Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބާ ކައުންސިލް

ހާޒިރުވެ އިމްތިހާނު ހަދަންޖެހޭ ގޮތަށް ގެނައި ކުއްލި ބަދަލާ ދެކޮޅަށް ގާނޫނު ކިޔަވާ ދަރިވަރުން ޕެޓިޝަނެއްގައި ސޮއިކުރަނީ!

ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ނިންމުމާ ގުޅިގެން، އޮންލައިންކޮށް ކިޔަވާ ދަރިވަރުން ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަނެއްގައި ދަނީ ސޮއިކުރަމުން. މި ނިންމުމުގެ ސަބަބުން އަތޮޅުތެރޭގައި ދިރިއުޅޭ ދަރިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެތީ، އެ ނިންމުން މުރާޖައާކޮށްދިނުމަށް ދަރިވަރުން ދަނީ ގޮވާލަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖުލައި 2026 | ބުދަ 13:29
ގާނޫނީ ވަކީލުން ހުވާ ކުރެއްވި ރަސްމިއްޔާތެއްގެ ތެރެއިން.  ފައިލް ފޮޓޯ

ގާނޫނީ ވަކީލުން ހުވާ ކުރެއްވި ރަސްމިއްޔާތެއްގެ ތެރެއިން. ފައިލް ފޮޓޯ | ރާއްޖެއެމްވީ

ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނު ހާޒިރުވާން ޖެހޭ ގޮތަށް ބާ ކައުންސިލުން ބަދަލު ކުރުމާ ގުޅިގެން އޮންލައިންކޮށް ކޯސް ހަދަމުންދާ ގާނޫނީ ދާއިރާގެ ދަރިވަރުން އެކަމާ ދެކޮޅަށް އަޑު އުފުލައި، ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ. 

މިމަހުގެ 20 ވަނަ ދުވަހު ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށް، ބާ ކައުންސިލުން އެންމެ ދަށްވެގެން ފުރިހަމަވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ އުސޫލު އިސްލާހުކޮށް ވަނީ އާއްމުކޮށްފަ އެވެ.

އެގޮތުން ގާނޫނީ ފަންނުގެ ގާނޫނުން ބާ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލާފައިވާ މި މިންގަނޑުތަކަކީ ރާއްޖޭގައި ގާނޫނީ ތައުލީމު ދޭ މަރުކަޒުތަކުން ކޮންމެހެން އަމަލުކުރަންޖެހޭ އުސޫލުތަކެކެވެ. ބާ ކައުންސިލުން ގެނައި މި ބަދަލުތަކުގެ ތެރޭގައި، އިމްތިހާނުތައް ފިޒިކަލްކޮށް ބޭއްވުމުގެ އިތުރުން، އެ ކޯސްތަކުގައި އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް ބަދަލު ގެނެސްފައިިވެ އެވެ. 

މި އައު އުސޫލަށް އޮގަސްޓް މަހުން ފެށިގެން އަމަލު ކުރަން ފަށާއިރު، ގާނޫނީ ދާއިރާއިން އޮންލައިންކޮށް ކިޔަމުންދާ ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އުސޫލު ބަދަލު ކުރުމަށް ގޮވާލައި، އޮންލައިން ޕެޓިޝަނެއްގައި ވަނީ ސޮއި ކުރަން ފަށާފަ އެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ޝަރީއާ އެންޑް ލޯ ކިޔަވާ ދަރިވަރުންތަކެއް ބުނީ، ކޯހުގައި ކިޔަވަން ފެށީ އޮންލައިން ކޮށް ކިޔަވައިދޭތީ ކަމަށާއި، ކޯހުގެ މެދުތެރެއިން ނުވަތަ ނިމެންދާއިރު ކުއްލި އަކަށް މިހެން ގެންނަ ބަދަލުތަކުން ވަރަށް އުދަނގޫވާ ކަމަށެވެ. 

ނަމަވެސް އަލަށް ކޯސް ފަށާ ދަރިވަރުންނަށް އެގޮތަށް އަމަލުކުރި ނަމަވެސް އެއްވެސް ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް ނެތް ކަމަށް އެ ދަރިވަރުން ބުނެފައިވެ އެވެ. 

މިދަރިވަރުންތައް ތައްޔާރުކުރި ޕެޓިޝަންގައި ވެސް ވަނީ ބައެއް ދަރިވަރުންނަކީ ފިޒިކަލްކޮށް ހާޒިރުވެ އިމްތިހާނު ހަދަން އުނދަގޫ ދަރިވަރުންތަކެއް ކަމަށް ބުނެފަ އެވެ. އަދި ހުރިހާ ދަރިވަރުން ދިރިއުޅެމުންދަނީ މާލޭގައި ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ކުއްލި އަކަށް މިހެން ގެންނަ ބަދަލުތަކުން ވަރަށް ބޮޑަށް ދަތިވާ ކަމަށާއި، ބާ ކައުންސިލުން ގެނެސްފައި އޮތް ބަދަލު އަނބުރާ ގެންދިއުމަށް އެ ޕެޓިޝަންގައި ގޮވާލާފައި އެވެ.

މީގެ އިތުރުން ޕެޓިޝަންގައި ބުނީ، ފިޒިކަލް އިމްތިހާނު ހަދަން ލާޒިމް ކުރުމަކީ ގިނަ ދަރިވަރުންނަށް އިންސާފެއް ނޫން ކަމަށެވެ. އަދި މިހާރު ވެސް އޮންލައިންކޮށް އިމްތިހާނު ހަދާއިރު ލޮކްޑައުން ވެބް ބްރައުސަރުތަކާއި ވެބްކެމް ބޭނުންކުރުމުގެ އިތުރުން އިމްތިހާނުތަކުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށް ބުނެފައިވެ އެވެ. އަދި އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް އޮންލައިންކޮށް އިމްތިހާނުތައް ބާއްވާކަން ފާހަގަކޮށް ބާ ކައުންސިލުގެ ނިންމުން އަލުން މުރާޖައާކޮށް ދިނުމަށް އެދިފައިވެ އެވެ. 

ބުދަ ދުވަހުގެ ހަވީރުގެ ވަގުތާ ހަމައަށް ވެސް 200ށް ވުރެ ދަރިވަރުން މި ޕެޓިޝަންގައި ސޮއިކޮށްފައިވާއިރު، ދަރިވަރުންނަށް އިންސާފުވެރި ގޮތަކަށް މި ނިންމުން ބަދަލުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ކޯހުގައި ކިޔަވަމުންދާ ދަރިވަރުން ބުނެފައިވެ އެވެ. 

ޝަރީއާ އެންޑް ލޯޤާނޫނީ ވަކީލުންދިވެހިރާއްޖޭގެ ބާ ކައުންސިލް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ދައުލަތު ގެ ނުވަތަ ސަރުކާރު ގެ އިދާރާ އެއްގައި މަސައްކަތް ކުރުމުން އެ ވަކީލަކު ދައުލަތާ ދެކޮޅަށް ވަކާލާތުކުރުން މަނާ ނުކުރެވޭނެ: ބާ ކައުންސިލް

25 ޑިސެމްބަރު 2025
ދައުލަތު ގެ ނުވަތަ ސަރުކާރު ގެ އިދާރާ އެއްގައި މަސައްކަތް ކުރުމުން އެ ވަކީލަކު ދައުލަތާ ދެކޮޅަށް ވަކާލާތުކުރުން މަނާ ނުކުރެވޭނެ: ބާ ކައުންސިލް
14 މެއި 2025

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޑުޖައްސާލަން ނޭޕާލުގެ ބާ ކައުންސިލުން ވެސް ގޮވާލައިފި

14 މެއި 2025
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޑުޖައްސާލަން ނޭޕާލުގެ ބާ ކައުންސިލުން ވެސް ގޮވާލައިފި
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު