާ ނެގުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުމަތީގައި ދިގު ކިއުތަކެއް ހަދާފަ އެވެ.

އަންދާޒާ ކުރެވޭ ގޮތުގައި ތިން މިލިއަނެއްހާ ޑިޕޮސިޓަރުންނަށް އަދިވެސް އެމީހުންގެ ސޭވިންގްސް އާއި ޕެންޝަން ފައިސާ ނުލިބެއެވެ. މިއާއެކު، ހާއްސަކޮށް ވެރިރަށް އަސުންސިއޯންގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ނުރުހުމެއް އުފެދިފަ އެވެ.

މި މައްސަލައިގައި މުޅި ގައުމުގައި މުޒާހަރާތައް ފެށިފައިވާއިރު، ބުރާސްފަތި ދުވަހު އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެ ވަނީ އެމީހުންގެ ފައިސާ އަނބުރާ ދިނުމަށް ގޮވާލާފަ އެވެ.

މީގެ ކުރިން ބޭއްވި މުޒާހަރާތަކުގައި ފުލުހުންނާއި އާންމުންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ކަރުނަގޭހާއި ވޯޓަރ ކެނަން ބޭނުންކޮށްފަ އެވެ.

ޕެންޔާ މަގާމުން ދުރުކުރުމަށް ސެނެޓުގައި ނެގި ވޯޓުގައި، ބައިވެރިވި 45 ސެނެޓަރުންގެ ތެރެއިން 44 މެންބަރުން ވަނީ އޭނާ ވަކިކުރަން ވޯޓު ދީފަ އެވެ. އެ ވަގުތު މަޖިލީހަށް ހާޒިރުނުވަނީ އެންމެ މެންބަރެކެވެ.

"ތިޔަބޭފުޅުން އަޅުގަނޑަށް ކުރެއްވި އިތުބާރަށް ހިޔާނާތްތެރިވުމަކީ ދުވަހަކުވެސް އަޅުގަނޑުގެ ނިޔަތެއް ނޫން،" އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ޕެންޔާ ވިދާޅުވި އެވެ. އަދި އޭނާގެ އެންމެ ބޮޑު އިސްކަމަކީ ގައުމުގެ މާލީ ނިޒާމަށް އިތުބާރުކޮށް ފައިސާ ޖަމާކުރި ރައްޔިތުންނަށް ހަމަޖެހުން ހޯދައިދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ ފަހުން ސެނެޓުގެ ރައީސް ބަސީލިއޯ ނޫނިއޭޒް ވިދާޅުވީ، ޕެންޔާގެ މައްޗަށް "މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރުމުގެ" ކުށް ސާބިތުވެފައިވާ ކަމަށެވެ.

ސެނެޓަރު ރަފައެލް ފިލިޒޯލާ ވިދާޅުވީ، މިއީ އެ ގައުމުގެ ޑިމޮކްރެސީގެ ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލަ ކަމަށާއި، މީގެ ސަބަބުން ދައުލަތަށާއި، އަމިއްލަ ފަރުދުންނަށް އަދި ގައުމުގެ އަބުރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

މުހައްލިލުން ލަފާކުރާ ގޮތުގައި، ބޭންކް ބަނގުރޫޓުވި މައްސަލައިގައި ޕެންޔާގެ މައްޗަށް މިހާރު ޖިނާއީ ދައުވާ އުފުލުމުގެ ފުރުސަތު ބޮޑެވެ.

ނަމަވެސް ޕެންޔާގެ ދިފާއީ ވަކީލު ރިކާޑޯ ޕްރެޑާ ވަނީ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، ޒިންމާދާރުކަން ކުޑަ އަދި ސިޔާސީ ފައިދާ ހޯދުމަށް ކުރާ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ޕެރަގުއޭސަންތިއާގޯ ޕެންޔާ

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

އިތުރަށް ކިޔާލަން

05 ޖުލައި 2026

އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"

05 ޖުލައި 2026
އެމްބާޕޭގެ ފާޑު ކިޔުން ޕެރަގުއޭ އަށް، "އަހަރަމެންނަށް ވެސް ހަޑިކޮށް ކުޅެން އިނގޭ!"
05 ޖުލައި 2026

އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް

05 ޖުލައި 2026
އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް
13 ޖޫން 2026

ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުންކުރުމުގައި ތާރީޚީ ނިންމުމެއް ފެނިގެންދިޔައިރު، ބެލުންތެރިންނަށް ބޮޑު ހައިރާން ކަމެއް!

13 ޖޫން 2026
ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުންކުރުމުގައި ތާރީޚީ ނިންމުމެއް ފެނިގެންދިޔައިރު، ބެލުންތެރިންނަށް ބޮޑު ހައިރާން ކަމެއް!
29 ޑިސެމްބަރު 2025

ބަޣާވާތް ރޭވި ކަމުގެ ތުހުމަތުގައި ބޮލްސޮނާރޯގެ އަރިސް މީހެއް ކަމަށްވާ، ފުލުހުންގެ ކުރީގެ އިސް އޮފިސަރެއް ހައްޔަރު ކޮށްފި

29 ޑިސެމްބަރު 2025
ބަޣާވާތް ރޭވި ކަމުގެ ތުހުމަތުގައި ބޮލްސޮނާރޯގެ އަރިސް މީހެއް ކަމަށްވާ، ފުލުހުންގެ ކުރީގެ އިސް އޮފިސަރެއް ހައްޔަރު ކޮށްފި
14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
25 ޖޫން 2024

ޕެރަގުއޭ ބަލިކޮށް، ކޮލަމްބިއާ އަށް ރަނގަޅު ފެށުމެއް

25 ޖޫން 2024
ޕެރަގުއޭ ބަލިކޮށް، ކޮލަމްބިއާ އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް