Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސިމްޑީ ގްރޫޕް

ސިމްޑީ ގުރޫޕް އާއި ކެއަރ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދާ އިންޓަރންޝިޕް ޕްރޮގްރާމު ހަތަރު ވަނަ އަހަރަށް!

27 އޯގަސްޓު 2026 | ބުރާސްފަތި 17:47

ސިމްޑީ ގްރޫޕާއި ކެއަރ ސޮސައިޓީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ސީއެސްއާރު އިންޓަރންޝިޕް ޕްރޮގްރާމް، ޖެހިޖެހިގެން ހަތަރު ވަނަ އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައި އެކަން އިއުލާނުކޮށްފި. މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ މަސައްކަތުގެ މާހައުލަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، އެ ފަރާތްތަކަށް ވަޒީފާގެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުން

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 27 އޯގަސްޓު 2026 | ބުރާސްފަތި 17:47
ސިމްޑީ އާއި ކެއަރ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދާ އިންޓަރންޝިޕް ޕްރޮގްރާމް ހަތަރު ވަނަ އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައި އެކަން އިއުލާނުކޮށްފި

ސިމްޑީ އާއި ކެއަރ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދާ އިންޓަރންޝިޕް ޕްރޮގްރާމް ހަތަރު ވަނަ އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައި އެކަން އިއުލާނުކޮށްފި | ސިމްޑީ

ސިމްޑީ ގްރޫޕާއި ކެއަރ ސޮސައިޓީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ސީއެސްއާރު އިންޓަރންޝިޕް ޕްރޮގްރާމް، ޖެހިޖެހިގެން ހަތަރުވަނަ އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

މި ޕްރޮގްރާމަކީ މުޖުތަމައުގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށާއި އެ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ސިމްޑީ ގްރޫޕުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މި އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމްގެ ދަށުން، ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގެ "ރެޑިނަސް ފޯ އެމްޕްލޯއިމަންޓް" ޕްރޮގްރާމްގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ ފާތިމަތު ޔަދުޔާ ރަޝީދަށް ވަނީ ސިމްޑީ ގްރޫޕްގެ މުހިންމު އެއް ޑިވިޝަން ކަމަށްވާ ސިމްޑީ ސީޕީޑީގައި އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ދީފަ އެވެ. މި ފުރުސަތުގެ ދަށުން އޭނާއަށް ރީޓެއިލް ވިޔަފާރީގެ މާހައުލެއްގައި އަމަލީ ތަޖުރިބާ ހޯދުމުގެ މަގު ފަހިވެގެންދާނެ އެވެ.

މި އިސްނެގުމުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ މާހައުލުގައި ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމެވެ. އިންޓަރންޝިޕްގެ މުއްދަތުގައި ދަރިވަރުންނަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ސިމްޑީގެ ތަޖުރިބާކާރު މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސިމްޑީ ގްރޫޕާއި ކެއަރ ސޮސައިޓީއާ ދެމެދު އޮތް މި ގުޅުމަކީ މީގެ ހަތަރު އަހަރު ކުރިން ފެށުނު ގުޅުމެކެވެ. މި މުއްދަތުގެ ތެރޭގައި ގިނަ ދަރިވަރުންތަކަކަށް ވަނީ ސިމްޑީ ގްރޫޕްގެ އެކި ދާއިރާތަކުން މަސައްކަތުގެ ތަޖުރިބާ ހޯދައި، ވަޒީފާގެ ބާޒާރަށް ނުކުތުމަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދީފަ އެވެ. މިއީ މުޖުތަމައު ބާރުވެރިކުރުވުމަށް ސިމްޑީން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ސިމްޑީ ގްރޫޕަކީ 2000 ވަނަ އަހަރު އުފެދުނު، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ ކޮންސިއުމަރ ޕްރޮޑަކްޓްސް، ބެވަރޭޖަސް، ހޮސްޕިޓާލިޓީ، ޓެކްނޮލޮޖީ އަދި ސަރވިސަސް ފަދަ ތަފާތު ދާއިރާތަކުން ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ހަމައެއާއެކު، ކެއަރ ސޮސައިޓީ މޯލްޑިވްސްއަކީ 1998 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކޮށް، އެ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީނު ފޯރުކޮށްދެމުން އަންނަ މަދަނީ ޖަމިއްޔާއެކެވެ.

މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ސިމްޑީ ގްރޫޕްގެ ސީނިއާ މެނޭޖަރު ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިން އިބްރާހީމް ހަމީޝްއާ 3340211 ގުޅައިގެން ނުވަތަ hameesh@simdi.com އަށް އީމެއިލް ކުރުމުން ލިބޭނެކަމަށް ސިމްޑީ ގްރޫޕުން ބުނެ އެވެ.

ސިމްޑީ ގްރޫޕްކެއަރ ސޮސައިޓީ މޯލްޑިވްސްއިންޓަރންޝިޕް ޕްރޮގްރާމް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

24 މެއި 2026

މޮނިން ކަޕް މޯލްޑިވްސް 2026: 1 ވަނަ އަށް ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާގެ ނިކް

24 މެއި 2026
މޮނިން ކަޕް މޯލްޑިވްސް 2026: 1 ވަނަ އަށް ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާގެ ނިކް
17 ފެބުރުއަރީ 2026

ސިމްޑީ އިން ރޯދަ މަހާއި ދިމާކޮށް "ކުރިފްރެޝް"ގެ ނަމުގައި މޭވާ އާއި ތަރުކާރީ ލިބޭ ފިހާރައެއް ހުޅުވައިފި

17 ފެބުރުއަރީ 2026
ސިމްޑީ އިން ރޯދަ މަހާއި ދިމާކޮށް "ކުރިފްރެޝް"ގެ ނަމުގައި މޭވާ އާއި ތަރުކާރީ ލިބޭ ފިހާރައެއް ހުޅުވައިފި
15 ޑިސެމްބަރު 2025

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް މަރުހަބާ ކިޔައިފި

15 ޑިސެމްބަރު 2025
ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް މަރުހަބާ ކިޔައިފި
22 އޮކްޓޯބަރު 2025

ސިމްޑީގެ އިންޓަރންޝިޕް ޕްރޮގްރާމް ކެއަރ ސޮސައިޓީ އާއެކު ތިންވަނަ އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައިފި

22 އޮކްޓޯބަރު 2025
ސިމްޑީގެ އިންޓަރންޝިޕް ޕްރޮގްރާމް ކެއަރ ސޮސައިޓީ އާއެކު ތިންވަނަ އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައިފި
13 އޮކްޓޯބަރު 2025

ސިމްޑީގެ އުފެއްދުންތައް ފުވައްމުލަކުގައި ވިއްކުމަށް ވުޑްލޭން އައްޔަންކޮށްފި

13 އޮކްޓޯބަރު 2025
ސިމްޑީގެ އުފެއްދުންތައް ފުވައްމުލަކުގައި ވިއްކުމަށް ވުޑްލޭން އައްޔަންކޮށްފި
16 ސެޕްޓެމްބަރު 2025

ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

16 ސެޕްޓެމްބަރު 2025
ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
09 ސެޕްޓެމްބަރު 2025

އެއްވަނައަށް 7500 ޑޮލަރުގެ އިނާމު ލިބޭ، ދިލްމާ ނެޗުރަލް ސޮމެލިއަރ ޗެލެންޖް ފަށައިފި

09 ސެޕްޓެމްބަރު 2025
އެއްވަނައަށް 7500 ޑޮލަރުގެ އިނާމު ލިބޭ، ދިލްމާ ނެޗުރަލް ސޮމެލިއަރ ޗެލެންޖް ފަށައިފި
09 ސެޕްޓެމްބަރު 2025

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2025 ގެ ކޯ ސްޕޮންސަރަކަށް ސިމްޑީ

09 ސެޕްޓެމްބަރު 2025
ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2025 ގެ ކޯ ސްޕޮންސަރަކަށް ސިމްޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް