Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އޮބާމާ-މިޝެލް

ރައީސް އޮބާމާ މިފަހަރު މިޝެލްއަށް "ސައިޕްރައިޒް" ދެއްވީ ވީޑިއޯއަކުން

އޮބާމާ އާއި މިޝެލްގެ ކައިވެންޏަށް ވަނީ 25 އަހަރު ފުރިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2017 | ބުދަ 07:27
ރައީސް އޮބާމާ އާއި މިޝެލް

ރައީސް އޮބާމާ އާއި މިޝެލް

އޮކްޓޯބަރު ތިން ވަނަ ދުވަހަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި މިޝެލް އޮބާމާގެ ކައިވެންޏަށް 25 އަހަރު ފުރުނު ދުވަހެވެ.

އަންގާރަދުވަހުގެ ރޭ ފިލަޑަލްފިއާގައި ބޭއްވި ޕެންސަވޭނިއާ ކޮންފަރެންސް ފޯ ވިމެންގައި އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާ ވަނީ ބައިވެރިވަޑައިގެންފައެވެ. އެ ކޮންފަރެންސަށް އޮބާމާ ފޮނުއްވި ވީޑިއޯގައި ވަނީ މިޝެލްއަށް ތަހުނިޔާ ވިދާޅުވެފައެވެ.

އޮބާމާގެ ވީޑިއޯ ފެށުމުގެ ކުރިން ވަނީ ކޮންފަރެންސް ކުޑަ ވަގުތު ކޮޅަކަށް މެދުކަނޑާލަން ޖެހުނީތީ މައާފަށް އެދިވަޑައިގެންފައެވެ.

އޮބާމާ ވިދާޅުވީ އެ ޕާޓީ ކުޑަ ވަގުތު ކޮޅަކަށް މެދުކަނޑާލަން ޖެހުނީތީ މައާފަށް އެދިލައްވާ ކަމަށާއި މެދުކަނޑާލަންޖެހުނީ ކައިވެންޏަށް 25 އަހަރު ފުރުމުގެ ތަހުނިޔާ ކިޔުއްވުމަށް ކަމަށެވެ.

އަނބިކަނަބަލެއްގެ އިތުރުން މިޝެލްއަކީ ހަމައެކަނި ރަނގަޅު ރައްޓެއްސެއް ނޫން ކަމަށާއި އޭނާގެ ދަރިންނަށާއި މުޅި ގައުމަށް ނަމޫނާ ބޭކަނބަލެއް ކަމަށް އޮބާމާގެ ތަހުނިޔާ ވީޑިއޯ މެސެޖުގައި ވިދާޅުވެފައި ވެއެވެ. އަދި މީގެ އިތުރުން އޮބާމާ ވިދާޅުވީ މިޝެލް ކޮށްދެއްވާ ހުރިހާ ކަމެއް އޭނާ ބަލައިގަންނަ ކަމަށެވެ. އަދި އެކުގައި "ޑޭޓަކަށް" ދިއުމަށް ވަނީ ދައުވަތު ދެއްވާފައެވެ.

ވީޑިއޯ ބެއްލެވުމަށް ފަހު މިޝެލް އެނބުރިވަޑައިގެން ހިނިތުންވުމަކާ އެކު އެތާ ތިބި ފަރާތްތަކާ ކުރިމަތިލެއްވި އިރު ލަދުފުޅުން "އަހަރެން އެންމެ ރަނގަޅުވާނީ ގެއަށް ދިއުން" ކަމަށް ވިދާޅުވިއެވެ.

އޮބާމާގެ 2 މިނެޓާއި 17 ސިކުންތުގެ މި ވީޑިއޯ ފަހުން ވަނީ އޭނާގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރައްވާފައެވެ.

ވީޑިއޯ އަޕްލޯޑް ކުރެއްވުމަށް ފަހު ކެޕްޝަންގައި ވަނީ މިޝެލްއާ އެކު ޑޭޓަކަށް ވަޑައިގެންނެވުމަށް ދައުވަތު ދެއްވުމަކީ މިހާތަނަށް ނިންމެވި އެންމެ ރަނގަޅު ނިންމެވުން ކަމަށާއި މިޝެލް ދެކެ ވަރަށް ލޯބިފުޅުވާ ކަމަށެވެ.

އަންގާރަ ދުވަހުގެ ހެނދުނު މިޝެލް ވެސް ވަނީ އިންސްޓަގްރާމުގައި އޮބާމާއަށް ކައިވެނީގެ ތަހުނިޔާ ފޮނުއްވާފައެވެ. މިޝެލް އާއި އޮބާމާގެ ކަޅާއި ހުދުގެ ކައިވެނީގެ ފޮޓޯއެއް އަޕްލޯޑްކުރެއްވި އެވެ.

"25 އަހަރު ފުރުމުން ތަހުނިޔާ ކިޔަން. ގަރުނެއްގެ ހަތަރު ބައި ކުޅަ އެއްބައި ފާހަގަ ކުރަމުންދާއިރު އަދިވެސް ތީ އަހަރެންގެ ބެސްޓް ފްރެންޑް. އަދި ފިރިހެނުންގެ ތެރެއިން ދެވަނައެއް ނެތް މީހެއް. ވަރަށް ލޯބިވޭ،" ފޮޓޯގެ ކެޕްޝަންގައި މިހެންނެވެ.

އޮބާމާ އާއި މިޝެލް ކައިވެނި ބައްލަވައިގެންފައި ވަނީ އޮކްޓޯބަރ 3، 1992 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި

ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި

28 އެޕްރީލު 2017
އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

17 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017
 ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

06 މާރިޗު 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު