Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބާ ކައުންސިލް

ގާނޫނީ ދަރިވަރުންގެ އިމްތިހާން ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ހަމަޖައްސައިފައި އޮތް އޮތުން އަންނަ އަހަރަށް ފަސްކޮށްފި

31 ޖުލައި 2026 | ހުކުރު 12:04

ގާނޫނީ ދާއިރާގެ ކޯސްތަކުގެ އިމްތިހާނުތައް ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން 2027 ވަނަ އަހަރަށް ފަސްކޮށްފި. މި ބަދަލު ގެނައީ ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެންނާއި އެމްކިއުއޭގެ އިރުޝާދުގެ މަތިން ތައުލީމީ މަރުކަޒުތަކަށް އިދާރީ ގޮތުން ތައްޔާރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން. އެހެންކަމުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮންލައިންކޮށް ކޯސް ނިންމުމުގެ ފުރުސަތު ލިބޭނެ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 31 ޖުލައި 2026 | ހުކުރު 12:04
ގާނޫނީ ވަކީލުން ހުވާ ކުރެއްވި ރަސްމިއްޔާތެއްގެ ތެރެއިން. ފައިލް ފޮޓޯ

ގާނޫނީ ވަކީލުން ހުވާ ކުރެއްވި ރަސްމިއްޔާތެއްގެ ތެރެއިން. ފައިލް ފޮޓޯ | ރާއްޖެ އެމްވީ

މި ފެށޭ އޮގަސްޓު މަހުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާން ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ހަމަޖައްސައިފައި އޮތް އޮތުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ޖުލައި މަހުގެ 20 ވަނަ ދުވަހު ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށް، ބާ ކައުންސިލުން އެންމެ ދަށްވެގެން ފުރިހަމަވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ އުސޫލު އިސްލާހުކޮށް ވަނީ އާއްމުކޮށްފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ގާނޫނީ ފަންނުގެ ގާނޫނުން ބާ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލާފައިވާ މި މިންގަނޑުތަކަކީ ރާއްޖޭގައި ގާނޫނީ ތައުލީމު ދޭ މަރުކަޒުތަކުން ކޮންމެހެން އަމަލުކުރަންޖެހޭ އުސޫލުތަކެކެވެ. ބާ ކައުންސިލުން ގެނައި މި ބަދަލުތަކުގެ ތެރޭގައި، އިމްތިހާނުތައް ފިޒިކަލްކޮށް ބޭއްވުމުގެ އިތުރުން، އެ ކޯސްތަކުގައި އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް ބަދަލު ގެނެސްފައިިވެ އެވެ.

މި އުސޫލާއެކު ގިނަ އަދެދެއްގެ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އުސޫލު ބަދަލު ކުރުމަށް ގޮވާލައި، އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ފަށާފައި އެވެ. 

ބާ ކައުންސިލުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އެ އުސޫލަށް އަމަލުކުރަން އަންނަ މަހު ފަށައިފިނަމަ ގާނޫނީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް އިދާރީ ގޮތުންނާއި ފަންނީ ގޮތުން ގޮންޖެހުން ކުރިމަތިވާނެ ކަމަށެވެ. އަދި ކުރިން އެކްރެޑިޓުކޮށްފައިވާ ޕްރޮގްރާމުތަކަށް ބަދަލުތަކެއް ގެނެސް އެ ބަދަލުތަކާ އެއްގޮތަށް އެކްރެޑިޓޭޝަނަށް ހުށަހެޅުމަށާއި އެ ބަދަލުތަކާއެކު އެކްރެޑިޓްކުރުމަށް މުއްދަތެއް ދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެ ކައުންސިލަށް ހުށަހެޅި ކަމަށް ބާ ކައުންސިލުން ބުނެފައިވެ އެވެ. 

އެހެންކަމުން، އެ ހުށަހެޅުމަށް ރިއާޔަތްކޮށް، ބާ ކައުންސިލުން އެކަށައަޅައިފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރަން ފަށާނީ 2027 ވަނަ އަހަރުން ފެށިގެން ކަމަށް ނިންމައިފައިވާ ކަމަށް، އެ ކައުންސިލުގެ ބަޔާނުގައިވެ އެވެ. 

400 އަށް ވުރެ ގިނަ ދަރިވަރުން ސޮއިކޮށްފައިވާ ޕެޓިޝަންގައި، ބައެއް ދަރިވަރުންނަކީ ފިޒިކަލްކޮށް ހާޒިރުވެ އިމްތިހާނު ހަދަން އުނދަގޫ ދަރިވަރުންތަކެއް ކަމަށް ބުނެފަ އެވެ. އަދި ހުރިހާ ދަރިވަރުން ދިރިއުޅެމުންދަނީ މާލޭގައި ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ކުއްލިއަކަށް މިހެން ގެންނަ ބަދަލުތަކުން ވަރަށް ބޮޑަށް ދަތިވާ ކަމަށާއި، ބާ ކައުންސިލުން ގެނެސްފައި އޮތް ބަދަލު އަނބުރާ ގެންދިއުމަށް އެ ޕެޓިޝަންގައި ގޮވާލާފައި އެވެ. 

މީގެއިތުރުން ދަރިވަރުންގެ ޕެޓިޝަންގައި މިހާރު ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް، އެ ދަރިވަރުން ފުރަތަމަ ސޮއިކުރި އެއްބަސްވުމާއި އެއްގޮތަށް އޮންލައިންކޮށް ކޯސް ނިންމުމުގެ ފުރުސަތު ފުރިހަމައަށް ދިނުމަށް އެދިފައިވެ އެވެ. 

ބާ ކައުންސިލްޤާނޫނީ ވަކީލުންޝަރީއާ އެންޑް ލޯ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 ޖުލައި 2026

ހާޒިރުވެ އިމްތިހާނު ހަދަންޖެހޭ ގޮތަށް ގެނައި ކުއްލި ބަދަލާ ދެކޮޅަށް ގާނޫނު ކިޔަވާ ދަރިވަރުން ޕެޓިޝަނެއްގައި ސޮއިކުރަނީ!

22 ޖުލައި 2026
ހާޒިރުވެ އިމްތިހާނު ހަދަންޖެހޭ ގޮތަށް ގެނައި ކުއްލި ބަދަލާ ދެކޮޅަށް ގާނޫނު ކިޔަވާ ދަރިވަރުން ޕެޓިޝަނެއްގައި ސޮއިކުރަނީ!
25 ޑިސެމްބަރު 2025

ދައުލަތު ގެ ނުވަތަ ސަރުކާރު ގެ އިދާރާ އެއްގައި މަސައްކަތް ކުރުމުން އެ ވަކީލަކު ދައުލަތާ ދެކޮޅަށް ވަކާލާތުކުރުން މަނާ ނުކުރެވޭނެ: ބާ ކައުންސިލް

25 ޑިސެމްބަރު 2025
ދައުލަތު ގެ ނުވަތަ ސަރުކާރު ގެ އިދާރާ އެއްގައި މަސައްކަތް ކުރުމުން އެ ވަކީލަކު ދައުލަތާ ދެކޮޅަށް ވަކާލާތުކުރުން މަނާ ނުކުރެވޭނެ: ބާ ކައުންސިލް
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
06 ޑިސެމްބަރު 2025

ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!

06 ޑިސެމްބަރު 2025
ބާ ކައުންސިލް އިމްތިހާނުން 53 އިންސައްތަ ކެނޑިޑޭޓުން ފާހެއް ނުވޭ!
16 ސެޕްޓެމްބަރު 2025

މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަގުތު ދިނުމަށް ބާ ކައުންސިލުން ގޮވާލައިފި
14 މެއި 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި

14 މެއި 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި
05 މެއި 2025

ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި

05 މެއި 2025
ޖޭއެސްސީ އިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަަވަރު ކުރަން ބާ ކައުންސިލުން އެދެފި
27 ފެބުރުއަރީ 2025

ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ޖޭއެސްސީއަށް

27 ފެބުރުއަރީ 2025
ތިން ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި އިތުރު މައުލޫމާތު ހޯދުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ޖޭއެސްސީއަށް
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ
17 މާރިޗު 2024

ބާ ކައުންސިލްގެ ރައީސަކަށް ސިރާޖް

17 މާރިޗު 2024
ބާ ކައުންސިލްގެ ރައީސަކަށް ސިރާޖް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް