Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެމަރޫން

ކެމަރޫންގެ އިދިކޮޅު ލީޑަރު ބަކަރީ އިންތީޚާބު ކާމިޔާބު ވެފައިވާ ކަމަށް އަމިއްލަ އަށް އިއުލާން ކުރައްވައިފި

ބަކަރީ ވިދާޅުވެފައި ވަނީ، ކެމަރޫންގެ ރައީސް ކަމުގައި މިހާރު ހުންނެވި ޕައުލް ބިޔާ އޭނާ އަށް ގުޅުއްވައި އިންތިޚާބު ދޫކޮށްލެއްވުމަށް ގޮވާލައްވާފައިވާ ކަމަށް. އެހެން ނަމަވެސް، ކެމަރޫންގެ ރައްޔިތުން އެމީހުންގެ ޗޮއިސް ހޮވާފައިވާ ކަމަށާއި، އެ ޗޮއިސް އަށް އިޙުތިރާމް ކުރަން ޖެހޭ ކަމަށް ބަކަރީ ވިދާޅުވެފައިވޭ.

ކެމެރޫންގެ އިދިކޮޅު ލީޑަރު އިސާ ޗިރޯމާ ބަކަރީ ވަނީ އިންތިޚާބުގައި ކާމިޔާބު ހޯދިކަމަށް އަމިއްލައަށް އިއުލާން ކޮށްފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2025 | އަންގާރަ 10:30
ކެމަރޫންގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިސާ ޗީރޯމާ ބަކަރީ އޭނާގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަނީ

ކެމަރޫންގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިސާ ޗީރޯމާ ބަކަރީ އޭނާގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަނީ

ކެމަރޫންގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިފައިވާ ކަމަށް، އެ ޤައުމުގެ އިދިކޮޅު ލީޑަރު އިސާ ޗިރޯމާ ބަކަރީ އަމިއްލަފުޅަށް އިއުލާން ކުރައްވައިފި އެވެ.

އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބަކަރީ ވަނީ، އާދިއްތަ އޮތް ރިޔާސީ އިންތިޚާބު އޭނާ އަށް ކާމިޔާބު ކުރެވިފައިވާ ކަމަށް އަމިއްލަފުޅަށް އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް، ކެމަރޫންގެ ރަސްމީ އެއްވެސް އިދާރާ އަކުން މިކަން ހާމަކޮށްފައި ނުވެ އެވެ.

ބަކަރީ ވިދާޅުވެފައި ވަނީ، ކެމަރޫންގެ ރައީސް ކަމުގައި މިހާރު ހުންނެވި ޕައުލް ބިޔާ އޭނާ އަށް ގުޅުއްވައި އިންތިޚާބު ދޫކޮށްލެއްވުމަށް ގޮވާލައްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް، ކެމަރޫންގެ ރައްޔިތުން އެމީހުންގެ ޗޮއިސް ހޮވާފައިވާ ކަމަށާއި، އެ ޗޮއިސް އަށް އިހްތިރާމް ކުރަން ޖެހޭ ކަމަށް ބަކަރީ ވިދާޅުވެފައިވެ އެވެ.

ކެމަރޫންގެ ސަރުކާރުން އިއުލާން ކޮށްފައި ވަނީ އިންތިޚާބުގެ ނަތީޖާ އަކަށް ވާނީ ކޮންސްޓިޓިއުޝަނަލް ކައުންސިލް އިން އިއުލާން ކުރާ ރަސްމީ ނަތީޖާ އެކަނި ކަމަށެވެ. އެ ނަތީޖާ އިއުލާން ކުރުމަށް އެ ކައުންސިލް އަށް ދެ ހަފުތާގެ މުއްދަތެއް ވަނީ ލިބިދީފަ އެވެ.

ބަކަރީ އަކީ، އުމުރުފުޅުން 90 އަހަރުވެފައިވާ ކެމަރޫންގެ މިހާރުގެ ރައީސް ބިޔާގެ އަރިސް ބޭފުޅެއްގެ ގޮތުގައި މީގެ ކުރިން 20 އަހަރު ވަންދެން ހުންނެވި ފަރާތެކެވެ. ނަމަވެސް، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާ ވަނީ ބިޔާގެ ސަރުކާރުން އިސްތިއުފާ ދެއްވައި، އިންތިޚާބުގައި ވާދަ ކުރެއްވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

އޭނާގެ ކެމްޕެއިން އަށް ބޮޑެތި ޖަމާއަތްތަކާއި، އަދި އިދިކޮޅު ޕާޓީ ތަކުގެ ތާއީދު ވެސް ލިބުނެވެ. ކެމަރޫންގެ އިންތިޚާބުގައި ބިޔާގެ މައްޗަށް ކުރި ހޯދާނެ ކަމަށް ބެލެވިފައިވާ ކެންޑިޑޭޓަކީ ވެސް ބަކަރީ އެވެ.

ކެމަރޫންގެ ރައީސް ކަމުގައި ބިޔާ ހުންނަވާތާ 43 އަހަރުވެފައިވާއިރު، އޭނާ މަސައްކަތް ކުރައްވަނީ ވެރިކަމުގެ އަށް ވަނަ ދައުރެއް ހޯއްދެވުމަށެވެ. ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ބިޔާ ވެރި ކަމުގެ އަށް ވަނަ ދައުރެއް ހޯއްދަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެއީ ދައުލަތުގެ ވަސީލަތްތަކުގެ މައްޗަށް އޭނާގެ ބާރު އޮތުމާއި، އިދިކޮޅު ފަރާތްތައް ބައިބައިވެފައި އޮތުމުންނެވެ.

އިންތިޚާބު ކާމިޔާބު ކުރެވިފައިވާ ކަމަށް ބަކަރީ އަމިއްލަފުޅަށް އިއުލާން ކުރެއްވި ނަމަވެސް، ކެމަރޫންގެ ސަރުކާރުން މިހާތަނަސް އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ. އެހެން ނަމަވެސް ޓެރިޓޯރިއަލް އެޑްމިނިސްޓްރޭޝަން މިނިސްޓަރު ޕޯލް އަޓަންގާ އެންޖީ ވަނީ، ހަމައެކަނި ކޮންސްޓިޓިއުޝަނަލް ކައުންސިލް އަށް ވޯޓުގެ ނަތީޖާ އިއުލާން ކުރެވޭނެ ކަމަށާއި، އެހެން ފަރާތަކުން ނަތީޖާ އިއުލާން ކުރުމަކީ ޤައުމަށް ޚިޔާނާތްތެރިވުން ކަމަށް ބުނެފަ އެވެ.

ބިޔާ އަކީ ދުނިޔޭގައި ހުންނެވި އެންމެ ދުވަސްވީ ވެރިޔާ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިސާ ޗިރޯމާ ބަކަރީޕޯލް ބިޔާކެމަރޫން

ކޮމެންޓް

އިތުރަށް ކިޔާލަން

އުމުރުފުޅުން 92 އަހަރުގައި ވެރިކަމުގެ އަށް ވަަނަ ދައުރެއް ހޯއްދެވި، ދުވަހަކު ވެސް އިންތިޚާބަކުން ބަލި ނުވާ ރައީސް!

އުމުރުފުޅުން 92 އަހަރުގައި ވެރިކަމުގެ އަށް ވަަނަ ދައުރެއް ހޯއްދެވި، ދުވަހަކު ވެސް އިންތިޚާބަކުން ބަލި ނުވާ ރައީސް!

28 އޮކްޓޯބަރު 2025
ކެމަރޫންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި، އުމުރުން 92 އަހަރުގެ ރައީސް ބިޔާ 8 ވަނަ ދައުރަކަށް ވާދަ ކުރައްވަނީ

ކެމަރޫންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި، އުމުރުން 92 އަހަރުގެ ރައީސް ބިޔާ 8 ވަނަ ދައުރަކަށް ވާދަ ކުރައްވަނީ

12 އޮކްޓޯބަރު 2025
ކެމަރޫން އެފްއޭއަށް ނޭގި ސަރުކާރުން ގައުމީ ކޯޗަކު ހަމަޖައްސައިފި

ކެމަރޫން އެފްއޭއަށް ނޭގި ސަރުކާރުން ގައުމީ ކޯޗަކު ހަމަޖައްސައިފި

03 އެޕްރީލު 2024
އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

02 ޖެނުއަރީ 2024
ހާޓް އެޓޭކެއް ޖެހިގެން، ޕީއެސްޖީ އަދި ކެމަރޫންގެ ކުރީގެ މިޑްފީލްޑަރު އެމްބަމީ މަރުވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން، ޕީއެސްޖީ އަދި ކެމަރޫންގެ ކުރީގެ މިޑްފީލްޑަރު އެމްބަމީ މަރުވެއްޖެ

08 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު