Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަކަރާއި ހީލަތް ހެދުން

ޝަރޫޫ ލޯންޗުގެ ޑޮލަރު މައްސަލަ: މުޝްތާގުގެ ޕާސްޕޯޓް ދޫވި ގޮތާ މެދު ސުވާލު އުފެދިއްޖެ

1 އޮކްޓޯބަރު 2017 | އާދީއްތަ 12:46

އެންމެންގެ ޕާސްޕޯޓް ހިފަހައްޓައި އެކައުންޓްތައް ފްރީޒް ކޮށްފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 1 އޮކްޓޯބަރު 2017 | އާދީއްތަ 12:46
ޝަރޫ ކުންފުނީގެ ހިއްސާދާރު ސަބާހު އަހުމަދު

ޝަރޫ ކުންފުނީގެ ހިއްސާދާރު ސަބާހު އަހުމަދު

ބައެއް ކުންފުނިތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ފައިސާ ނެގުމަށް ފަހު މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ ޝަރޫ ލޯންޗް ސަރވިސަސްގެ ހިއްސާދާރުންނާއި މޮރިޝަސް ކޮމާޝަލް ބޭންކް(އެމްސީބީ)ގައި މަސައްކަތް ކުރި މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައި، އިބްތިދާއީ އަޑުއެހުން ފަށައިފި އެވެ.

ޑޮލަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވަނީ ޝަރޫ ލޯންޗް ސަރވިސަސްގެ ދެ ހިއްސާދާރުން ކަމަށްވާ، މާލޭ ދަފްތަރު ނަންބަރު 1232، މުހައްމަދު މުޝްތާގާއި ބ.ތުޅުދޫ ކަންކަމަތީގޭ ސަބާހު އަހުމަދުގެ އިތުރުން، އެމްސީބީގައި މަސައްކަތް ކުރި މ.ފާގަތިގެ އިބްރާހީމް ހުނައިން އަހްމަދުގެ މައްޗަށެވެ. މީގެ އިތުރުން މ. ގްރީންޕީކް އިބްރާހިމް ނަސީމްގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެއެވެ.

Advertisement - newsAdvertisement

މީގެ ތެރެއިން މުޝްތާގުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ތިން ދައުވާއެއް އުފުލާފައިވާއިރު، ސަބާހުގެ މައްޗަށް އެ ކުށުގެ ދެ ދައުވާއެއް އުފުލާފައިވެއެވެ. ހުނައިނާއި ނަސީމްގެ މައްޗަށް ކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައަކީ އަމިއްލަ ކުންފުންޏަކަށް ދޫކުރި 345،000 އެމެރިކާ ޑޮލަރުގެ ދެ ޗެކެއްގެ މައްސަލަ އެވެ. އެއީ ގާތްގަނޑަކަށް 10.6 މިލިއަން ރުފިޔާ އެވެ. ދެ ޗެކުގެ ތެރެއިން އެއްޗެކް ކްލިއާވި އިރު އަނެއް ޗެކް ވަނީ ބައުންސްވެފަ އެވެ.

މި މައްސަލަތަކުގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން އާދިއްތަ ދުވަހު ބޭއްވިއިރު، މުޝްތާގު ހާޒިރުވެފައެއް ނުވެ އެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ ކޯޓަށް ހާޒިރުވުމަށް މުޝްތާގަށް ޗިޓް ފޮނުވުމުން ރާއްޖޭގައި ނޫޅޭ ކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ގާޒީ ވިދާޅުވީ މުޝްތާގުގެ މަންމަ ބަލިވެގެން މިހާރު ހުރީ ލަންކާގައި ކަމަށާއި އޭނާ ގެނެއުމަށް ކުރަންޖެހޭ ކަންތައްތައް ކޯޓުން ކުރާނެ ކަމަށެވެ.

ޑޮލަރުގެ މައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، މުޝްތާގުގެ ޕާސްޕޯޓް ދޫކުރި ގޮތާ މެދު ސުވާލު އުފެދުނެވެ. ހުނައިނުގެ ފަރާތުން ޕާސްޕޯޓް ދޫކޮށް ދިނުމަށް ވަކީލު އާދަމް މުހައްމަދު އެދިވަޑައިގަތުމާއެކު ވަކި ބައެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކީއްވެތޯ ގާޒީ ސުވާލު ކުރެއްވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓް ހިފަހައްޓައި އެކައުންޓްތައް ވެސް ފްރީޒް ކޮށްފައިވާނެ ކަމަށެވެ. އަދި ހުރިހާ އެންމެންގެ ޕާސްޕޯޓް ހިފަހައްޓާފައި ބޭއްވުމަށް ސެޕްޓެމްބަރު 10 ވަނަ ދުވަހު ފުލުހުންނަށް ސިޓީ ފޮނުވާފައިވާނެ ކަމަށާއި އޭގެ ފަހުން އެންމެންގެ ޕާސްޕޯޓް ހިފަހެއްޓިފައިވާ ކަމަށް ބުނެ ސެޕްޓެމްބަރު 17 ވަނަ ދުވަހު ފުލުހުން ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މައްސަލައިގައި ހިމެނޭ އެއްވެސް މީހެއްގެ ޕާސްޕޯޓް ދޫކޮށްފައިވާނަމަ އެކަން ހިނގި ގޮތެއް ޖެހޭނީ ފުލުހުންގެ މުއައްސަސާއިން ސާފުކުރަން ކަމަށެވެ.

ގާޒީ އާދަމް އާރިފް ވިދާޅުވީ މުޝްތާގުގެ ޕާސްޕޯޓް ދޫކުރި ގޮތެއް ކޯޓުން ބަލައި، އެކަން ހިނގާފައިވާ ގޮތް ސާފު ކުރައްވާނެ ކަމަށެވެ.

އާދިއްތަ ދުވަހުގެ އަަޑުއެހުން ނިންމާލާފައިވަނީ ސަބާހާއި ނަސީމަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހުގަ އެވެ.

ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯ އިން ޑޮލަރު ގަންނަން ދިން ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ޝަރޫ ލޯންޗް ސަރވިސްގެ ގިނަ މައްސަލަތަކެއް ފުލުހުން ތަހުގީގީ ކޮށްފައި ވެއެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މި މައްސަލަތައް ތަހުގީގުކުރެ އެވެ.

ފެނަކައިން އެއް މިލިއަން ޑޮލަރު ގަތުމަށް 17 މިލިއަން ރުފިޔާ އެކުންފުންޏަށް ދޫކުރިއިރު، ސްޓެލްކޯ އިން ދެ ލައްކަ ޑޮލަރު ގަތުމަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކުންފުންޏަށް ދިނެވެ. އެހެން ނަމަވެސް، ޝަރޫ ލޯންޗް ސަރވިސް އިން ދޫކުރި ޑޮލަރު ޗެކްތައް ވަނީ ބައުންސްވެފަ އެވެ.

ފެނަކައިން އެ މައްސަލައިގައި ދައުވާކުރުމުން، އޯގަސްޓް މަހުގެ ތެރޭގައި ސިވިލް ކޯޓުން ވަނީ އެ ފައިސާ އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗްގެ މައްޗަށް ހުކުމް ކޮށްފަ އެވެ. ސްޓެލްކޯ އިން ވެސް ވަނީ ޑޮލަރު ގަންނަން ދިން ފައިސާ އަނބުރާ ލިބިފައިނުވާ ކަމަށް ބުނެ އެ ކުންފުނީގެ މައްޗަށް ދައުވާ ކޮށްފަ އެވެ.

ޝަރޫއާ ދެކޮޅަށް ދެ ކުންފުނިން ދައުވާކުރިއިރު، ޝަރޫ ކުންފުނިން ވަނީ، ކުންފުނިތަކަށް ޑޮލަރު ނުދެވުނީ މޮރިޝަސް ކޮމާޝަލް ބޭންކުގެ އިހުމާލުން ކަމަށް ބުނެ އެ ބޭންކާ ދެކޮޅަށް 150 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފަ އެވެ.

ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކުމުގެ މުއާމަލާތް ޝަރޫ ކުންފުނިން ހިންގިއިރު، އެއީ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ވެސް ނެތް ކުންފުންޏެކެވެ. އެހެންވެ ޝަރޫ ކުންފުންޏާ މެދު ފިޔަވަޅު އަޅައިދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް