Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮސޮވޯ

ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީއަށް 25 އަހަރުގެ ޖަލު ހުކުމެއް

16 ސެޕްޓެމްބަރު 2026 | ބުދަ 15:01

ކޮސޯވޯގެ މިނިވަންކަމުގެ ހަނގުރާމައިގައި ހިންގި ޖަރީމާތަކާ ގުޅިގެން، އެ ގައުމުގެ ކުރީގެ ރައީސް ހާޝިމް ތާޗީއާއި އިތުރު ތިން ކޮމާންޑަރަކު ޖަލަށްލުމަށް ނެދަލޭންޑްސްގެ ހޭގްގައި ހުންނަ ޚާއްޞަ ކޯޓުން ހުކުމްކޮށްފި. މި ހުކުމްތަކާ ގުޅިގެން ކޮސޯވޯގެ ސިޔާސީ މަސްރަޙު ހަލަބޮލިވެފައިވާއިރު، ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ހަމައެކަނި އެއް ނަސްލަކަށް އަމާޒުކޮށްގެން ނިންމާފައިވާ ބޭއިންސާފު ނިންމުމެއް

ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2026 | ބުދަ 15:01
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ ޕްރިސްޓީނާގައި

ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ ޕްރިސްޓީނާގައި | ގެޓީ އިމޭޖަސް

ސާބިއާގެ ކިބައިން މިނިވަންވުމަށް ކޮސޯވޯއިން ކުރި ހަނގުރާމައިގެ ދުވަސްވަރު ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ހަތަރު ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި، ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީގެ މައްޗަށް ކޮސޯވޯ ވޯ ކްރައިމްސް ޓްރައިބިއުނަލުން ހުކުމް އިއްވައިފި އެވެ.

އުމުރުން 58 އަހަރުގެ ތާޗީގެ މައްޗަށް ބުދަ ދުވަހު އިއްވި 25 އަހަރުގެ ޖަލު ހުކުމަކީ، 1990 ގެ އަހަރުތަކުގައި ސާބިއާގެ ކިބައިން ވަކިވުމަށް ހިންގި ހަމަނުޖެހުންތަކުގައި، އެތްނިކް އަލްބޭނިއަން ކޮސޯވޯ ލިބަރޭޝަން އާމީ (ކޭ.އެލް.އޭ) ގެ އިސް ކޮމާންޑަރުގެ މަގާމުގައި ހުންނަވައިގެން މީހުން މެރުމާއި، އަނިޔާކުރުމާއި އަދި ޣައިރު ގާނޫނީ ގޮތުން މީހުން ބަންދުކުރުން ފަދަ ޖަރީމާތައް ހިންގާފައިވާތީ އިއްވި ހުކުމެކެވެ.

Advertisement - worldAdvertisement

ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ކޮސޯވޯ ސްޕެޝަލިސްޓް ޗޭމްބާސް (ކޭ.އެސް.ސީ) އިން ބުނި ގޮތުގައި، ހަނގުރާމައިގެ ދުވަސްވަރު ސިޔާސީ ގޮތުން އިދިކޮޅު 96 މީހަކާއި، ސާބިއާގެ ސަލާމަތީ ބާރުތަކަށް އެހީތެރިވާކަމަށް ތުހުމަތުކުރެވުނު ބަޔަކު ކޭ.އެލް.އޭ އިން މަރާލި މައްސަލައިގައި ތާޗީ ކުށްވެރިވާކަން ވަނީ ސާބިތުވެފަ އެވެ.

ނަމަވެސް، ތާޗީ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކަކަށް އިންކާރު ކުރައްވާފަ އެވެ.

ފަނޑިޔާރު ޗާލްސް ސްމިތު ހުކުމް އިއްވަވަމުން ގެންދެވިއިރު، ސޫޓާއި ޓައީ އަޅުއްވައިގެން ހުންނެވި ތާޗީ ހުންނެވީ އެއްވެސް ބަހެއް ވިދާޅުނުވެ ހިމޭނުންނެވެ.

ތާޗީގެ އިތުރުން، ކޭ.އެލް.އޭގެ ކުރީގެ އިސް ތިން ކޮމާންޑަރެއްގެ މައްޗަށް ވެސް އެކި ދައުވާތަކުގައި ވަނީ ހުކުމް އިއްވާފަ އެވެ.

މިގޮތުން ޔައުގޫބް ކްރަސްނީގީ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، ގަދްރީ ވެސޭލީގެ މައްޗަށް ވަނީ ބަންދުގައި ހޭދަކުރި މުއްދަތާއެކު 18 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި ރެޖެޕް ސެލީމީގެ މައްޗަށް އިއްވީ ބަންދުގައި ހޭދަކުރި މުއްދަތާއެކު 13 އަހަރުގެ ޖަލު ހުކުމެކެވެ.

ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހަތަރު ފަރާތައް ވެސް މި ހުކުމް އިސްތިއުނާފު ކުރުމުގެ ހައްގު ލިބިގެންވެ އެވެ. ނަމަވެސް، އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ހަ ދައުވާއަކުން މި ހަތަރު މީހުން ވަނީ ބަރީއަވެފަ އެވެ. އެއީ އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ފުޅާ ދާއިރާއެއްގައި ނިޒާމީ ގޮތެއްގައި ހަމަލާތަކެއް ދީފައިވާކަން ސާބިތުކޮށްދިނުމަށް ޕްރޮސިކިއުޓަރުން ނުކުޅެދުމުން ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

ކޮސޯވޯއަށް ލިބުނު ގެއްލުމެއް

1998 އިން 1999 އަށް ކުރި މިނިވަންކަމުގެ ހަނގުރާމައިގައި ކޭ.އެލް.އޭ އާއި ތާޗީ އަދާކުރެއްވި ދައުރުގެ ސަބަބުން، ކޮސޯވޯގެ ގިނަ އަލްބޭނިއަނުން އޭނާ ދެކެނީ ބަތަލެއްގެ ގޮތުގަ އެވެ. އެހެންކަމުން މި ޝަރީއަތަކީ ކޮސޯވޯގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މައްސަލައެކެވެ.

ކޮސޯވޯގެ ފޮރިން މިނިސްޓަރު ގްލައުކް ކޮންޖުފްކާ މި ހުކުމް ކުށްވެރިކުރައްވަމުން ވިދާޅުވީ، މިއީ "ބިރުވެރި އަދި ކޮސޯވޯއަށް ލިބުނު ބޮޑު ގެއްލުމެއް" ކަމަށެވެ.

ކޭ.އެލް.އޭ ފުރަތަމަ ފެންމަތިވީ 1990 ގެ މެދުތެރޭގައި ނަމަވެސް، އެ ޖަމާއަތުގެ ހަތިޔާރު އެޅި ހަރަކާތްތައް ވަރުގަދަވީ 1997 އާއި 1998 ގަ އެވެ.

ސާބިއާގެ ބާރުތަކުން މީގެ ރައްދުގައި ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ހިންގި ބޮޑެތި އޮޕަރޭޝަންތަކާއެކު، 1999 ވަނަ އަހަރު މިއީ ފުރިހަމަ ހަނގުރާމައަކަށް ބަދަލުވި އެވެ. މި ހަނގުރާމައިގައި ގާތްގަނޑަކަށް 13,000 މީހުން މަރުވެ، އެތައް ލައްކަ ބަޔަކު ގެދޮރު ދޫކޮށް ދާންޖެހުނެވެ.

ހަނގުރާމައިގެ ދުވަސްވަރު ތާޗީ ހުންނެވީ ކޭ.އެލް.އޭގެ ސިޔާސީ އަދި މައުލޫމާތާ ބެހޭ ޑައިރެކްޓްރޭޓްގެ އެއް ވެރިޔާގެ ގޮތުގަ އެވެ. ހަނގުރާމަ ނިމުމުން އޭނާ ވަނީ ކޮސޯވޯގެ ބޮޑުވަޒީރުކަމާއި ފޮރިން މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި 2016 އިން 2020 އަށް ރައީސްކަން ކުރެއްވި އެވެ.

ޓްރައިބިއުނަލުން ތާޗީގެ މައްޗަށް ދައުވާ އުފުލުމާ ގުޅިގެން، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެ އަހަރުގެ ނޮވެމްބަރު މަހު ތާޗީއާއި ކުށް ސާބިތުވި އަނެއް ކޮމާންޑަރުން ވަނީ ދަ ހޭގްގެ ބަންދަށް ބަދަލުކޮށްފަ އެވެ.

ދަ ހޭގްގައި ހުރެ ރިޕޯޓްކުރަމުން އަލްޖަޒީރާގެ ރިޕޯޓަރު ބުނީ، މި ހުކުމްތައް އައިސްފައިވަނީ ކޮސޯވޯ "ސިޔާސީ ގޮތުން މަރުތަޅެއް" އެޅިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

"ޔޫރަޕިއަން ޔޫނިއަނާ ގާތް ގުޅުމެއް ބޭއްވޭނެ ފަދަ ހަމަޖެހޭ ސަރުކާރެއް ގާއިމުކުރުމަށް ތަކުރާރުކޮށް އިންތިހާބުތައް ބޭއްވިއްޖެ. ނަމަވެސް އެކަމަށް އެކި ހުރަސްތައް ކުރިމަތިވެ، ސަރުކާރެއް އެކުލަވާލުމުގައި ވަނީ ނުކުޅެދިފައި،" އޭނާ ބުންޏެވެ. "މި ހުކުމަކީ ގައުމުގެ ހަމަޖެހުމަށް ކުރާ ދަތުރުގައި ކުރިމަތިވާނެ އިތުރު ހުރަހަކަށް ވާނެ."

އަލްޖަޒީރާ އިން އިތުރަށް ބުނި ގޮތުގައި، ތާޗީއަކީ ބަތަލެއްގެ ގޮތުގައި ދެކޭ ކޮސޯވޯގެ ގިނަ އަލްބޭނިއަނުންނަށް މި ހުކުމަކީ "ހިތުގެ ފުންމިނަށް އަސަރުކުރުވި" ކަމެކެވެ.

"މި މައްސަލަ އަދި ނިމުމަކަށް އަންނާނެ ކަމަކަށް ނުބެލެވޭ. މި ހުކުމާ ގުޅިގެން ޕްރިސްޓީނާގައި ތިބި އެތައް ހާސް ކޮސޯވޯ އަލްބޭނިއަނުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ނުރުހުމެއް އަމާޒުވެފައި،" އަލްޖަޒީރާގެ ރިޕޯޓަރު ކިޔައިދިނެވެ. "ހާޝިމް ތާޗީއަކީ ހަމައެކަނި ކުރީގެ ރައީސެއް ނޫން، އެއީ ކޮސޯވޯ މިނިވަންކުރުމުގެ ރަމްޒެއް ކަމަށް ދެކޭ އަލްބޭނިއަނުންނަށް މިއީ ކިހާ ބޮޑު ނިންމުމެއްކަން ބަޔާންކޮށްދޭން ވެސް ދަތި."

ބަލްކަން އިންވެސްޓިގޭޓިވް ރިޕޯޓިން ނެޓްވޯކްގެ ޑައިރެކްޓަރު ޖެޓާ ޒާރާ އަލްޖަޒީރާއަށް ބުނީ، ކޯޓުތަކުން ހުރިހާ ކުށްތަކަކަށް އެއް ހަމައަކުން އިންސާފުކުރާ ތަނެއް ނުފެންނަ ކަމަށާއި، މިއަދަކީ ކޮސޯވޯގެ އަލްބޭނިއަން އަޣުލަބިއްޔަތަށް އިތުރު ބޭއިންސާފެއް ކުރިމަތިވި ދުވަހެއް ކަމަށެވެ.

"ސާބިއާގެ ބާރުތަކުން ވަނީ 10,000 އަށްވުރެ ގިނަ އާންމުން މަރާލާފައި. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން. ނަމަވެސް ސާބިއާ ސިފައިންގެ ގިނަ މީހުން މި ޖަރީމާތަކަށް ޒިންމާދާރެއް ނުކުރެވޭ. އެކަމަކު މިއަދު މި ފެންނަނީ ކޭ.އެލް.އޭގެ ހަތަރު މެންބަރަކަށް ވަރަށް ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވި ތަން،" އޭނާ ބުންޏެވެ.

ޒާރާ ބުނި ގޮތުގައި، ތަފާތު ނަސްލަކަށް ނިސްބަތްވީތީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި ދެކި، ހަނގުރާމައިގެ ކުރިން އެމީހުން ތަހައްމަލުކުރި ބިރުވެރިކަން ކޮސޯވޯގެ ރައްޔިތުން ހަނދާނެއް ނުނެތޭނެ އެވެ.

"މި ކޯޓަކީ ހަމައެކަނި އެއް ނަސްލެއްގެ ބަޔަކަށް، އެއީ ކޮސޯވޯ އަލްބޭނިއަނުންނަށް އަމާޒުކޮށްގެން ހިންގާ ކޯޓެއްގެ ގޮތުގައި ވަނީ ބެލެވިފައި. ހަނގުރާމައިގެ ހަގީގަތަކީ އެއީއެއް ނޫން. ގިނަ ޖަރީމާތައް ހިންގީ ސާބިއާގެ ބާރުތަކުން. ހުރިހާ އަނިޔާލިބޭ ފަރާތްތަކަށް އިންސާފު ލިބެންޖެހޭނެ، ނަމަވެސް މި ކޯޓުން މި ކަށަވަރުކޮށްދެނީ ހަމައެކަނި އެއް ފަރާތެއްގެ މައްޗަށް ޝަރީއަތް ހިންގާކަން،" އޭނާ އަލްޖަޒީރާއަށް ކިޔައިދިނެވެ.

ހާޝިމް ތާޗީކޮސޮވޯސާބިއާކޮސޯވޯ ލިބަރޭޝަން އާމީކޮސޯވޯ ވޯ ކްރައިމްސް ޓްރައިބިއުނަލްކޮސޯވޯ-ސާބިއާ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

3

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

4

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

5

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

ކޮސޯވޯގެ މަޖިލިސް ހޫނުވެ، އިދިކޮޅު މެމްބަރަކު ބޮޑު ވަޒީރުގެ ގަޔަށް ކުކުޅު ބިސް ޖަހައިފި

09 އޯގަސްޓު 2026
ކޮސޯވޯގެ މަޖިލިސް ހޫނުވެ، އިދިކޮޅު މެމްބަރަކު ބޮޑު ވަޒީރުގެ ގަޔަށް ކުކުޅު ބިސް ޖަހައިފި
22 ޖުލައި 2026

ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
28 ޖޫން 2026

ސާބިއާގެ ރައީސް ވޫޗިޗް އިސްތިއުފާ ދެއްވަން ނިންމަވައިފި

28 ޖޫން 2026
ސާބިއާގެ ރައީސް ވޫޗިޗް އިސްތިއުފާ ދެއްވަން ނިންމަވައިފި
28 މާރިޗު 2026

އޮޔާޒަބަލްގެ ދެ ލަނޑާ އެކު، ސްޕެއިން އިން ސާބިއާ ބަލިކޮށްފި

28 މާރިޗު 2026
އޮޔާޒަބަލްގެ ދެ ލަނޑާ އެކު، ސްޕެއިން އިން ސާބިއާ ބަލިކޮށްފި
22 ނޮވެމްބަރު 2025

ސާބިއާގެ ރައީސް ބޮސްނިޔާގައި "ސްނައިޕަރ ޓޫރިޒަމް" ހިންގި ކަމަށް ކުރާ ތުހުމަތު ދޮގުކުރައްވައިފި

22 ނޮވެމްބަރު 2025
ސާބިއާގެ ރައީސް ބޮސްނިޔާގައި "ސްނައިޕަރ ޓޫރިޒަމް" ހިންގި ކަމަށް ކުރާ ތުހުމަތު ދޮގުކުރައްވައިފި
29 ޖޫން 2025

ސަރުކާރާ ދެކޮޅަށް ސާބިއާ ގައި ހިނގަމުންދާ މުޒާހަރާ ތަކުގައި ހަމަ ނުޖެހުން ހިނގައިފި

29 ޖޫން 2025
ސަރުކާރާ ދެކޮޅަށް ސާބިއާ ގައި ހިނގަމުންދާ މުޒާހަރާ ތަކުގައި ހަމަ ނުޖެހުން ހިނގައިފި
13 އޮކްޓޯބަރު 2024

ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ

13 އޮކްޓޯބަރު 2024
ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ
26 ޖޫން 2024

ގްރޫޕްގެ ދެ ވަނަ ހޯދައި ޑެންމާކު ގަދަ 16 ވަނަ ބުރަށް

26 ޖޫން 2024
ގްރޫޕްގެ ދެ ވަނަ ހޯދައި ޑެންމާކު ގަދަ 16 ވަނަ ބުރަށް
23 މާރިޗު 2024

އަމީންގެ ރޯދަވީއްލުން ބިމުގެ 800 މީޓަރު އަޑީގައި!

23 މާރިޗު 2024
އަމީންގެ ރޯދަވީއްލުން ބިމުގެ 800 މީޓަރު އަޑީގައި!
04 ޖޫން 2023

ސަރބިއާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށް އެތައް ހާސް ބަޔަކު މަގުތައް މައްޗަށް

04 ޖޫން 2023
ސަރބިއާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށް އެތައް ހާސް ބަޔަކު މަގުތައް މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް