Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެމަރޫން

ދުނިޔޭ އެންމެ ދުވަސްވީ ލީޑަރު، ކެމަރޫންގެ ރައީސް ބިޔާ 10 ހަފުތާ ފަހުން ގައުމަށް ވަޑައިގެންފި

21 އޯގަސްޓު 2026 | ހުކުރު 10:22

1982 ވަނަ އަހަރުން ފެށިގެން ކެމަރޫންގެ ވެރިކަން ކުރައްވަމުން ގެންދަވާ އުމުރުފުޅުން 93 އަހަރުގެ ޕޯލް ބިޔާ، 10 ހަފުތާއަށްވުރެ ގިނަ ދުވަހު ގައުމުން ބޭރުގައި އުޅުއްވުމަށްފަހު އެނބުރި ވަޑައިގަތުމުން ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި. އަމިއްލަ ދަތުރުފުޅެއްގައި ޔޫރަޕަށް ވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން ފެނިވަޑައިނުގެން އުޅުއްވުމާ ގުޅިގެން، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ މެދު އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކާއި ބަހުސްތަކެއް ވަނީ އުފެދިފައި

ރާއްޖެ އެމްވީ | 21 އޯގަސްޓު 2026 | ހުކުރު 10:22

ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ރައީސްގެ ގޮތުގައި ފާހަގަކުރެވޭ ކެމަރޫންގެ ރައީސް ޕޯލް ބިޔާ، ޖެނީވާގައި 10 ހަފުތާ ހޭދަކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވަނީ | އާރުޓީވީ

ދުނިޔޭގެ ގައުމެއްގެ ވެރިކަމުގައި ހުންނެވި އެންމެ ދުވަސްވީ ލީޑަރު، ކެމަރޫންގެ ރައީސް ޕޯލް ބިޔާ، 10 ހަފުތާއަށްވުރެ ގިނަ ދުވަހު ގައުމުން ބޭރުގައި އުޅުއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންފި އެވެ.

އުމުރުފުޅުން 93 އަހަރުގެ ރައީސް ޕޯލް ބިޔާ، ސްވިޒަލޭންޑްގެ ޖެނީވާއިން ފުރާވަޑައިގެން ކެމަރޫންގެ ވެރިރަށް ޔައުންޑޭއަށް ވަޑައިގަތީ ޗާޓަރު ފްލައިޓެއްގަ އެވެ. 1982 ވަނަ އަހަރުން ފެށިގެން ކެމަރޫންގެ ވެރިކަން ކުރައްވަމުން ގެންދަވާ ބިޔާ، "ޔޫރަޕަށް ކުރައްވާ ކުރު އަމިއްލަ ދަތުރުފުޅެއް" ކަމަށް ވިދާޅުވެ ގައުމުން ބޭރަށް ފުރާވަޑައިގަތީ މިއަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު އެވެ.

Advertisement - worldAdvertisement

ރައީސް ބިޔާ ގައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ މެދުގައާއި، ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގާބިލުކަން ހުރިތޯ ފަދަ ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

އާދަޔާ ހިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ރައީސް ފެނިވަޑައިނުގެން އުޅުއްވުމުން، އެމަނިކުފާނުގެ ސިއްހަތާ މެދު ސުވާލު އުފެދުމުގެ އިތުރުން، ގައުމު ހިންގުމުގެ ކަންކަން ބަލަހައްޓަނީ ކޮން ފަރާތަކުންތޯ ބެލުމަށް ވެސް އާންމުންގެ މެދުގައި ބަހުސްތަކެއް ކުރެވުނެވެ.

1982 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ކެމަރޫންގައި ވެރިކަން ކުރައްވަމުން ގެންދަވާ ޕޯލް ބިޔާ އެނބުރި ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، އެމަނިކުފާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުހަބާ ކިޔާފަ އެވެ.

އެމަނިކުފާނު ގަނޑުވަރަށް ވަޑައިގަތީ ފުރިހަމަ އިއްޒަތުގައި މޮޓޯކޭޑްގަ އެވެ.

ކެމަރޫންޕޯލް ބިޔާ

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

93 އަހަރުގެ ކެމަރޫންގެ ރައީސް ޔޫރަޕަށް ކުރައްވާ "ކުރު" އަމިއްލަ ދަތުރުފުޅަކަށް ފުރާވަޑައިގަތް ފަހުން ގިނަ ދުވަސްތަކެއް ވެފައިވާތީ އޭނާ ދުނިޔޭގައި އެބަހުންނެވިތޯ ރައްޔިތުން ސުވާލު އުފައްދަނީ!

20 ޖެނުއަރީ 2026

މުޅި އުމުރު ވެރިކަމުގައި ހުންނާނީ ކިހިނެއް؟

20 ޖެނުއަރީ 2026
މުޅި އުމުރު ވެރިކަމުގައި ހުންނާނީ ކިހިނެއް؟
28 އޮކްޓޯބަރު 2025

އުމުރުފުޅުން 92 އަހަރުގައި ވެރިކަމުގެ އަށް ވަަނަ ދައުރެއް ހޯއްދެވި، ދުވަހަކު ވެސް އިންތިޚާބަކުން ބަލި ނުވާ ރައީސް!

28 އޮކްޓޯބަރު 2025
އުމުރުފުޅުން 92 އަހަރުގައި ވެރިކަމުގެ އަށް ވަަނަ ދައުރެއް ހޯއްދެވި، ދުވަހަކު ވެސް އިންތިޚާބަކުން ބަލި ނުވާ ރައީސް!
14 އޮކްޓޯބަރު 2025

ކެމަރޫންގެ އިދިކޮޅު ލީޑަރު ބަކަރީ އިންތީޚާބު ކާމިޔާބު ވެފައިވާ ކަމަށް އަމިއްލަ އަށް އިއުލާން ކުރައްވައިފި

14 އޮކްޓޯބަރު 2025
ކެމަރޫންގެ އިދިކޮޅު ލީޑަރު ބަކަރީ އިންތީޚާބު ކާމިޔާބު ވެފައިވާ ކަމަށް އަމިއްލަ އަށް އިއުލާން ކުރައްވައިފި
12 އޮކްޓޯބަރު 2025

ކެމަރޫންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި، އުމުރުން 92 އަހަރުގެ ރައީސް ބިޔާ 8 ވަނަ ދައުރަކަށް ވާދަ ކުރައްވަނީ

12 އޮކްޓޯބަރު 2025
ކެމަރޫންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި، އުމުރުން 92 އަހަރުގެ ރައީސް ބިޔާ 8 ވަނަ ދައުރަކަށް ވާދަ ކުރައްވަނީ
03 އެޕްރީލު 2024

ކެމަރޫން އެފްއޭއަށް ނޭގި ސަރުކާރުން ގައުމީ ކޯޗަކު ހަމަޖައްސައިފި

03 އެޕްރީލު 2024
ކެމަރޫން އެފްއޭއަށް ނޭގި ސަރުކާރުން ގައުމީ ކޯޗަކު ހަމަޖައްސައިފި
02 ޖެނުއަރީ 2024

އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

02 ޖެނުއަރީ 2024
އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ
08 ޖެނުއަރީ 2023

ހާޓް އެޓޭކެއް ޖެހިގެން، ޕީއެސްޖީ އަދި ކެމަރޫންގެ ކުރީގެ މިޑްފީލްޑަރު އެމްބަމީ މަރުވެއްޖެ

08 ޖެނުއަރީ 2023
ހާޓް އެޓޭކެއް ޖެހިގެން، ޕީއެސްޖީ އަދި ކެމަރޫންގެ ކުރީގެ މިޑްފީލްޑަރު އެމްބަމީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް