Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން އުފެއްދި އޮފީހުގެ ސީއީއޯއަކަށް މާނިއު!

15 ސެޕްޓެމްބަރު 2026 | އަންގާރަ 16:00

މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރާއި ތޮއްޖެހުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި އައު އޮފީހުގެ ސީއީއޯގެ މަގާމަށް ޔޫސުފް މާނިއު މިހާރު ވަނީ އައްޔަނުކުރައްވާފައި. ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ މި އޮފީހުގެ މައިގަނޑު މަގްސަދަކީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، އުޅަނދުތައް ގިނަވުމުން ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުން

އަމްނާ އިމާދު
އަމްނާ އިމާދު | 15 ސެޕްޓެމްބަރު 2026 | އަންގާރަ 16:00
ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީގެ ނަމުގައި އުފެއްދެވި އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކަށް އައްޔަނުކުރެއްވި ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިއު

ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީގެ ނަމުގައި އުފެއްދެވި އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކަށް އައްޔަނުކުރެއްވި ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިއު | ރައީސް އޮފީސް

މާލެ ސަރަހައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީގެ ނަމުގައި އުފެއްދި އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިއު އައްޔަނުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާނިއު މި މަގާމަށް އައްޔަނުކުރެއްވީ މިދިޔަ ހަފްތާ ތެރޭގަ އެވެ.  

Advertisement - newsAdvertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މާނިއު އެންމެ ފުރަތަމަ އައްޔަނުކުރެއްވީ ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލަކަށެވެ. މާނިއު ކަސްޓަމްސްއިން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ މަގާމުން އޭނާ ވަކި ކުރެއްވުމަށްފަހު، ފަހުން ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފަ އެވެ. އަދި 25 ޖުލައި 2024 ގައި އެ މަގާމުން އޭނާ އިސްތިއުފާ ދެއްވުމަށްފަހު މީޑިއާތަކަށް ވިދާޅުވީ، ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ވަޒީފާގެ މަސްއޫލިއްޔަތެއް ނެތި ބޮޑު މުސާރައެއް ނަންގަވަން ބޭނުން ނުވާތީ ކަމަށެވެ. 

ސަރުކާރު ރައިޓް ސައިޒް ކުރުމުގެ ގޮތުން ފެނަކަ އަދި އާރްޑީސީ އުވާލާފައިވާއިރު، މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް އައު އޮފީހެއް ރައީސް މުއިއްޒު އުފެއްދެވީ 12 ޖުލައި 2026 ގަ އެވެ. އެ އޮފީސް އުފެއްދި ނަމަވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ. މި އޮފީސް ހިންގާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ކަމަށް ވަނީ ބުނެފަ އެވެ.

މި އޮފީހަކީ މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން އެ ކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށް އުފެއްދި އޮފީހެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަކި އޮފީހެއް ހެދި ނަމަވެސް މި މައްސަލަ ހައްލުކުރުމަކީ މާލެސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވެ އެވެ. 

ޔޫސުފް މާނިއުގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

4

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

5

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2026

ވެހިކަލް ފީގެ ގޮތުގައި ލިބޭ 220 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ނުދިނަސް، މިސްކިތްތައް މާ ރަނގަޅަށް ބަލަހައްޓާނެކަމަށް ޝަހީމް ވިދާޅުވި: ސައީދު

09 ސެޕްޓެމްބަރު 2026
ވެހިކަލް ފީގެ ގޮތުގައި ލިބޭ 220 މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ނުދިނަސް، މިސްކިތްތައް މާ ރަނގަޅަށް ބަލަހައްޓާނެކަމަށް ޝަހީމް ވިދާޅުވި: ސައީދު
31 އޯގަސްޓު 2026

މާލެ ސަރަޙައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ ގެ ނަމުގައި އޮފީހަކާއި، އެޑްވައިޒަރީ ބޯޑަކާއި، ފަންޑެއް އުފައްދާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު ތަޞްދީގުކޮށްފި

31 އޯގަސްޓު 2026
މާލެ ސަރަޙައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ ގެ ނަމުގައި އޮފީހަކާއި، އެޑްވައިޒަރީ ބޯޑަކާއި، ފަންޑެއް އުފައްދާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު ތަޞްދީގުކޮށްފި
26 އޯގަސްޓު 2026

މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭ ގޮތަށް އެއްގަމު ދަތުުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

26 އޯގަސްޓު 2026
މާލެ ސިޓީ ކައުންސިލަށް ލިބޭ އުޅަނދުފަހަރުގެ ފީ ސަރުކާރުގެ ބަޖެޓަށް ލިބޭ ގޮތަށް އެއްގަމު ދަތުުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި
13 ޖުލައި 2026

މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"

13 ޖުލައި 2026
މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
12 ޖުލައި 2026

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި

12 ޖުލައި 2026
"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް