Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިންސީ ގޯނާ

ކުއްޖަކަށް ދިމާވާ އެއްވެސް ހާދިސާއަކާ ގުޅިގެން އެ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު އާންމުކުރުމަކީ އެ ކުއްޖެއްގެ އަސާސީ ހައްޤަކަށް އަރައިގަތުން: ސިއްޚަތާ ބެހޭ ވުޒާރާ

7 ނޮވެމްބަރު 2026 | ހޮނިހިރު 03:58

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާ ޚިލާފަށް، ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ޒާތީ މައުލޫމާތު މީޑިއާތަކުގައި އާންމު ނުކުރުމަށް ސިއްޚަތާ އާއިލާ އާއި އިޖްތިމާއީ އެހީއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފި. ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަކީ އެންމެންގެ ޒިންމާއަކަށްވާއިރު، ކުއްޖާގެ ވަކިވަކި މައުލޫމާތު ހާމަކުރުމަކީ އެކުދިންގެ އަސާސީ ހައްޤަކަށް އަރައިގަތުން ކަމަށް އެ ވުޒާރާއިން ބުނޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 7 ނޮވެމްބަރު 2026 | ހޮނިހިރު 03:58
ކުޑަކުދިންނަށް ކުރާ އަނިޔާ - ކުއްޖަކަށް ދިމާވާ އެއްވެސް ހާދިސާއަކާ ގުޅިގެން، އާންމުން ކަންކަމާމެދު ދެކޭގޮތަށް ނުފޫޒުފޯރުވުމަށް ނުވަތަ އެނޫންވެސް އެއްވެސް ބޭނުމަކަށްޓަކައި، ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެހެން މައުލޫމާތު އާންމުކުރުމަކީ ކުޑަކުއްޖެއްގެ އަސާސީ ހައްޤަކަށް އަރައިގަތުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައި

ކުޑަކުދިންނަށް ކުރާ އަނިޔާ - ކުއްޖަކަށް ދިމާވާ އެއްވެސް ހާދިސާއަކާ ގުޅިގެން، އާންމުން ކަންކަމާމެދު ދެކޭގޮތަށް ނުފޫޒުފޯރުވުމަށް ނުވަތަ އެނޫންވެސް އެއްވެސް ބޭނުމަކަށްޓަކައި، ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެހެން މައުލޫމާތު އާންމުކުރުމަކީ ކުޑަކުއްޖެއްގެ އަސާސީ ހައްޤަކަށް އަރައިގަތުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައި | ޕޮލިސް

އިތުބާރުކުރެވޭ މަޤާމެއްގައި ހުރި ފަރާތަކުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، އެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެ ފަދަ ގޮތްގޮތަށް މީޑިއާގެ އެކި މަންސަތަކުގައި މައުލޫމާތު ދައުރުވަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ސިއްޚަތާ އާއިލާ އާއި އިޖްތިމާއީ އެހީއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފި އެވެ.

މިކަމާ ގުޅިގެން އެ ވުޒާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ 35 ވަނަ މާއްދާގައި ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަމަށް ސަރީހަކޮށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާއަށް ރިއާޔަތްކޮށް އެކުލަވާލެވިފައިވާ ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ހަމަތަކާއި ޚިލާފަށް، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް އެކުދިންގެ ޒާތީ މައުލޫމާތު މީޑިއާގެ އެކިއެކި މަންސަތަކުގައި ހާމަކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ.

Advertisement - newsAdvertisement

އެ ވުޒާރާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފަައިވަނީ، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ކުޑަކުދިންގެ ކަރާމާތަށް އެއްވެސް އުނިކަމެއް އަންނާނެ ގޮތަށް އެކުދިންގެ ޒާތީ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކުރުމަކީ މަނާކަމެއް ކަމަށެވެ. ޚާއްސަކޮށް، ކުށުގެ ތުހުމަތު ކުރެވިފައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންގެ އިތުރުން، އެނޫންވެސް ސަބަބަކާ ހުރެ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް މީޑިއާއެއްގައި ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިއުކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެފައިވެ އެވެ. މިފަދަ ހަމަތަކެއް ޤާނޫނުގައި ކަނޑައަޅާފައިވަނީ އެކުދިންގެ މަސްލަހަތު އެންމެ މަތީ ދަރަޖައިގައި ރައްކާތެރިކޮށްދިނުމުގެ މަތިވެރި މަޤްސަދުގައި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން، ކުއްޖަކަށް ދިމާވާ އެއްވެސް ހާދިސާއަކާ ގުޅިގެން، އާންމުން ކަންކަމާމެދު ދެކޭގޮތަށް ނުފޫޒުފޯރުވުމަށް ނުވަތަ އެނޫން ވެސް އެއްވެސް ބޭނުމަކަށްޓަކައި، ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެހެން މައުލޫމާތު އާންމުކުރުމަކީ ކުޑަކުއްޖެއްގެ އަސާސީ ހައްޤަކަށް އަރައިގަތުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމައުގެ މައްޗަށް އޮތް ޤާނޫނީ އަދި އަޚްލާޤީ ޒިންމާއެއްކަމުގައިވާތީ، ކުޑަކުދިންގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން މީޑިއާގައްޔާއި މީސްމީޑިއާގެ މަންސަތަކުގައި އާންމު ނުކުރުމަށް ސިއްހަތާ އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ އަންގާފަ އެވެ.

ސިއްޚަތާ އާއިލާ އާއި އިޖްތިމާއީ އެހީއާ ބެހޭ ވުޒާރާކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު 19/2019ޖިންސީ ގޯނާ

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2026

22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް ބައެއް މީހުންގެ ބަންދު އިތުރުކޮށްފި

30 އޮކްޓޯބަރު 2026
22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް ބައެއް މީހުންގެ ބަންދު އިތުރުކޮށްފި
25 އޮކްޓޯބަރު 2026

22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

25 އޮކްޓޯބަރު 2026
22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
25 އޮކްޓޯބަރު 2026

މ. އަތޮޅާއި ދ. އަތޮޅު ހިމެނޭ ރަށެއްގައި 3 ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 2 ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފި

25 އޮކްޓޯބަރު 2026
މ. އަތޮޅާއި ދ. އަތޮޅު ހިމެނޭ ރަށެއްގައި 3 ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 2 ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފި
24 އޮކްޓޯބަރު 2026

22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 9 މީހަކު ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2026
22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 9 މީހަކު ހައްޔަރުކޮށްފި
21 އޮކްޓޯބަރު 2026

އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

21 އޮކްޓޯބަރު 2026
އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
14 އޮކްޓޯބަރު 2026

އޮސްޓްރޭލިޔާގެ ކުޑަކުދިންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް، ޖިންސީ ގޯނާ ރެކޯޑު މިންވަރަކަށް!

14 އޮކްޓޯބަރު 2026
އޮސްޓްރޭލިޔާގެ ކުޑަކުދިންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް، ޖިންސީ ގޯނާ ރެކޯޑު މިންވަރަކަށް!
30 ސެޕްޓެމްބަރު 2026

އަނގޮޅިތީމުގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް

30 ސެޕްޓެމްބަރު 2026
އަނގޮޅިތީމުގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް
05 ސެޕްޓެމްބަރު 2026

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި

05 ސެޕްޓެމްބަރު 2026
16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި
03 ސެޕްޓެމްބަރު 2026

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

03 ސެޕްޓެމްބަރު 2026
13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި
31 އޯގަސްޓު 2026

3 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް، މަންޒަރު ރެކޯޑު ކުރި މައްސަލައެއް! ތުހުމަތު ކުރެވެނީ ބައްޕަ އަށް!

31 އޯގަސްޓު 2026
3 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް، މަންޒަރު ރެކޯޑު ކުރި މައްސަލައެއް! ތުހުމަތު ކުރެވެނީ ބައްޕަ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް