Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ޕާޓީގެ ރަޖިސްޓްރީގައިވާ އެއްވެސް ގޮތްޕެއް ނުއުވޭނެ: އެމްޑީޕީގެ ޗެއަރޕަރސަން

ޗެއަރޕާރސަންގެ ނައިބުންގެ އިންތިޚާބުގައި ވޯޓު ނުލެވޭ ގޮފިތަކަށް ވެސް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ: ހަސަން ލަތީފް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 10 އޮކްޓޯބަރު 2017 | އަންގާރަ 09:32
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބުންގެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ނުލިބުނު ގޮފިތަކަށް ވެސް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޕާޓީގެ ޗެއަރޕަރސަން އަލް އުސްތާޛް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ގޮފިތައް ހެދުމަށް ޖޫން މަހު ހުޅުވާލުމާއި ހަމައިން ފެށިގެން ގިނަ އަދަދެއްގެ ގޮފިތައް އުފައްދައި، ގޮފިތަކުގެ ހިންގާ ކޮމިޓީތައް އިންތިޚާބު ކޮށްފައިވާ ކަމަށެވެ. އާ ގޮފިތައް ހެދުމަށާއި، ކުރީގައި ހުރި ގޮފިތައް ތަރުތީބު ކުރުމަށް ޖޫން މަހުގެ 10ވަނަ ދުވަހު އެމްޑީޕީއިން ދީފައިވަނީ ޖުލައި 16ވަނަ ދުވަހުގެ ނިޔަލަށެވެ. ގޮފިތައް ހެދުމަށާއި ތަރުތީބު ކުރުމަށް އޭރު އެމްޑީޕީ އިން ހުޅުވާލީ އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ވަމުންދިޔަ ތައްޔާރީތަކުގެ ތެރެއިންނެވެ. އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާ ގޮތުން ކޮންގްރެސްގައި ބައިވެރިވެވޭނީ އެޕާޓީގެ ގޮފިތަކުން އިންތިޚާބުކުރެވިގެން އަންނަ މެމްބަރުންނަށެވެ. އަދި އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބުންނަށް ވޯޓު ލެވޭނީވެސް ހަމައެކަނި ކޮންގްރެސްގައި ބައިވެރިވާ މެމްބަރުންނަށެވެ.

Advertisement - newsAdvertisement

އާ ގޮފިތައް ހެދިނަމަވެސް، ކުރިން ހުރި ގޮފިތަކުގެ ތެރެއިން 30 މެމްބަރުން ހަމަވާ އެއްވެސް ގޮތްޕެއް ނުއުވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވީ ގޮފިތައް ނުއުވޭކަމަށާއި، އެހެން ނަމަވެސް ޗެއަރޕަރސަންގެ ނައިބުންގެ އިންތިޚާބުގައި ވޯޓު ލެވޭނީ އަލަށް އުފެދުނު ގޮފިތަކުގެ ރައީސުންނާއި އަދި ކުރިން ހުރި ގޮފިތަކުގެ ތެރެއިން ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށް ފަހު ޕާޓީގެ އޮފީހަށް އެންގި ގޮފިތަކުގެ ރައީސުންނަށް އެކަނި ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ މިއިންތިޚާބުގައި ވޯޓު ނުލެވުނަސް، ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ކޮންމެ ގޮތްޕަކަށް ވެސް އެބަ އޮތް ކަމަށާއި، 30 މެމްބަރުން ހަމަނުވާ ގޮފިތަކުން، މެމްބަރުން ހަމަކޮށް، އިންތިޚާބު ބޭއްވުމަށް ފަހު ޕާޓީގެ އޮފީހަށް އެއްގެވުމުން އެފުރުސަތު އޮންނާނެ ކަމަށެވެ. އެމްޑީޕީގެ ގޮފިތަކުގެ މިހާރުގެ ޖުމްލައަކީ 624 އެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު