Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރިންސަސް ޑަޔާނާ

ޑަޔާނާގެ މަތިން "މާ ގިނަ ދުވަސްތަކެއް ނުވެ ހަނދާން ނެތިދާނެ" ކަމަށް، އެކަމާނާ އަވަހާރަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަސްގެފާނު ޗާލްސް ވިދާޅުވި: ޑަޔާނާގެ ކޮއްކޯފުޅު

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 11:03

ޕްރިންސަސް ޑަޔާނާގެ ޖަނާޒާގެ ކަންކަމާ ގުޅޭގޮތުން ރަސްގެފާނު ޗާލްސްއާ ދެމެދު ހިނގި ހޫނު ބަހުސްތަކެއްގެ ތަފުސީލު، ޑަޔާނާގެ ކޮއްކޯފުޅު ޗާލްސް ސްޕެންސަރ ނެރުއްވާ އާ ފޮތެއްގައި ވަނީ ހާމަކުރައްވާފައި. މި ތުހުމަތުތަކާ ގުޅިގެން ބަކިންގްހަމް ޕެލަސްއިން ބުނީ، މިއީ އާއިލާގެ މެންބަރަކު ވަކިވުމުން ލިބޭ ފުން ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް އަންނަ ބަދަލެއް ކަމަށް ބެލެވޭ ކަމަށް. އަންނަ ހަފުތާގައި ނެރޭ މި ފޮތުގައި ޝާހީ އާއިލާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވޭ

ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 11:03
ވޭލްސްގެ އަމީރާ، ޕްރިންސަސް ޑަޔާނާ ނިއުޒީލެންޑްގެ ވެލިންގްޓަނަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން.

ވޭލްސްގެ އަމީރާ، ޕްރިންސަސް ޑަޔާނާ ނިއުޒީލެންޑްގެ ވެލިންގްޓަނަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން. | ގެޓީ އިމޭޖަސް

ޕްރިންސަސް ޑަޔާނާގެ މަތިން "މާ ގިނަ ދުވަސްތަކެއް ނުވެ ހަނދާން ނެތިދާނެ" ކަމަށް، އެކަމަނާ އަވަހާރަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ރަސްގެފާނު ޗާލްސް ވިދާޅުވި ކަމަށް ޑަޔާނާގެ ކޮއްކޯފުޅު ޗާލްސް ސްޕެންސަރ ތުހުމަތު ކުރައްވައިފި އެވެ. ޑެއިލީ މެއިލް ނޫހުން ބުދަ ދުވަހު ޝާއިއުކުރި ސްޕެންސަރގެ އާ ފޮތުގެ ބައެއްގައި މިކަން ވަނީ ހާމަކޮށް ފައެވެ.

ސްޕެންސަރ ވިދާޅުވި ގޮތުގައި، ޕްރިންސަސް ޑަޔާނާގެ ޖަނާޒާގެ އިހުތިރާމުގެ ހިނގާލުމުގައި ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ ބައިވެރިކުރުވަން ޑަޔާނާ ބޭނުންފުޅު ނުވާނެ ކަމަށް އޭނާ ވިދާޅުވުމުން، އޭރުގެ ޕްރިންސް އޮފް ވޭލްސް (މިހާރުގެ ރަސްގެފާނު ޗާލްސް) ފޯނުން ގުޅުއްވައި ވަރަށް ބޮޑަށް ކޯފާވެ، ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

ޕްރިންސަސް އޮފް ވޭލްސް، ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރުގެ އޯގަސްޓް މަހު ފަރަންސޭސިވިލާތުގެ ޕެރިހުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ލިބުނު އެތެރެހަށީގެ އަނިޔާތަކާ ގުޅިގެންނެވެ. އެކަމަނާ އަވަހާރަވި އިރު އުމުރުފުޅުން 15 އަހަރާއި 12 އަހަރުގެ ދެ ބޭފުޅުން ކަމަށްވާ ވިލިއަމް އާއި ހެރީ، އޭގެ މަދު ދުވަސްކޮޅެއް ފަހުން ބޭއްވި ޖަނާޒާގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތެވެ.

ސްޕެންސަރ ކުރެއްވި މި ތުހުމަތުތަކަށް ބަކިންގްހަމް ޕެލަސްއިން ވަނީ ރައްދު ދީފަ އެވެ. ރަސްގެފާނުގެ ފަރާތްޕުޅުން ނެރުނު ވަރުގަދަ ބަޔާނެއްގައި ބުނެފައިވަނީ، ސްޕެންސަރގެ މި ވާހަކަތަކަކީ އޭނާއަށް ލިބިފައިވާ ފުން ހިތާމައިގެ ސަބަބުން އައިސްފައިވާ ބަދަލުތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

ޝާހީ ގަނޑުވަރުގެ ތަރުޖަމާނަކު ނެރުއްވި ބަޔާނުގައި ވިދާޅުވީ، އާންމު އުސޫލެއްގެ ގޮތުން ފޮތްތަކާ ގުޅޭގޮތުން ގަނޑުވަރުން އެއްޗެއް ނުބުނި ނަމަވެސް، އާއިލާގެ މީހަކު ވަކިވެދިއުމުން ލިބޭ ހިތާމައިގެ ސަބަބުން، ކަންކަން ނިންމުމުގައާއި ހަނދާންތައް ހުންނަ ގޮތަށް ބަދަލު އަތުވެދާނެކަން ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެފަދަ ހިތާމައެއްގެ ސަބަބުން ގިނަ އަހަރުތަކެއް ފަހުން ވެސް ކަންކަން ފެންނަ ގޮތް ތަފާތުވެދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ސްވޯން ސޯންގް" ނަމަކަށް ކިޔާ މި ފޮތް އަދި ނެރެފައި ނުވި ނަމަވެސް، ފޮތް ޕަބްލިޝްކުރާ ޕެންގުއިން ރެންޑަމް ހައުސްގެ ތަރުޖަމާނަކު ވަނީ ނޫސްތަކުގައި ޝާއިއުކޮށްފައިވާ ބައިތަކަކީ ސައްހަ ބައިތަކެއްކަން ސީއެންއެން އަށް ކަށަވަރުކޮށްދީފަ އެވެ. ޑެއިލީ މެއިލްއިން ބުނާ ގޮތުގައި، "އެކްސްޕްލޯސިވް" މައުލޫމާތު ހިމެނޭ މި ފޮތުގެ ބައިތައް ޝާއިއުކުރުމުގެ ހާއްސަ ހުއްދަ އެ ނޫހަށް ވަނީ ލިބިފަ އެވެ.

އަންނަ ހަފުތާގައި ނެރުމަށް ހަމަޖެހިފައިވާ މި ފޮތުގައި ސްޕެންސަރ ވަނީ ޝާހީ އާއިލާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ދުވަސްވަރު ހިނގި ފޯނު ކޯލުގެ ތަފުސީލުތައް ލިޔުއްވާފަ އެވެ.

ސްޕެންސަރ ލިޔުއްވާފައިވާ ގޮތުގައި، އޭނާ އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނަވަނިކޮށް ޕްރިންސް ޗާލްސް ވަރަށް ބޮޑަށް ކޯފާވެ ހުންނަވައި ވާހަކަދެއްކެވި އެވެ. އަދި ވާހަކަދައްކަވަމުން ގޮސް ކުއްލިއަކަށް ހުއްޓާލެއްވުމަށްފަހު، ޑަޔާނާއާ މެދު އޮތް ނުރުހުމާއި، ޑަޔާނާ އަވަހާރަވުމުން މުޅި ދުނިޔެ އެކަމާ ހިތާމަކުރާތީ ލިބުނު ސިހުން ފާޅުކުރެއްވި ކަމަށް ސްޕެންސަރ ވިދާޅުވި އެވެ.

"ޔަގީންކުރައްވާ، މާ ގިނަ ދުވަސްތަކެއް ނުވެ އަހަރެމެން އޭނާގެ މަތިން ހަނދާން ނައްތާލާނަން،" ޗާލްސް ވިދާޅުވި ކަމަށް ސްޕެންސަރ ލިޔުއްވާފައިވެ އެވެ. ސްޕެންސަރ ވިދާޅުވީ އެ ވާހަކަ ގަބޫލުކުރަން ދަތިވި ކަމަށާއި، އެހެން ވިދާޅުވުމުން ފޯނު ބޭއްވެވީ ކަމަށެވެ.

މަސްދަރު: ސީއެންއެން

ޕްރިންސަސް ޑަޔާނާކިންގް ޗާލްސްޗާލްސް ސްޕެންސަރ

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

24 ޖޫން 2026

އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް

24 ޖޫން 2026
އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް
29 އެޕްރީލު 2026

އީރާން އަށް ނިއުކްލިއާ ޕްރޮގްރާމްގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިނގިރޭސި ރަސްގެފާނު ވެސް އެއްބަސްވޭ: ޓްރަމްޕް

29 އެޕްރީލު 2026
އީރާން އަށް ނިއުކްލިއާ ޕްރޮގްރާމްގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިނގިރޭސި ރަސްގެފާނު ވެސް އެއްބަސްވޭ: ޓްރަމްޕް
20 ފެބުރުއަރީ 2026

އެންޑްރޫ އަށް ރަސްކަމުގެ ތަޚުތަށް އިސްވުމުގެ ފުރުސަތު މުޅިން ބަންދުވާ ގާނޫނެއް ތައާރަފް ކުރަނީ

20 ފެބުރުއަރީ 2026
އެންޑްރޫ އަށް ރަސްކަމުގެ ތަޚުތަށް އިސްވުމުގެ ފުރުސަތު މުޅިން ބަންދުވާ ގާނޫނެއް ތައާރަފް ކުރަނީ
19 ފެބުރުއަރީ 2026

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕްރިންސް އެންޑްރޫ ދޫކޮށްލައިފި

19 ފެބުރުއަރީ 2026
މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕްރިންސް އެންޑްރޫ ދޫކޮށްލައިފި
18 ޖުލައި 2023

ޕްރިންސަސް ޑަޔާނާ ތުރުކުރެއްވި ސުވެޓަރެއް 80،000 ޑޮލަރަށް ނީލަންކިޔަނީ

18 ޖުލައި 2023
ޕްރިންސަސް ޑަޔާނާ ތުރުކުރެއްވި ސުވެޓަރެއް 80،000 ޑޮލަރަށް ނީލަންކިޔަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް