Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

އަމީން އާންމާއި ކައުންސެލް ޖެނެރަލް ވެސް ގާނޫނާ ހިލާފު އަމަލުތަކަށް ސަޕޯޓްކުރާކަމުގައިވާ ނަމަ ދައުވާކުރާނަން: މެންބަރުން

މަޖިލީހުގައި ޖަލްސާތައް ކުރިއަށްދަނީ ގާނޫނާ ހިލާފަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2017 | ހޯމަ 12:50
ރައްޔިތުންގެ މަޖިލީހުގެ ޕްރެސް ކޮންފްރެންސް

ރައްޔިތުންގެ މަޖިލީހުގެ ޕްރެސް ކޮންފްރެންސް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައި ގާނޫނާ ހިލާފަށް ހިންގަވާ ކަންކަމުގައި މަޖިލީހުގެ އަމީންްއާންމާއި ކައުންސެލް ޖެނެރަލް ހިތްވަރުދޭ ކަމުގައިވާ ނަމަ، ދައުވާ އުފުލާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، މަޖިލީހުގައި މިހާރު ހިންގަމުންދާ ގާނޫނު އަސާސީއާ ހިލާފު ކަންކަމާ ގުޅިގެން މަޖިލީހުގެ އަމީން އާންމާއި މަޖިލީހުގެ ކައުންސެލް ޖެނެރަލްއާ ވެސް ބައްދަލު ކުރެއްވި ކަމަށެވެ. އެގޮތުން އަމީން އާންމާއި ވަރަށް ސާފުކޮށް ސުވާލުތައް ކުރި ކަމަށާއި އެހެން ނަމަވެސް އެންމެ އެދެވޭ ޖަވާބުތަކެއް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

"އަޅުގަނޑުމެން ވަރަށް ގިނަ ސުވާލުތައް އަމާޒު ކުރިން މަޖިލީހުގެ އަމީން އާންމަށް. އެގޮތުން ކީއްވެގެންތޯ މަޖިލީހުގެ ޗެމްބަރަށް ނުވަދެވުނީ. ކީއްވެގެންތޯ މަޖިލީހުގެ އެތެރޭގެ ބައެެއް އިންޓާނަލް މެމޯތަކުގައި ސޮއިކުރައްވާފައިވަނީ. ކީއްވެގެންތޯ މަޖިލީހުގެ މެންބަރު ފާރިސް މައުމޫނަށް މަޖިލީހުގެ ޖަލްސާތަކަށް ވަދެވޭނެ އިންތިޒާމުތައް ހަމަޖައްސާނުދެނީ. ކޮބާތޯ އަމީން އާންމު ގަބޫލު ކުރައްވާ ގޮތަކީ. މިކަމަށް ޖަވާބުދެއްވަމުން އަމީން އާންމު ވިދާޅުވީ، އެމަނިކުފާނު ގަބޫލު ކުރާ ގޮތާއި އަމަލު ކުރާ ގޮތް ތަފާތުވާނެ ކަމަށް. މިއީ އަޅުގަނޑުމެން ހިތާމަ ކުރައްވާ ކަމެއް. ވަރަށް ކަންބޮޑުވާ ޖަވާބެއް ދެއްވީ. އަމީން އާންމަކީ މަޖިލީހުގެ މެންބަރުން ވޯޓުލައްވައިގެން ހޮއްވަވާ މަގާމެއް. އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުން." ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ މަޖިލީހުގެ ގަަވައިދުތަކާ އުސޫލުތަކާ އެއް ގޮތްވާ ގޮތުގެ މަތިން ކަންކަން ކުރެވެމުން ނުދާ ކަން މި ބައްދަލުވުންތަކުން އެނގިގެން ދިޔަ ކަމަށެވެ.

މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ކައުންސެލް ޖެނެރަލްގެ ވާހަަކަ ހުރި ގޮތުން ކޮންމެވެސް ވަރެއްގެ ހިތްވަރެއް މަޖިލީހުގެ މެންބަރުންނަށް ލިބިގެންދިޔަ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ، ކައުންސެލް ޖެނެރަލްއާ ބައްދަލުކޮށް، ފާރިސް މައުމޫނަށް ޖަލްސާތަކުގައި ބައިވެރިވޭނެ އިންތިޒާމުތައް މަޖިލީހުގެ އިދާރާއިން ހަމަޖައްސާ ނުދެއްވާ މައްސަލައިގައި އަމަލު ކުރާނެ ގޮތް މަސީހު ކިޔާދީފައިވާ ކަމަށެވެ. އެގޮތުން ޖަލްސާއަށް ވަޑައިގަތުމަކީ މަޖިލީސް މެންބަރުންގެ ހައްގެއް ކަަމަށާއި އެ ހައްގު ހޯދުމަށް މަސައްކަތް ކުރަންޖެހޭނީ އެ މެންބަރަކު އަމިއްލައަށް ކަަމަށް ކައުންސެލް ޖެެނެރަލްއަށް އަންގާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

" މަސީހު މިހެން ވިދާޅުވި ނަމަވެސް، ކައުންސެލް ޖެނެރަލް އެއްބަސްވެ ވަޑައިގަންނަވާ އެ ހައްގުތައް މެންބަރުންނަށް ހޯދާދިނުމަކީ، މަޖިލީހުގެ ޒިންމާއެއް ކަމަށް. މަޖިލީސް އިދާރާއިން އެކަންކަން ކުރަންޖެހޭނެ ކަމަށް. އެހެންކަމުން ސީދާ ކައުންސެލް ޖެނެރަލްގެ ވިސްނުމާ ހިލާފަށް މަސީހު ކަންކަން ކުރައްވަމުން ގެންދަވަނީ. މިފަދަ މައްސަލަތަކާ ހުރެ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ހުށަހަޅަންޖެހުނީ. ތަކުރާރުކޮށް މަޖިލީހުގެ ގަވައިދުތަކާ ހިލާފަށް ކަންކަން ކުރައްވާ، މަޖިލީސް މެންބަރުންގެ ގާނޫނީ ހައްގުތަކަށް އަރައިގަތުމައި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅައި މަޖިލީހުގެ ބާރުތައް ކަނޑުވާލާ، މުޅި އިންސްޓިޓިއުޓް ހަލާކު ކުރަމުން ގެންދާތީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ، އަމީން އާންމު މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދާރީ ވާންޖެހޭ ކަމަށާއި އެހެންނަމަވެސް އަަމަލުތައް ފެނިގެންދަނީ އެހެން ގޮތަކަށް ކަމަށެވެ. ޒިންމާދާރު މަގާމުތަކުގައި ތިބޭ ފަރާތްތަކުން، މިނިވަންކަމާ އެކު މަސައްކަތްތައް ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" މަޖިލީހުގެ ހުރި ބާރުތައް ވަކިވަކިން ނަގަމުންދަނީ. އަދި މިހާރު މަޖިލީހުގެ ބާރު އޮތީ ކަނޑާލާފައި. މިފަދަ މާހައުލެއްގައި މަސައްކަތް ކުރަންޖެހެނީ. މަޖިލީހުންގެ މަސައްކަތްތަކެއް ނުކުރެވޭ، މިނިވަން މުއައްސަސާތަކުންވެސް މަސައްކަތްތަކެއް ނުކުރޭ،" މުސްތަފާ ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ، ކައުންސެލް ޖެނެރަލް އާއި އާމީން އާންމަކީ މުސްތަގިއްލު ދެ މަގާމު ކަމަށްވާ އިރު، އެއްވެސް މީހެއްގެ ނުފޫޒެއް ނެތި އެދެ ފަަރާތުން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. އަދި މަސައްކަތް ކުރުމުގައި ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ކަންކަން ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" އަމީން އާންމަކީ އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ. އަދި މެންބަރުންނާ މެދު އިންސާފުން މަސައްކަތް ކުރަންޖެހޭ،" އަނާރާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު