Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސިމްޑީ ގްރޫޕް

ސިމްޑީގެ އިންޓަރންޝިޕް ޕްރޮގްރާމް ކެއަރ ސޮސައިޓީ އާއެކު ތިންވަނަ އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައިފި

ސިމްޑީ ގްރޫޕުން ކެއަރ ސޮސައިޓީއާ ގުޅިގެން ޚާއްސަ އެހީއަށް ބޭނުންވާ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ހިންގަމުންދާ އިންޓަރންޝިޕް ޕްރޮގްރާމް ތިންވަނަ އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމި އިރު މި އަގުހުރި ޕްރޮގްރާމްގެ ސަބަބުން އެތައް ޒުވާނުންނަކަށް މަސައްކަތުގެ ތަޖުރިބާއާއި، އެލަވަންސް އަދި މެންޓަރިންގގެ ފުރުސަތު ލިބި، އެ ޒުވާނުންގެ މުސްތަގުބަލަށް އުއްމީދީ މަގެއް ފަހިވެގެންދެއެވެ.

ސިމްޑީ ގްރޫޕުން ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގެ ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާއާއި މަހު އެލަވަންސް ލިބޭގޮތަށް އިންޓާންޝިޕް ޕްރޮގްރާމެއް ހިންގަމުންދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 22 އޮކްޓޯބަރު 2025 | ބުދަ 01:08
ވިދިވިދިގެން 3 ވަނަ އަހަރަށް ކެއާ ސޮސައިޓީ މޯލްޑިވްސް އާއި އެކު ސީއެސްއާރު އިންޓަރންޝިޕް ޕްރޮގްރާމް ސިމްޑީ ގްރޫޕުން އިތުރުކޮށްފި

ވިދިވިދިގެން 3 ވަނަ އަހަރަށް ކެއާ ސޮސައިޓީ މޯލްޑިވްސް އާއި އެކު ސީއެސްއާރު އިންޓަރންޝިޕް ޕްރޮގްރާމް ސިމްޑީ ގްރޫޕުން އިތުރުކޮށްފި

ސިމްޑީ ގްރޫޕުން އިޖްތިމާޢީ ޒިންމާގެ ދަށުން ކެއަރ ސޮސައިޓީ މޯލްޑިވްސްއާ ގުޅިގެން ހިންގަމުންދާ އިންޓަރންޝިޕް ޕްރޮގްރާމް ތިންވަނަ އަހަރަށް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މި ޕްރޮގްރާމްގެ ދަށުން ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގެ "ރެޑިނެސް ފޮރ އެމްޕްލޯއިމަންޓް" ޕްރޮގްރާމްގެ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ހޯދުމާއި، ޢަމަލީ ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މީގެ އިތުރުން ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް މަހު އެލަވަންސްއެއް ލިބޭއިރު، އެ ދަރިވަރުންގެ އަމިއްލަ އަދި ވަޒީފާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މެންޓަރުންގެ އެހީތެރިކަންވެސް ލިބިގެންދެއެވެ.

މި ޕްރޮގްރާމް ފެށިފައިވަނީ 2023 ވަނަ އަހަރު އަޙްމަދު އާހިލް ނަދީމް ސިމްޑީ ޓެކް ސަރވިސް ސެންޓަރުގައި އިންޓަރންޝިޕް ފުރިހަމަ ކުރުމާ އެކުގައެވެ. 2024 ވަނަ އަހަރު ފާތިމަތު ޝިފާ ވަނީ ސިމްޑީ ގްރޫޕްގެ ދަށުން ހިންގާ އިންސްޓިޓިއުޓް ފޮރ ކައުންސެލިންގ އެންޑް ސައިކޮތެރަޕީ (އައިސީޕީ) ގައި އިންޓަރންޝިޕް ފުރިހަމަކޮށްފައެވެ.

މި އަހަރު ޕްރޮގްރާމްގައި ބައިވެރިވަނީ ފާތިމަތު ޔަދްޔާ ރަޝީދެވެ. ޔަދްޔާއަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި އިންޓަރންޝިޕް ފުރިހަމަކޮށް، ކަސްޓަމަރ ސަރވިސް އަދި ޓެކްނިކަލް މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ހީވާގި ދަރިވަރެކެވެ.

"ކެއަރ ސޮސައިޓީއާއެކު ތިން އަހަރު ވަންދެން މަސައްކަތްކުރުމަކީ ސިމްޑީ ގްރޫޕަށް ލިބޭ ޝަރަފެއް. މިއީ ހަމައެކަނި އިންޓަރންޝިޕެއް ނޫން. މިއީ އުއްމީދު ދިނުމާއި، ޤާބިލުކަން އިތުރުކޮށް، އެކުލެވޭ މަސައްކަތުގެ މާހައުލެއް އުފެއްދުމުގެ މަސައްކަތް،" ސިމްޑީ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ މިޝާލް ދީދީ ވިދާޅުވިއެވެ.

2000 ވަނަ އަހަރު އުފެދުނު ސިމްޑީ ގްރޫޕަކީ ކަސްޓަމަރ ޕްރޮޑަކްޓްސް، ބެވެރެޖަސް، ހޮސްޕިޓަލިޓީ، ޓެކްނޮލޮޖީ އަދި ޚިދުމަތްތަކުގެ ދާއިރާގައި މަސައްކަތްކުރާ ރާއްޖޭގެ އިސް ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ. ކުންފުނިން ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އަދި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ފަދަ ޖަމްޢިއްޔާތަކާ ގުޅިގެންވެސް މަސައްކަތްކުރަމުން ގެންދެއެވެ.

ސިމްޑީ ގްރޫޕް

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

ސިމްޑީގެ އުފެއްދުންތައް ފުވައްމުލަކުގައި ވިއްކުމަށް ވުޑްލޭން އައްޔަންކޮށްފި

13 އޮކްޓޯބަރު 2025
ސިމްޑީގެ އުފެއްދުންތައް ފުވައްމުލަކުގައި ވިއްކުމަށް ވުޑްލޭން އައްޔަންކޮށްފި
09 ސެޕްޓެމްބަރު 2025

އެއްވަނައަށް 7500 ޑޮލަރުގެ އިނާމު ލިބޭ، ދިލްމާ ނެޗުރަލް ސޮމެލިއަރ ޗެލެންޖް ފަށައިފި

09 ސެޕްޓެމްބަރު 2025
އެއްވަނައަށް 7500 ޑޮލަރުގެ އިނާމު ލިބޭ، ދިލްމާ ނެޗުރަލް ސޮމެލިއަރ ޗެލެންޖް ފަށައިފި
09 ސެޕްޓެމްބަރު 2025

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2025 ގެ ކޯ ސްޕޮންސަރަކަށް ސިމްޑީ

09 ސެޕްޓެމްބަރު 2025
ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2025 ގެ ކޯ ސްޕޮންސަރަކަށް ސިމްޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު