Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ-ސްލޮވޭނިއާ

ސްލޮވީނިއާގެ އޭސީސީން ހިންގާ ޕައިލެޓް ތަމްރީނުތަކަށް ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަދީފި

27 ސެޕްޓެމްބަރު 2026 | އާދީއްތަ 10:50

ސްލޮވީނިއާގެ އޭސީސީން ހިންގާ ޕައިލެޓް ތަމްރީނުތަކާއި އެ ސެންޓަރުގެ ފްލައިޓް ސިމިއުލޭޓަރަށް ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދިނުމާ ގުޅިގެން، ރާއްޖޭގެ އުސޫލުތަކުގެ ދަށުން ޕައިލެޓްކަމުގެ ސަނަދު ހާސިލުކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ފަހިވެގެންދާނެ. މި ހުއްދައިގެ ދަށުން ޕްރައިވެޓް އަދި ކޮމާޝަލް ޕައިލެޓް ލައިސަންސް ހިމެނޭހެން ތަފާތު ގިނަ ކޯސްތަކެއް ހިންގުމުގެ ބާރު އެ ސެންޓަރަށް ލިބޭ

ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 10:50
ދިވެހިރާއްޖެ އާއި ސްލޮވީނިއާގެ ގައުމީ ދިދަ

ދިވެހިރާއްޖެ އާއި ސްލޮވީނިއާގެ ގައުމީ ދިދަ | އެލަމީ

ސްލޮވީނިއާގެ އޭވިއޭޝަން ކެރިއަރ ސެންޓަރު (އޭސީސީ) އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ގަބޫލުކުރާ ތަމްރީނުދޭ އިދާރާއެއްގެ ގޮތުގައި ކަނޑައަޅައި، "އެޕްރޫވްޑް ޓްރޭނިންގ އޯގަނައިޒޭޝަން" (އޭޓީއޯ 017) ގެ ހުއްދަ އެ ސެންޓަރަށް ދީފި އެވެ. 20 ސެޕްޓެމްބަރު 2026 ގައި ދޫކުރި މި ހުއްދައަކީ ބައިނަލްއަގުވާމީ ފެންވަރުގައި އޭސީސީ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނެފައިވެ އެވެ.

މި ހުއްދައިގެ ދަށުން، އެމްސީއޭއޭ އިން ފާސްކޮށްފައިވާ ތަމްރީނު ކޯސްތަކުގެ ތެރޭގައި ހިމެނޭ ޕައިލެޓް ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ ބާރު އޭސީސީއަށް ލިބިދެ އެވެ. މީގެ ތެރޭގައި ޕްރައިވެޓް ޕައިލެޓް ޓްރޭނިންގ، އިންޓަގްރޭޓެޑް އަދި މޮޑިއުލަރ ކޮމާޝަލް އެންޑް އެއަރލައިން ޓްރާންސްޕޯޓް ޕައިލެޓް ޓްރޭނިންގ، އިންސްޓްރޫމަންޓް ރޭޓިންގްސް، މަލްޓި-އިންޖީން ޕިސްޓަން ކްލާސް ރޭޓިންގްސް، ނައިޓް ރޭޓިންގްސް، މަލްޓި-ކްރޫ ކޯޕަރޭޝަން (އެމްސީސީ) ގެ އިތުރުން ފްލައިޓް، ކްލާސް ރޭޓިންގ އަދި އިންސްޓްރޫމަންޓް ރޭޓިންގ އިންސްޓްރަކްޓަރުންގެ ކޯސްތައް ހިމެނެ އެވެ.

Advertisement - newsAdvertisement

އޭޓީއޯ ހުއްދައިގެ އިތުރުން، ސްލޮވީނިއާގެ މަރިބޯގައި ހުންނަ އޭސީސީގެ ފްލައިޓް ސިމިއުލޭޝަން ޓްރޭނިންގ ޑިވައިސްއަށް ވެސް އެމްސީއޭއޭ އިން ވަނީ ކޮލިފިކޭޝަން ސެޓްފިކެޓެއް ދޫކޮށްފައެވެ. "އެއަރޕްލޭން އެފްއެންޕީޓީ ލެވެލް 2" ގެ ފެންވަރުގައި ކަނޑައަޅާފައިވާ މި ސިމިއުލޭޓަރަކީ އާންމު މަލްޓި-އިންޖީން ޕިސްޓަން މަތިންދާބޯޓެއް ރަމްޒުކޮށްދޭ ވަސީލަތެކެވެ. އަދި މި ވަސީލަތަކީ އެމްސީއޭއޭ އިން ހުއްދަ ދީފައިވާ ތަމްރީނު ކޯސްތަކުގައި ބޭނުންކުރުމަށް ފާސްކޮށްފައިވާ ސިމިއުލޭޓަރެކެވެ.

މި ކާމިޔާބީއާ ގުޅިގެން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފްލައިޓް އޮޕަރޭޝަންސް އިންސްޕެކްޓަރ އަބްދުﷲ ބާގިރު ވަނީ އޭސީސީގެ ޓީމަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ފޮނުއްވި މެސެޖުގައި ވިދާޅުވީ، މި ހުއްދަ ހޯދުމުގެ މަރުހަލާގެ ކޮންމެ މަރުހަލާއެއްގައިވެސް އެ ސެންޓަރުގެ މުވައްޒަފުން ދެއްކި ފަންނީ ގާބިލުކަމާއި، ކަންކަމަށް ދެއްވި އަވަސް އިޖާބަ ފާހަގަކޮށް އުފާކުރައްވާ ކަމަށެވެ.

މި ހުއްދައާއެކު، އޭސީސީ ވެގެން ގޮސްފައިވަނީ ސްލޮވީނިއާގައި ގާއިމުވެފައިވާ، ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ގަބޫލުކުރާ ތަމްރީނުދޭ މަރުކަޒަކަށެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އުސޫލުތަކުގެ ދަށުން ޕައިލެޓްކަމުގެ ސަނަދު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ތަފާތު ތަމްރީނުތަކުގެ ފުރުސަތުތައް ފަހިވެގެންދާނެ އެވެ.

މި ހުއްދަ ހޯދުމުގެ މަރުހަލާގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދިން އެއްބާރުލުމަށް އޭސީސީން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި މި ކާމިޔާބީ ހާސިލުކުރުމުގައި އެ ސެންޓަރުގެ އިންސްޓްރަކްޓަރުންނާއި، މެނޭޖްމަންޓާއި، އެހީތެރި މުވައްޒަފުން އަދާކުރި މުހިންމު ދައުރު އެ ސެންޓަރުން ފާހަގަކުރެ އެވެ.

މަސްދަރު: އޭވިއޭޝަން ކެރިއަރ ސެންޓަރ

އޭވިއޭޝަން ކެރިއަރ ސެންޓަރުމޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީޕައިލެޓް ޓްރެއިނިންގރާއްޖެ-ސްލޮވޭނިއާ

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

4

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

5

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ސްޕެއިންގެ "ފްލައިބައި" އެކެޑަމީގެ ބޯޓެއް ވެއްޓި ދިވެހި ޕައިލެޓަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

17 އޯގަސްޓު 2026
ސްޕެއިންގެ "ފްލައިބައި" އެކެޑަމީގެ ބޯޓެއް ވެއްޓި ދިވެހި ޕައިލެޓަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ
22 ޖުލައި 2026

ސްލޮވޭނިއާގެ އައު ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ސްލޮވޭނިއާގެ އައު ސަފީރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
02 އެޕްރީލު 2026

ކުޅުދުއްފުށީގެ އެއާރޕޯޓް ސަރަހައްދުގެ ގޯތިތައް އިމާރާތްކުރުމަށް ދިމާވެފައިވާ މައްސަލައަށް ރިލޮކޭޝަން ޕްލޭނެއް އެކުލަވާލާނަން: ރޯޒޭ

02 އެޕްރީލު 2026
ކުޅުދުއްފުށީގެ އެއާރޕޯޓް ސަރަހައްދުގެ ގޯތިތައް އިމާރާތްކުރުމަށް ދިމާވެފައިވާ މައްސަލައަށް ރިލޮކޭޝަން ޕްލޭނެއް އެކުލަވާލާނަން: ރޯޒޭ
15 އެޕްރީލު 2025

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

15 އެޕްރީލު 2025
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް