Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއާބާދީ ދުވަސް

ޔޫއެންއެފްޕީއޭ: އޭޝިއާގެ މުސްތަގުބަލު ބިނާވެފައިވަނީ އުފަންވާ ނިސްބަތަކަށް ނުވަތަ އާބާދީގެ އަދަދުތަކަކަށް ނޫން، އެކަން ބިނާވަނީ ޒުވާނުންނަށް އޮތް ފުރުސަތުތަކެއްގެ މައްޗަށް

12 ޖުލައި 2026 | އާދީއްތަ 08:00

އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ އާބާދީއަށް އަންނަ ބަދަލުތަކާ ގުޅިގެން، ތަފާސްހިސާބުތަކަށްވުރެ ބޮޑަށް ޒުވާނުންނަށް ހުރި ފުރުސަތުތަކަށް އިސްކަންދޭން ޖެހޭ ކަމަށް ޔޫއެންއެފްޕީއޭ އިން ބުނެފިއެވެ. ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި ބޯހިޔާވަހިކަމުގެ ދަތިކަން ފަދަ ގޮންޖެހުންތަކާ ހުރެ އާއިލާ ބިނާކުރުމަށް ޒުވާނުންނަށް ހުރަސްތައް ކުރިމަތިވާތީ، ސަރުކާރުތަކުން ތައުލީމާއި ވަޒީފާގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހެއެވެ.

ރާއްޖެ އެމްވީ | 12 ޖުލައި 2026 | އާދީއްތަ 08:00
ދުނިޔޭގެ އާބާދީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަސް ފާހަގަކުރާއިރު، ދުނިޔޭގެ އާބާދީއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ ދުވަހު ގިނަ ހަރަކާތްތަކެއް ހިންގާ

ދުނިޔޭގެ އާބާދީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަސް ފާހަގަކުރާއިރު، ދުނިޔޭގެ އާބާދީއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ ދުވަހު ގިނަ ހަރަކާތްތަކެއް ހިންގާ | ގެޓީ އިމޭޖަސް

އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ މުސްތަގުބަލު ބިނާވެފައިވަނީ އުފަންވާ ނިސްބަތަކަށް ނުވަތަ އާބާދީގެ އަދަދުތަކަކަށް ނޫން ކަމަށާއި، އެއީ ޒުވާނުންނަށް އުންމީދު ކުރާނެ ފުރުސަތުތަކެއް އޮތް މިންވަރެއްގެ މައްޗަށް ކަމަށް އދ. ގެ އާބާދީއާ ބެހޭ ފަންޑު (ޔޫއެންއެފްޕީއޭ) އިން ބުނެފި އެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި، ޔޫއެންއެފްޕީއޭ އިން އޭޝިއާ އާއި ޕެސިފިކް ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނެވި ވަގުތީ ރީޖަނަލް ޑައިރެކްޓަރު ޑރ. އެލެގްޒެންޑަރ (ސާޝާ) ބޮޑިރޯޒާ ވިދާޅުވީ، އާބާދީއަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ކުރެވޭ މަޝްވަރާތަކުގައި ތަފާސްހިސާބުތަކަށްވުރެ ބޮޑަށް، ޒުވާނުންނަށް ލިބެން ހުރި ފުރުސަތުތަކަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

މި ސަރަހައްދުގެ ގިނަ ގައުމުތަކެއްގައި އުފަންވާ ނިސްބަތް ދަށްވެ، އާބާދީ މުސްކުޅިވަމުންދާ މައްސަލައާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، ގިނަ ޒުވާނުން އަދިވެސް ކައިވެނިކޮށް ދަރިން ހޯދުމަށް ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ބޯހިޔާވަހިކަމުގެ ޔަގީންކަން ނެތުމާއި، ވަޒީފާގެ ރައްކާތެރިކަން ކުޑަވުމުގެ އިތުރުން، ފަރަގުތައް ބޮޑުވަމުން ދިއުމުގެ ސަބަބުން ޒުވާނުން ބޭނުންވާ ފަދަ މުސްތަގުބަލެއް ބިނާކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫއެންއެފްޕީއޭގެ "ޑެމޮގްރަފިކް ފިއުޗާސް ސާވޭ" އިން ފާހަގަވެފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރީޖަނަލް ޑައިރެކްޓަރު ވިދާޅުވީ، އާއިލާއެއް ބިނާކުރުމާ މެދު ގޮތް ނިންމުމުގައި މާލީ ތަނަވަސްކަމާއި، ދާއިމީ ވަޒީފާ އަދި އެކަމަށް ތައްޔާރުވެފައިވާ ކަމުގެ އިހުސާސްވުމަކީ އެންމެ މުހިންމު ކަންތައްތައް ކަމަށެވެ.

ގިނަ ޒުވާނުންނަކީ ހަމައެކަނި ވަޒީފާ ނުވަތަ އާއިލީ ދިރިއުޅުން، މީގެ ތެރެއިން ކޮންމެވެސް އެއް ކަމެއް އިޚްތިޔާރު ކުރަން ބޭނުންވާ ބައެއް ނޫން ކަމަށާއި، ނަމަވެސް އެމީހުންނަށް ދިމާވެފައިވާ ގޮންޖެހުމަކީ މި ދެ ކަންތައް އެކުގައި ކުރިއަށް ގެންދެވޭނެ ފަދަ މާހައުލެއް ނެތުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ޚާއްސަކޮށް އަންހެނުންނަށް، ގޭތެރޭގެ ޒިންމާތައް އުފުލުމުގައި ހަމަހަމަކަން ނެތުމާއި، އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް މަދުވުމުގެ އިތުރުން، އިގްތިސާދީ ނުތަނަވަސްކަމާއި ތަފާތުކުރުންތަކުގެ ބިރުވެރިކަން ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑރ. ބޮޑިރޯޒާ ބާރުއަޅުއްވައި ވިދާޅުވީ، އާބާދީއަށް އަންނަ ބަދަލުތަކާ ގުޅޭ ގޮންޖެހުންތަކަށް ހައްލު ހޯދޭނީ މީހުންގެ އަމިއްލަ ނިންމުންތަކަށް ނުފޫޒު ފޯރުވައިގެން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ސަރުކާރުތަކުން ފެންވަރު ރަނގަޅު ތައުލީމާއި، އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކާއި، އަގުހެޔޮ ބޯހިޔާވަހިކަމާއި، ސިއްހީ ޚިދުމަތާއި، އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރުން، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އިންވެސްޓްކޮށް، ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަކީ ވެސް މުސްތަގުބަލާ މެދު އޮތް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން، މޫސުމީ ކާރިސާތައް އިތުރުވުމާއި ތިމާވެށި ހަލާކުވަމުން ދިއުމުގެ ސަބަބުން، މުޅި ސަރަހައްދުގެ ޒުވާން ޖީލުތަކުގެ މުސްތަގުބަލަށް އޮތް އުންމީދުތަކަށް އަސަރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އާބާދީގެ މުސްތަގުބަލަކީ ކުރިން ކަނޑައެޅިފައިވާ އެއްޗެއް ނޫން. އެއީ މިއަދު މުޖުތަމައުތަކުން ނިންމާ ނިންމުންތަކުގެ މައްޗަށް ބިނާވެގެން ބައްޓަންވާނެ އެއްޗެއް،" ޑރ. ބޮޑިރޯޒާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، ހަރުދަނާ އިގްތިސާދަކާއި ކުރިއަރާފައިވާ މުޖުތަމައެއް ބިނާކުރެވޭނީ ޒުވާނުންނަށް ހަގީގީ ފުރުސަތުތަކާއި އުންމީދު ކުރާނެ ސަބަބުތަކެއް ހޯދައިދީގެން ކަމަށެވެ.

އޭޝިއާ-ޕެސިފިކްޔޫއެންއެފްޕީއޭޑރ. އެލެގްޒެންޑަރ (ސާޝާ) ބޮޑިރޯޒާދުނިޔޭގެ އާބާދީ ދުވަސްޑެމޮގްރަފިކް ފިއުޗާސް ސާވޭ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2026

އާމްދަނީއެއް ނުލިބޭ ގޮތަށް ދުވަސްވީ މީހުން ބެލުމަށް އޮންނަ އޮތުން ލުއިކޮށްދެވޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

11 ޖުލައި 2026
އާމްދަނީއެއް ނުލިބޭ ގޮތަށް ދުވަސްވީ މީހުން ބެލުމަށް އޮންނަ އޮތުން ލުއިކޮށްދެވޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
04 ޖުލައި 2026

2030 ވަނަ އަހަރު އަންނައިރު ތިމާވެއްޓާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ނުވާނެ!

04 ޖުލައި 2026
2030 ވަނަ އަހަރު އަންނައިރު ތިމާވެއްޓާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ނުވާނެ!
14 މާރިޗު 2026

އޭޝިއާ ޕެސިފިކް އަށް ތެޔޮ ފޯރުކޮށްދިނުމުގެ ޤާބިލުކަން އެމެރިކާ އަށް ލިބިގެންވާ ކަމަށް އިންޓީރިއާ ސެކްރެޓަރީ ވިދާޅުވެއްޖެ

14 މާރިޗު 2026
އޭޝިއާ ޕެސިފިކް އަށް ތެޔޮ ފޯރުކޮށްދިނުމުގެ ޤާބިލުކަން އެމެރިކާ އަށް ލިބިގެންވާ ކަމަށް އިންޓީރިއާ ސެކްރެޓަރީ ވިދާޅުވެއްޖެ
26 ސެޕްޓެމްބަރު 2025

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ
11 ޖުލައި 2025

ދިވެހިރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާއިރު، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

11 ޖުލައި 2025
ދިވެހިރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާއިރު، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް