Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕްރިންސަސް ޑަޔާނާ

ޕްރިންސަސް ޑަޔާނާ ތުރުކުރެއްވި ސުވެޓަރެއް 80،000 ޑޮލަރަށް ނީލަންކިޔަނީ

މި ސުވެޓަރުގެ ނީލަން ފެށުމުން، އޭގެ އަގު އިތުރަށް މައްޗަށް އުފުލިގެންދާނެ ކަމަށް ބެލެވޭ

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު, ރާއްޖެ އެމްވީ | 18 ޖުލައި 2023 | އަންގާރަ 14:19
ޕްރިންސަސް ޑަޔާނާ

ޕްރިންސަސް ޑަޔާނާ

އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާރލްސް-3 ގެ ފުރަތަމަ އަނބިކަނބަލުން ޕްރިންސަސް ޑަޔާނާ ތުރުކުރެއްވި ފިނިއިރުލާ "ޖަމްޕަރ"، ނުވަތަ ވިޔުނު ސުވެޓަރެއް 80،000 ޑޮލަރަށް ނީލަން ކިޔަން ތައްޔާރުވެއްޖެ އެވެ.

މި ސުވެޓަރަކީ "ވޯރމް އެންޑް ވޮންޑަރފުލް" ކިޔާ ފޭރާން ފަރުމާކުރާ ލޭބަލަކުން ހަދާފައިވާ، ހުދު ކަންބަޅިބަކަރިތަކެއްގެ ތެރޭގައި ކަޅު ކަންބަޅިއެއް ޖެހި، ވިޔުނު ފޭރާމެކެވެ. ޑަޔާނާ މި ސުވެޓަރު ތުރުކުރައްވާފައިވަނީ 1981 ވަނަ އަހަރުގެ ޖޫން މަހު، ރަސްގެފާނު ޗާރލްސް ބައިވެރިވެވަޑައިގެންނެވި ޕޯލޯ މެޗެއް ބައްލަވަން ވަޑައިގެންނެވިއިރު އެވެ. އެ ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތީ އޭގެ އެއްމަސްދުވަސް ފަހުންނެވެ.

"ވޯރމް އެންޑް ވޮންޑަފުލް" ކުންފުނީގެ ކޯފައުންޑަރ ޖޮއެނާ އޮސްބޯން ބުނީ ޑަޔާނާ ތުރުކުރެއްވި އެ ސުވެޓަރު ފެނިފައިވަނީ މި އަހަރު މާރޗްމަހުގެ ތެރޭގައި އެ ކުންފުނީގެ ގުދަނަކުން ކަމަށެވެ. އަދި ވިޔުނު އެ ހެދުންކޮޅަކީ އޭގެ އަތުކުރި ހަލާކުވެގެން އެތަން ހެދުމަށް އަނބުރާ ފޮނުވާލެވުނު އެއްޗެއް ކަމަށާއި، އޭގެ ތިން މަސް ފަހުން ހަމައޭގެ މުޅިން އައު ސުވެޓަރެއް ޑަޔާނާއަށް ފޮނުވައިދިން ކަމުގައި ވެސް އޮސްބޯން ބުންޏެވެ. އަދި އެ ސުވެޓަރު ގަތުމާއި، ބަދަލުކުރުމުގައި އެ ކުންފުންޏަށް ޑަޔާނާގެ ޕްރައިވެޓް ސެކެޓްރީ ލިޔުނު 2 ސިޓީއެއް ވެސް ނީލަން ކިޔާނެކަމުގައި ވެސް އޮސްބޯން ބުންޏެވެ.

މި ވިޔުނު ސުވެޓަރަކީ ތިން އަހަރު ދުވަހުގެ ތެރޭގައި އެކި ފަހަރުމަތިން ޑަޔާނާ ތުރުކުރެއްވި ސުވެޓަރެއްކަމުން، މިއީ ޑަޔާނާ ވަރަށް ހިތްޕުޅާވި ހެދުންކޮޅެއް ކަމަށް ޤަބޫލުކުރެވެއެވެ.

އެހެންކަމުން، މި ސުވެޓަރުގެ ނީލަން ފެށުމުން، އޭގެ އަގު އިތުރަށް މައްޗަށް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ.

މި އަހަރުގެ ކުރީކޮޅު ބޭއްވި ނީލަމެއްގައި ޕްރިންސަސް ޑަޔާނާ ތުރުކުރެއްވި ހަވީރީ ހެދުމެއް ވަނީ 6 ލައްކަ ޑޮލަރަށް ވިކިފައެވެ. އަދި އެއީ ނީލަން ފެށުނު އަގަށްވުރެ ފަސްގުނަ އިތުރު އަދަދެއްކަމަށް ޚަބަރުތައް ބުނެއެވެ.

ޕްރިންސަސް ޑަޔާނާ ވަނީ އެކަމަނާ ވަޑައިގެންނެވި ރަސްމީ އަދި ނުރަސްމީ އެކި ހަފްލާތަކަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު، ތަފާތު ފަރުމާގެ ހެދުންތައް ތުރުކުރައްވާފައެވެ. އަދި އެކަމަނާ ވެގެން ގޮސްފައިވަނީ ފެޝަން "އައިކަން" އަކަށެވެ.

"ޕީޕަލްސް ޕްރިންސަސް" ގެ ލަޤަބު ވެސް އެރުވިފައިވާ އިނގިރޭސިވިލާތުގެ ޕްރިންސަސް ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު، އެކަމަނާ އިންނެވި ކާރުކޮޅު އެކްސިޑެންޓުވެ، ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެކަމަނާ މި ދުނިޔެ ދޫކުރެއްވިތާ 25 އަހަރު ވެފައިވީ ނަމަވެސް، އެކަމަނާގެ ހަނދާތަކަށް ބަދަލެއް ނާދެއެވެ.

ޕްރިންސަސް ޑަޔާނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިންސް ހެރީގެ އައު ސިލްސިލާގައި ޑަޔާނާގެ ޖަނާޒާގެ މަންޒަރެއް

ޕްރިންސް ހެރީގެ އައު ސިލްސިލާގައި ޑަޔާނާގެ ޖަނާޒާގެ މަންޒަރެއް

17 މެއި 2021
އިނގިރޭސި ޝާހީ ޢާއިލާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅު އެންމެންގެ ސަމާލުކަމަށް!

އިނގިރޭސި ޝާހީ ޢާއިލާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅު އެންމެންގެ ސަމާލުކަމަށް!

18 އޮކްޓޯބަރު 2019
ޕަޕަރާޒީންގެ ކިބައިން ހިމާޔަތް ނުލިބޭހާ ހިނދަކު، ޑަޔާނާ ފަދައިން އެހެން މީހަކު މަރުވަންދެން ތިބެންވީތަ: ސްކާލެޓް ޖޮހާންސަން

ޕަޕަރާޒީންގެ ކިބައިން ހިމާޔަތް ނުލިބޭހާ ހިނދަކު، ޑަޔާނާ ފަދައިން އެހެން މީހަކު މަރުވަންދެން ތިބެންވީތަ: ސްކާލެޓް ޖޮހާންސަން

10 އެޕްރީލު 2019

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު