Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސާބިއާ

ސާބިއާގެ ރައީސް ވޫޗިޗް އިސްތިއުފާ ދެއްވަން ނިންމަވައިފި

ސަޕޯޓަރުންނާ މުޚާތަބު ކުރައްވަމުން ވޫޗިޗް ވިދާޅުވީ، އޭނާ ރައީސް ކަމުގެ މަޤާމުގައި ހުންނަވާނީ އެންމެ ދެތިން ހަފުތާއަކު ކަމަށާއި، އެއަށް ފަހު މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް. މިއީ ރައީސް ކަމުގެ ހައިސިއްޔަތުން އޭނާ ރައްޔިތުންނާ މުޚާތަބު ކުރައްވާ ފަހު ފަހަރަށް ވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2026 | އާދީއްތަ 06:37
ސާބިއާގެ ރައީސް އެލެގްޒެންޑަރ ވޫޗިޗް.

ސާބިއާގެ ރައީސް އެލެގްޒެންޑަރ ވޫޗިޗް. | ގެޓީ އިމޭޖަސް

ސާބިއާގެ ރައީސް އެލެގްޒެންޑަރ ވޫޗިޗް، ކުރިއަށް އޮތް މަދު ހަފުތާ ތަކެއްގެ ތެރޭގައި މަޤާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރައްވައިފި އެވެ.

ވޫޗިޗް މިކަން ހާމަ ކުރެއްވީ ހޮނިހިރު ދުވަހު އެ ޤައުމުގެ ވެރިރަށް ބެލްގްރޭޑްގައި ބޭއްވި ސަރުކާރަށް ތާއީދުކުރާ މީހުންގެ ބޮޑު އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ސަޕޯޓަރުންނާ މުޚާތަބު ކުރައްވަމުން ވޫޗިޗް ވިދާޅުވީ، އޭނާ ރައީސް ކަމުގެ މަޤާމުގައި ހުންނަވާނީ އެންމެ ދެތިން ހަފުތާއަކު ކަމަށާއި، އެއަށް ފަހު މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. މިއީ ރައީސް ކަމުގެ ހައިސިއްޔަތުން އޭނާ ރައްޔިތުންނާ މުޚާތަބު ކުރައްވާ ފަހު ފަހަރަށް ވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވި އެވެ. ވޫޗިޗްގެ މި ނިންމުމާ އެކު، ސާބިއާގައި ރިޔާސީ އިންތިޚާބު އަދި ބަރުލަމާނީ އިންތިޚާބު އަވަސް ވެގެންދާނެ އެވެ.

މަޤާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރެއްވި ނަމަވެސް، އިސްތިއުފާ ދެއްވާނެ ސީދާ ތާރީޚެއް ނުވަތަ އިންތިޚާބު ބާއްވާނެ ދުވަހެއް ވޫޗިޗް ހާމަ ކުރައްވާފައި ނުވެ އެވެ. ނަމަވެސް އޭނާ ނިސްބަތްވާ ކަނާއަތު ފިޔައިގެ ސާބިއަން ޕްރޮގްރެސިވް ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބުގައި އެހީތެރި ވެދެއްވާނެ ކަމަށާއި، ކުރިއަށް ވުރެ ފުރިހަމަ ކާމިޔާބީއެއް އެ ޕާޓީ އިން ހޯދާނެ ކަމަށް ވޫޗިޗް ވިދާޅުވި އެވެ.

ވޫޗިޗްގެ ރިޔާސީ ދެ ވަނަ ދައުރު ހަމަވާން އޮތީ 2027 ވަނަ އަހަރުގެ މެދު ތެރޭގައި އެވެ. ފާއިތުވި 14 އަހަރު ސާބިއާގެ ސަރުކާރު ކޮންޓްރޯލް ކުރަމުންދާ ޕޮޕިއުލިސްޓް ޕާޓީގެ ލީޑަރުގެ ގޮތުގައި ވޫޗިޗް ވަނީ ޤައުމުގެ ބާރުތައް އޭނާގެ މުށް ދަށަށް ގެންނަވާފައި އެވެ. ނަމަވެސް، ފާއިތުވި މަސް ތަކުގައި އޭނާގެ ސަރުކާރާ ދެކޮޅަށް ދަރިވަރުން އިސްވެ ތިބެ ކުރަމުންދާ މުޒާހަރާ ތަކުގެ ސަބަބުން ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފައި އެވެ.

ސާބިއާގައި ސަރުކާރާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި މުޒާހަރާ ކުރަން ފެށީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނޯވީ ސާޑް ރޭލްވޭ ސްޓޭޝަނުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި 16 މީހުން މަރުވުމާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވެ، އެތައް ހާސް ބަޔަކު މަގު ތަކަށް ނުކުމެ މުޒާހަރާ ކުރަން ފެށި އެވެ. މި މުޒާހަރާ ތަކުގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ހައްޔަރު ކޮށްފައިވާއިރު، ސާބިއާގެ ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރާ ކަމަށް ބުނެ ވިލާތުގެ އިއްތިހާދުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައި އެވެ.

މި މުޒާހަރާ ތަކުގެ ސަބަބުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭރުގެ ބޮޑު ވަޒީރު މިލޯސް ވޫޗެވިޗް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައި އެވެ. ވޫޗިޗް މީގެ ކުރިން ވަނީ މުޒާހަރާގެ ބައިވެރިންނަކީ ބޭރުގެ އެޖެންޓުން ކަމަށް ސިފަ ކުރައްވައި، އެމީހުން މަސައްކަތް ކުރަނީ ޤައުމު ބައިބައިކޮށް، ސަރުކާރު ވައްޓާލަން ކަމަށް ތުހުމަތު ކުރައްވާފައި އެވެ.

ސާބިއާގެ ރައީސް ވޫޗިޗްގެ އެއްވުމަށް ރައްދު ދިނުމުގެ ގޮތުން، ސާބިއާގެ މެދު ތެރޭގެ ރަށެއް ކަމަށްވާ ކްރަލްޖެވޯގައި އާދިއްތަ ދުވަހު ދަރިވަރުން އިސްވެ ބޮޑު އެއްވުމެއް ބޭއްވުމަށް ވަނީ ރާވާފައި އެވެ. މި އެއްވުމުގައި ޤައުމީ އެއްބައިވަންތަ ކަމަށް ގޮވާލުމުގެ އިތުރުން، އިންތިޚާބު އަވަސް ކުރުމަށް ކުރާ ޑިމާންޑުތައް އައު ކުރާނެ ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ސާބިއާއެލެގްޒެންޑަރ ވޫޗިޗްބެލްގްރޭޑްސާބިއަން ޕްރޮގްރެސިވް ޕާޓީމިލޯސް ވޫޗެވިޗްކްރަލްޖެވޯ

އިތުރަށް ކިޔާލަން

28 މާރިޗު 2026

އޮޔާޒަބަލްގެ ދެ ލަނޑާ އެކު، ސްޕެއިން އިން ސާބިއާ ބަލިކޮށްފި

މެޗުގެ ފުރަތަަމަ ހާާފުގައި ސްޕެއިން އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައި.

28 މާރިޗު 2026
އޮޔާޒަބަލްގެ ދެ ލަނޑާ އެކު، ސްޕެއިން އިން ސާބިއާ ބަލިކޮށްފި
22 ނޮވެމްބަރު 2025

ސާބިއާގެ ރައީސް ބޮސްނިޔާގައި "ސްނައިޕަރ ޓޫރިޒަމް" ހިންގި ކަމަށް ކުރާ ތުހުމަތު ދޮގުކުރައްވައިފި

ސާބިއާގެ ރައީސް ވޫޗިޗް ސާރޭވޯގެ ހަނގުރާމައިގެ ތެރޭގައި "ސްނައިޕަރ ޓޫރިޒަމް" ގައި ބައިވެރިވި ކަމަށްވާ ތުހުމަތުތައް ދޮގުކުރައްވައި، އެއީ އޭނާގެ އަދި ސާބިއާގެ އިތުބާރު ކުޑަކުރުމަށް ހާއްސަކޮށް ހަދާފައިވާ ނުބައި ރޭވުމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

22 ނޮވެމްބަރު 2025
ސާބިއާގެ ރައީސް ބޮސްނިޔާގައި "ސްނައިޕަރ ޓޫރިޒަމް" ހިންގި ކަމަށް ކުރާ ތުހުމަތު ދޮގުކުރައްވައިފި
29 ޖޫން 2025

ސަރުކާރާ ދެކޮޅަށް ސާބިއާ ގައި ހިނގަމުންދާ މުޒާހަރާ ތަކުގައި ހަމަ ނުޖެހުން ހިނގައިފި

މުޒާހަރާ ކުރާ މީހުން ވަނީ އަވަސް އިންތިޚާބަކަށް ގޮވާލައިފައެވެ. އަދި ރައީސް އަލެކްސަންޑަރ ވުޖިޗް ގެ 12 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ވެސް ގޮވާލާފައިވޭ

29 ޖޫން 2025
ސަރުކާރާ ދެކޮޅަށް ސާބިއާ ގައި ހިނގަމުންދާ މުޒާހަރާ ތަކުގައި ހަމަ ނުޖެހުން ހިނގައިފި
13 އޮކްޓޯބަރު 2024

ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ

ސްވިޒަލެންޑު އަތުން ހޯދި މޮޅާއެކު ސާބިއާ އޮތީ ތިން ވަނައިގަ އެވެ.

13 އޮކްޓޯބަރު 2024
ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ
26 ޖޫން 2024

ގްރޫޕްގެ ދެ ވަނަ ހޯދައި ޑެންމާކު ގަދަ 16 ވަނަ ބުރަށް

ގްރޫޕް ސްޓޭޖުގައި ޑެންމާކު ކުޅުނު ތިން މެޗު ވެސް ވަނީ އެއްވަރުވެފައެވެ.

26 ޖޫން 2024
ގްރޫޕްގެ ދެ ވަނަ ހޯދައި ޑެންމާކު ގަދަ 16 ވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު