Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

ދިވާލީއާ ދިމާކޮށް ދިއްލީގައި ހަވާއެރުވުން މަނާކޮށްފި

މިއީ މިގޮތަށް އަމުރު ކުރި ދެވަނަ ފަހަރު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 9 އޮކްޓޯބަރު 2017 | ހޯމަ 21:30
ދިއްލީގައި ދިވާލީ ފާހަގަކުރުން

ދިއްލީގައި ދިވާލީ ފާހަގަކުރުން

އިންޑިއާގައި އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ދުވަސްކަމުގައިވާ ދިވާލީއާ ދިމާކޮށް، އެޤައުމުގެ ވެރިކަންކުރާ ނިއުދިއްލީގައި ހަވާ އެރުވުމާއި، ފަޓާސް ގޮއްވުން، އިންޑިއާގެ ސުޕްރީމް ކޯޓުން މަނާކޮށްފިއެވެ.

ހަވާއެރުވުމާއި ފަޓާސް ގޮއްވުމާއި، ބަޑިބޭހުގެ އެހެނިހެން ކުޅިވަރަކީ ދިވާލީގެ އެންމެ މުހިއްމު އެއް ބައި ކަމުގައިވާއިރު، އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފައިވަނީ، ހަވާއެރުވުމާއި ފަތާސް ގޮއްވުން މަނާކުރަން ނިންމީ އޭގެ ސަބަބުން ދިއްލީގެ ވައިގެ ފެންވަރަށް ބަދަލެއް އާދޭތޯ ބެލުމަށް ކަމަށެވެ.

މި އޮކްތޯބަރު މަހުގެ 18 ވަނަ ދުވަހު ދިވާލީ ފާހަގަ ކުރާއިރު، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ވާގޮތުން ހަވަޔާއި ފަޓާސް އަދި ބަޑިބޭހުގެ އެހެން ބާވަތްތައް ވިއްކުމާއި، ބެހުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ އަންނަ ނޮވެމްބަރ މަހުގެ ފުރަތަމަ ދުވަހާއި ހަމައަށެވެ.

ނިމިގެން ދިޔަ އަހަރުގެ ނޮވެމްބަރ މަހުވެސް އިންޑިއާގެ ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ކުރިނަމަވެސް، ބަޑިބޭސް ހިމެނޭ ތަކެތި އެއްކޮށް މަނާކުރުމަކީ މާ ހަރުކަށި ފިޔަވަޅެއް ކަމަށް ނިންމައި، އެ ކޯޓުން މި އަހަރުގެ ސެޕްޓެމްބަރ މަހު ވަނީ އެ އަމުރު ނިމުމަކަށް ގެނެސްފައެވެ. އެ ކޯޓުން މި އަމުރު އަލުން ކުރަން ނިންމީ، އެ އަމުރު އިއާދަ ކޮށްދިނުމަށްއެދި އެ ކޯޓަށް ހުށަހެޅުނު އެކި އެކި ޕެޓިޝަންތަކަށް ބެލުމަށްފަހުއެވެ.

މި އަމުރު އިއާދަކޮށްދޭން ސުޕްރީމް ކޯޓުގައި ރަސްމީ ހައިސިއްޔަތުން އެދުނު އެކިއެކި ފަރާތްތަކުގެ ތެރޭގައި އިންޑިއާހެ ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑްވެސް ހިމެނެއެވެ.

2016 ވަނަ އަހަރު ދިވާލީއަށްފަހު ދިއްލީގައި ވައި ނުސާފުވެ، ދުން ބޯވެފައި

ސުޕްރީމް ކޯޓުން ފަހުން މި ކުރި އަމުރުގެ ދަށުން، ދިވާލީ އާއި ދިމާކޮށް، އެކި ފަރާތްތަކުން މިހާރު ގަނެފައިވާ ހަވާ، ފަޓަސް ފަދަ ތަކެތި ބޭނުންކުރުން މަނާ ނުކުރި ނަމަވެސް، ހޯމަ ދުވަހުން ފެށިގެން ނޮވެމްބަރު 1 ވަނަ ދުވަހާއި ހަމައަށް އެތަކެތި ވިއްކުން ވަނީ މަނާކޮށްފައެވެ.

ނިމިގެން ދިޔަ އަހަރު ސުޕްރިމް ކޯޓުން މި ޙުކުމް ކުރިއިރު ދިވާލީ ނިމިފައިވުމުން، މި ޙުކުމާއި ގުޅިގެން ރައްޔިތުންގެ ފަރާތުން އެ ނިންމުމަށް މާބޮޑު ފާޑުކިޔުންތަކެއް ކުރިމަތި ނުވި ނަމަވެސް މި އަހަރު މި ނިންމުމާއި ގުޅިގެން ދިވާލީ ފާހަގަކުރުމަށް ބުރޫތަކެއް އަރާނެ ކަމަށް ބެލެވޭއިރު، އޭގެ ސަބަބުން މި އަމުރާއިމެދު ރައްޔިތުންގެ ހިތްހަމަނުޖެހުންތައްވެސް ހުރިކަން އެ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

ދިއްލީގައި ވައި ތަގައްޔަރު ވުމުގެ މައްސަލަ އިންތިހާއަށް ގޯސްވެފައިވާއިރު، ނުސާފު، ތަގައްޔަރުވެފައިވާ ވައިގެ ސަބަބަން ދާދިފަހުން ދިއްލީގެ ސްކޫލްތައްވެސް ވަނީ 3 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައެވެ.

އިތުރަށް ކިޔާލަން

28 ޖުލައި 2017

އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި

28 ޖުލައި 2017
އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި
11 ޖޫން 2017

އުމްރާގެ އަޅުކަމަށް ދިޔަ ގަތަރު ރައްޔިތުން މައްކާއަށް ވަނުން މަނާކޮށްފި

11 ޖޫން 2017
އުމްރާގެ އަޅުކަމަށް ދިޔަ ގަތަރު ރައްޔިތުން މައްކާއަށް ވަނުން މަނާކޮށްފި
07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
23 މެއި 2017

ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި

23 މެއި 2017
ގެފުޅު ވަށައިގެން ތަވާފްކުރާ ސަރަހައްދުގައި ސުންނަތް ނަމާދު ކުރުން މަނާކޮށްފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު