Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ ޝަރީފް

އަޅުގަނޑު ފެނަކައަށް އައީ ދޮޅުއަހަރު ދުވަހަށް، ކުރިއަށް އޮތް ހަތަރު މަސް ތެރޭ އެހެން ދިމާއަކަށް ދާނަން: ޝަރީފް

ފެނަކައާ ހަވާލުވީ 380 ކަމަށް ޓާގެޓް ކޮށްގެން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2017 | ހޮނިހިރު 09:24
ފެނަކައިގެ އެމްޑީ ޝަރީފް

ފެނަކައިގެ އެމްޑީ ޝަރީފް

ފެނަކަ ކޯޕްރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެގީ ދޮޅު އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު މަސް ތެރޭގައި އެހެން ދިމާއަކަށް ދާނެ ކަމަށް ފެނަކަ ކޯޕްރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ މިދިޔަ ހަފްތާ ތެރޭގައި ފެނަކައިގެ މުއައްޒަފުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މީޑިއާ އަށް ދައުވަތު ނުދީ ބޭއްވި އެ ބައްދަލުވުން ކުރިއަށް ދިޔައީ ސްޓްލެކޯގައެވެ. އަދި އެ ބައްދަލުވުމުގައި ޝަރީފް ދެއްކެވި ވާހަކައިގެ އޯޑިއޯއެއް ރާއްޖެއެމްވީ އަށް ވަނީ ލިބިފައެވެ. އެ އޯޑިއޯއަކީ ސައްހަ އޯޑިއޯއެއްކަން ޝަރީފް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝަރީފް ވިދާޅުވީ އޭނާ ފެނަކައިގެ އެމްޑީގެ މަގާމަށް އައީ ދޮޅު އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއިމިވާހަކަ މިހާތަނަށް އެއްވެސް މީހެއް ކައިރީ ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެހެން އެސައިމެންޓަކާ ހަވާލުވެވަޑައިގެންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް މިހާރު ލިބިވަޑައިގެންފައިވާ ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ހަތަރުވަރަކަށް މަސް ތެރޭގައި އެހެން ދިމާއަކަށް ދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ހަވާލުވާން ޖެހޭ "އެސައިންމެންޓަކީ" އަދި ކޮބައިކަމެއް ޝަރީފް ވިދާޅުވިއެވެ.

ފެނަކައާ ހަވާލުވެވަޑައިގަތުމަށް ފަހު ހާސިލްކުރައްވަން ބޭނުންފުޅުވި ކަންތައްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އޭނާ ފެނަކައާ ހަވާލުވީ 380 ކަމެއް ކުރަން ޓާގެޓް ކޮށްގެން ކަމަށާއި އޭގެ ތެރެއިން 300 ކަމެއް ހާސިލް ކުރެވިފައިވާ ކަމަކަމަށެވެ.

އޭގެ ތަފްސީލް ދެއްވަމުން ޝަރީފް ވިދާޅުވީ ފެނަކައާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ފެނަކަ ކުންފުންޏާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރުން ކަމަށެވެ. އަދި އެކަމުގެ ވަރަށް ބޮޑު ބައެއް ހާސިލް ކުރެވިފައިވާކަން ގަބޫލު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް ވުރެ ފެނަކަ ކޯޕްރޭޝަން ކުންފުންޏެއްގެ ގޮތުގައި މާރަނގަޅަށް މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އޭނާ ބޭނުންވާ މިންވަރަށް އަދިވެސް ކުންފުނީގެ ކަންކަން ކުރިއަށް ނުދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭ ފެނަކައިގެ ހިންގުމަށް އައިސްފައިވާ ބަދަލު ސީދާކޮށް ބަލާ ބަޔަކަށް ނުފެނި ހިނގައިދާނެ ކަމަށާއި ސަބަބަބަކީ ފަނަކަ އަށް އައިސްފައިވާ ބަދަލުތަކަކީ ސީދާ ގޮތުން އައިސްފައިވާ ނުވަތަ ގެނސްފައިވާ ބަދަލުތަކަކަށް ނުވާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ފެނަކައިން ދެމުންދާ ޚިދުތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފެނަކައިގެ މުއައްޒަފުން މަސައްކަތަށް އިތުރު ވަގުތު ދޭން ޖެހޭ ކަމަށެވެ. އެގިތުން އޮފީހަށް އައުމަށް ފަހު ސޮއި ކުރުމަށް ފަހު ގިނަ ވގުތު ބޭރުގައި އުޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި އެފަދަ ކަންކަމަށް ޖާގަ ނުދެއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެދި އެއީ އޭނާ ވެސް އަމަލު ކުރާ ގޮތް ނޫން ކަމަށާއި އެހެން ކަމުން އެގޮތަށް އަމލު ކުރުމުގެ ފުރުސަތު ފެނަކައިގެ މުއައްޒަފުންނަށް ވެސް ނުދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އޮފީހުގައި ނުވަތަ އޮފީސް މާހައުލުގައި ގިނަ ވގުތު މަސައްކަތް ކުރުމަކީ ފެނަކައިގެ މުއައްޒަފުންގެ މެދުގައި އަށަގަންނުވަން ބޭނުންވާ އާދައެއް ކަމަށާއި އަދި އެއީ ފެނަކައިގެ ސަގާފަތެއް ކަމަށް ހަދަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެއީ އަހަރު ދުވަހުން ވާނެ ކަންތައްތަކެއް ނޫން ކަމަށް ޗަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ ފެނަކައާ ހަވާލު ވުމަށް އޭނާ ހާސިލް ކުރަން ބޭނުންވި ނުވަތަ ކުރަން ބޭނުންވި އެއް ކަމަކީ ފަނަކައަކީ ފައިދާވާ ފައިދާ ބޮޑު ކުންފޫންޝަކަށް ހެދުމަށް ކަމަށެވެ. ނަމަވެސް އެކަން މިވަގުތު ކުރެވެން ނެތް ކަމަށާއި ފެނަކައަކީ ފައިދާ ބޮޑު ކުންފުންޏަކަށް ހެދުމަށް އިތުރު ފަސް އަހަރު ބޭނުންވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް މިވަގުތު ކުންފުނީގެ ހާލަތަށް ބަލާއިރު ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ނުހެދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި

ބެލެނިވެރިން ސްކޫލުތަކަށް ކުދިން ނުފޮނުވާތީ، ބައެއް ސްކޫލްތައް އިތުރު ތިން ދުވަހަށް ބަންދުކޮށްފި

27 މާރިޗު 2017
ސްކޫލުތަކުގެ ހާޒިރީ އާދިއްތަ ދުވަހަށް ވުރެ ވެސް ހޯމަ ދުވަހު މަދު!

ސްކޫލުތަކުގެ ހާޒިރީ އާދިއްތަ ދުވަހަށް ވުރެ ވެސް ހޯމަ ދުވަހު މަދު!

27 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު