Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތު މިނިސްޓްރީ

އެންއައިއައި އަށް ބަދަލުވާން ބޭނުންވާ މުވައްޒަފުން އެކަން އެންގުމަށް ހެލްތު މިނިސްޓްރީން އެދެފި

05 ނޮވެންބަރު 2017 ވާ އާދިއްތަ ދުވަހުގެ 13:00 ގެކުރިން ހދ. އަތޮޅު ހެލްތު ސަރވިސް ސެކްޝަންއަށް ހުށަހަޅަންޖެހޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2017 | ހޯމަ 08:59
ކުޅުދުއްފުށީ ހޮސްޕިޓަލް

ކުޅުދުއްފުށީ ހޮސްޕިޓަލް

ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެން އައި އައި) އަށް ބަދަލުވާން ބޭނުންވާ މުވައްޒަފުންނާއި ބަދަލުވާން ބޭނުންނުވާ މުވައްޒަފުން އެކަން އަންގައިދޭ ލިޔުން ފުރިހަމަ ކުރެއްވުމަށް ފަހު އެންގުމަށް ހެލްތު މިނިސްޓްރީން އެދެފިއެވެ.

ހެލްތު މިނިސްޓްރީން އާންމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޓާރޝަރީ ލެވަލް އަށް ޙިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެން އައި އައި އާއި 10 ޖުލައި 2017 ވަނަ ދުވަހުވަނީ ހަވާލު ކޮށްފައި ކަމަށެވެ. އެހެން ކަމުން އެކުންފުނީގެ ދަށަށް ބަދަލުވެގެންދާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުން ބަދަލުވެގެންދާނީ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ކަމަށްވުމުން މިހާރު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުން ނިންމާ ގޮތެއްގެ ލިޔުން 05 ނޮވެންބަރު 2017 ވާ އާދިއްތަ ދުވަހުގެ 13:00 ގެކުރިން ހދ. އަތޮޅު ހެލްތު ސަރވިސް ސެކްޝަންއަށް ހުށަހެޅުމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެކަމަށް ހުށަހަޅަން ޖެހޭ ލިޔުން މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގެ ކައުންޓަރުންނާއި ހދ. އަތޮޅު ހެލްތު ސަރވިސް ސެކްޝަނުން ލިބެންހުންނާނެ ކަމަށާއި މިގޮތުން ފޮނުވާ ލިޔުމުގެ ސިޓީއުރައިގެ ބޭރުގައި "އެން އައި އައި އަށް ބަދަލުވުމާއި ގުޅޭ" ލިޔެފައި އޮންނަންވާނެ ކަމަށް ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ. އެން އައި އައިއަށް ބަދަލުވާން ބޭނުންނުވުމުގެ ސަބަބުން ސިވިލް ސަރވިސްގެ ތެރޭން ވަޒީފާ ހަމަޖައްސައި ނުދެވިގެން ވަޒީފާއިން ދޫކޮށްލެވޭ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014ގެ 224 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިނާޔަތްދެވޭނެ ކަމަށާއި މިމުއްދަތުގެ ތެރޭގައި ލިޔުމުން ހުށަނާޅުއްވާ މުވައްޒަފުން އެން އައި އައި ގެ މުވައްޒަފުންގެ ގޮތުގައި ހަމަޖެއްސޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

އަދި މުވައްޒަފުންނަށް މިހާރު ލިބެމުންދާ މުސާރައާއި އިނާޔަތްތަކަށް ވުރެ މަދުނުވާ ގޮތެއްގެ މަތިން މުސާރައާއި އިނާޔަތްތައް މުވައްޒަފުންނަށް ހަމަޖައްސަވައި ދެއްވާނޭ ކަމުގައި އެން އައި އައި އާއި ދިވެހި ސަރުކާރާއި މެދު ވަނީ އެއްބަސްވެވިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެން އައި އައި) އަށް ބަދަލުވާ މުވައްޒަފުންނާއި ދެމެދުވެވޭ އެއްބަސްވުމާއި "ހިއުމަން ރިސޯސް ޕޮލިސީ" އާއި ބެހޭ މައުލޫމާތު ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ލިބިވަޑައިގަންނަވާނެކަމަށާއި އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންނަމަ 3014434/ 3014439/ 6527694 ނަންބަރ ފޯނަށް ރަސްމީގަޑިގައި ގުޅުމަށް އެދޭކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ. އަދިpersonnel@health.gov.mv / hdhatollhealthservices@gmail.com މެދުވެރިކޮށްވެސް އިތުރު މަޢުލޫމާތު ލިބޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު