މާތޭ ބްރޭންޑްގެ ޕްރޮޑަކްޓްތައް ރާއްޖޭގެ އެކި ރަށްރަށަށް!
17 އޯގަސްޓު 2026 | ހޯމަ 17:20އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސުރޭޝް ރައިނާގެ "މާތޭ" ބްރޭންޑުގެ ކުޑަކުދިންނަށް ޚާއްސަ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ވަނީ ތައާރަފުކޮށްފައި. ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ބްރޭންޑުގެ ތަފާތު އުފެއްދުންތައް މާލެއާއި އަތޮޅުތެރޭގެ ފިހާރަތަކުން މިހާރު ލިބެން ހުރިއިރު، މީސްމީޑިއާ މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައި


މާތޭ ބްރޭންޑްގެ ޕްރޮޑަކްޓްތައް ރާއްޖޭގެ އެކި ރަށްރަށަށް! | ރާއްޖެ އެމްވީ
2025 ވަނަ އަހަރު އިންޑިއާގައި އެއްވަނަ ހޯދާފައިވާ ތުއްތު ކުދިންގެ ބްރޭންޑް މާތޭ، މާލޭގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް، ފަހި ގްރޭންޑް، ވިލާ މާޓް ފަދަ ފިހާރަތަކުގެ އިތުރުން ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ފިހާރަތަކުން މިހާރު ލިބެން ހުންނާނެ އެވެ.
މިވަގުތު ކުޅުދުއްފުށި ސިޓީ ސިންޒިއާ އަދި ކ. ހުރާ ބީޗް ސްޓޯރ އަދި ކ. ހިންމަފުށި މޮސްކޯގެ އިތުރުން ބައެއް ރަށްރަށުން ލިބެންހުރިއިރު، ކައިރި މުސްތަގުބަލެއްގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ޅ، ނ. ށ، ހއ، އދ، ތ، ލ. އަދި ގއ. އަތޮޅުގެ ބައެއް ރަށްރަށުން ލިބެން ހުންނާނެ އެވެ.
އިންޑިއާ ކްރިކެޓް ޓީމްގެ ކެޕްޓަން ސުރޭޝް ރައިނާ އަދި އޭނާގެ އަނބިމީހާ ޕްރިޔަންކާ ޗައުދަރީ ރައިނާ 2019 ވަނަ އަހަރު ފެށިގެން އުފައްދާފައިވާ މާތޭ ބްރޭންޑް އެމެރިކާ، ޔޫރަޕް، ސައުތު އެމެރިކާ، ކެރީބިއަން އަދި އޭޝިއާގެ ގައުމުތަކުގައި މަގުބޫލުކަން ހޯދާފައިވެ އެވެ.
މާތޭ ބްރޭންޑް
ތުއްތުކުދިންގެ ހަންގަނޑަށް އަދި ސިއްހަތަށް ގެއްލުންދޭ ބާރުގަދަ ކެމިކަލްތަކާ ނުލައި، ގުދުރަތީ، ވީގަން އަދި އަޔުރުވެދިކް ފޯމިއުލާ ތެރެއިން ތައްޔާރުކޮށްފައިވާ، މާތެ ބްރޭންޑަކީ ތުއްތު ކުދިންނާއި ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް މިވަގުތު ރާއްޖޭން ލިބޭނެ އެންމެ ރަނގަޅު އެއް ބްރޭންޑެވެ.
ބޭބީ ޝޭމްޕޫ، ކިޑްސް ފޭސް ވޮޝް، ކިޑް ކޮންޑިޝަނަރ، ހެއަރ އޮއިލް، މަސާޖް އޮއިލް، ބޮޑީ ވޮޝް، ލޯޝަން، ބޮޑީ ބަޓަރ، ބޭބީ ޕައުޑަރ، ގިފްޓް ބޮކްސް އަދި ކުދިންނަށް ޚާއްސަ ގިނަ ޕްރޮޑަކްޓްތަކެއް ހިމެނޭއިރު އިތުރު ޕްރޮޑަކްޓްތައް އަންނަ މަހުން ފެށިގެން ލިބެން ހުންނާނެ އެވެ.
ހޯލްސޭލްގެ އިތުރުން، އޮންލައިންކޮށް އޯޑަރުކުރަން ބޭނުންވާ ފަރާތްތަކުން މާތޭގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް، ނުވަތަ 7799494 އަށް ވަޓްސްއެޕް ކުރުމުން ހޯލްސޭލް ޑެލިވަރީގެ އިތުރުން ގޭގެއަށް ޑެލިވަރީގެ ޚިދުމަތް ލިބޭނެ އެވެ.






