Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިމްޑީ ގުރޫޕު

ސިމްޑީ އިން ރޯދަ މަހާއި ދިމާކޮށް "ކުރިފްރެޝް"ގެ ނަމުގައި މޭވާ އާއި ތަރުކާރީ ލިބޭ ފިހާރައެއް ހުޅުވައިފި

ސިމްޑީ ގްރޫޕުން ށ. އެކަސްދޫގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހައްދާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް މާލޭގައި ހުޅުވި "ކުރިފްރެޝް" ފިހާރައިން މިހާރު ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބޭނެ. ރަމަޟާން މަހާ ދިމާކޮށް ތައާރަފުކުރި މި ބްރޭންޑުގެ މަގުސަދަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ފެންވަރު ރަނގަޅު ދިވެހި އުފެއްދުންތައް ފަސޭހަކަމާއެކު އާންމުންނާއި ފަތުރުވެރިކަމުގެ ދާއިރާއަށް ފޯރުކޮށްދިނުން. ކުރިމަގުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި ޚިދުމަތް ފުޅާކުރުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފާފަ.

އަލީ ޝާހީން
އަލީ ޝާހީން | 17 ފެބުރުއަރީ 2026 | އަންގާރަ 14:00
"ކުރިފްރެޝް" އައުޓްލެޓް މާލޭގައި ހުޅުވުން

"ކުރިފްރެޝް" އައުޓްލެޓް މާލޭގައި ހުޅުވުން | ސިމްޑީ

ސިމްޑީ ގްރޫޕުގެ ފަރާތުން ރާއްޖޭގައި އުފައްދާ ތާޒާ އަދި ފެންވަރު ރަނގަޅު ދަނޑުވެރިކަމުގެ ބާވަތްތައް އާންމު ގޭބިސީތަކަށާއި، ވިޔަފާރިތަކަށް އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ފޯރުކޮށްދިނުމަށްޓަކައި "ކުރިފްރެޝް" ގެ ފުރަތަމަ އައުޓްލެޓް މާލޭގައި ހުޅުވައިފި އެވެ.

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ހުޅުވި މި ފިހާރައިގެ ސަބަބުން ރާއްޖޭގައި ހައްދާ ތާޒާ އުފެއްދުންތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ އެވެ.

Advertisement - newsAdvertisement

މި ފިހާރަ ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އައުޓްލެޓް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަޒްމީ އަދުނާން އާއި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު އަނީސް އެވެ. މި އައުޓްލެޓް މެދުވެރިކޮށް އާންމު ކަސްޓަމަރުންގެ އިތުރުން ރިސޯޓުތަކާއި ހޮޓާތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާ ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބޭނެ އެވެ.

ކުރިފްރެޝް ބްރޭންޑަކީ ބޭރު ގައުމުތަކުން ލިބޭ ފަދަ މަތީ ފެންވަރުގެ އުފެއްދުންތައް ރާއްޖޭގައި އުފައްދައި ބާޒާރަށް ނެރުމުގެ މަގުސަދުގައި ތައާރަފުކުރި ބްރޭންޑެކެވެ. މިއީ ސިމްޑީ ގްރޫޕުގެ ޗެއާމަން އިބްރާހިމް މުޙައްމަދު ދީދީ އާއި ސީއީއޯ ޑރ. މަރިޔަމް ޝަކީލާގެ ދުރުވިސްނުމުގެ ދަށުން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދިވެހި އުފެއްދުންތަކަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ފެށި މަސައްކަތެކެވެ.

މި އައުޓްލެޓުން ވިއްކާ ހުރިހާ ބާވަތްތަކަކީ ށ. އަތޮޅު އެކަސްދޫގައި ސިމްޑީ ގްރޫޕުން ތަރައްގީކޮށްފައިވާ ދަނޑުތަކުން އުފައްދާ ތަކެއްޗެވެ. ގިނަ އަހަރުތަކެއް ވަންދެން އެ ރަށުގައި ކުރި މަސައްކަތުން މިހާރު ވަނީ ތާޒާކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި އުފެއްދުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައަށް ފުރިހަމަކޮށްފަ އެވެ. އެކަސްދޫގައި މި ތަކެތި ހައްދަނީ ގްރީންހައުސްތަކާއި ހައިޑްރޯޕޮނިކްސް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

މިކަމާ ގުޅޭގޮތުން ސިމްޑީ ގްރޫޕުގެ މެނޭޖިންގ ޑައިރެކްޓަރު މިޝާލް އިބްރާހިމް މުޙައްމަދު ދީދީ އާއި ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު ވިދާޅުވީ، މިއީ ސިމްޑީން ރާއްޖެއަށް ތައާރަފުކޮށްފައިވާ 200 އަށްވުރެ ގިނަ ބްރޭންޑާއި 15،000 އަށްވުރެ ގިނަ އުފެއްދުންތަކުގެ ތެރެއަށް އިތުރުވި މުހިންމު ކުރިއެރުމެއް ކަމަށާއި، ކުރިމަގުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިފްރެޝްގެ އިތުރު އައުޓްލެޓްތައް ހުޅުވާނެ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އިސްމާއިލް އަޒްމީ އަދުނާން ވަނީ ސިމްޑީ ގްރޫޕުން އިސްނަގައިގެން ފެށި މި މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިފަދަ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

ސިމްޑީ ގްރޫޕްކުރިފްރެޝް

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ސިމްޑީގެ އިންޓަރންޝިޕް ޕްރޮގްރާމް ކެއަރ ސޮސައިޓީ އާއެކު ތިންވަނަ އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައިފި

22 އޮކްޓޯބަރު 2025
ސިމްޑީގެ އިންޓަރންޝިޕް ޕްރޮގްރާމް ކެއަރ ސޮސައިޓީ އާއެކު ތިންވަނަ އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައިފި
13 އޮކްޓޯބަރު 2025

ސިމްޑީގެ އުފެއްދުންތައް ފުވައްމުލަކުގައި ވިއްކުމަށް ވުޑްލޭން އައްޔަންކޮށްފި

13 އޮކްޓޯބަރު 2025
ސިމްޑީގެ އުފެއްދުންތައް ފުވައްމުލަކުގައި ވިއްކުމަށް ވުޑްލޭން އައްޔަންކޮށްފި
09 ސެޕްޓެމްބަރު 2025

އެއްވަނައަށް 7500 ޑޮލަރުގެ އިނާމު ލިބޭ، ދިލްމާ ނެޗުރަލް ސޮމެލިއަރ ޗެލެންޖް ފަށައިފި

09 ސެޕްޓެމްބަރު 2025
އެއްވަނައަށް 7500 ޑޮލަރުގެ އިނާމު ލިބޭ، ދިލްމާ ނެޗުރަލް ސޮމެލިއަރ ޗެލެންޖް ފަށައިފި
09 ސެޕްޓެމްބަރު 2025

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2025 ގެ ކޯ ސްޕޮންސަރަކަށް ސިމްޑީ

09 ސެޕްޓެމްބަރު 2025
ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2025 ގެ ކޯ ސްޕޮންސަރަކަށް ސިމްޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު