Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ

ފެނަކައިން އައްޑޫގައި ދޭ ފެނުގެ ޚިދުމަތާއި ކައިރި ނުވުމަށް ގޮވާލަން: އަލީ ނިޒާރު

އައްޑޫގެ ރައްޔިތުންނަށް އެފަދަ ތަކުލީފެއް ޖައްސަންވީ ސަބަބެއް ނުވިސްނޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 12:34
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު

ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި ދޭން ތައްޔާރުވާ ފެނުގެ ޚިދުމަތާއި ކައިރި ނުވުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު އައްޑޫ ރައްޔިތުންނަށް ގޮވާލަައްވައިފިއެވެ.

ނިޒާރު އޭނާގެ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއެްގައި ވިދާޅުވީ، އަގުބޮޑު ޚިދުމަތެއްގެ ގޮތުގައި، އައްޑޫސިޓީގެ ރައްޔިތުންނަށް ފެނަކައިން ދޭން ފަށާ ފެނުގެ ޚިދުމަތުން އާއްމު ރައްޔިތުންގެ އަތުން ގޭބިސީއަކުން ކޮންމެ ޓަނަކުން 65 ރ. އަދި ވިޔަފާރިތަކުން 100ރ. ނަގަން ނިންމާފައިވާކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، މާލޭގައި ފެނުގެ ޚިދުމަތުގެ އަގު ޓަނަކަށް 22ރ. އަށް ހުރިއިރު އައްޑޫގެ ރައްޔިތުންނަށް އެފަދަ ތަކުލީފެއް ޖައްސަންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ. ނިޒާރު ވިދާޅުވީ، ފެނަކައިން އައްޑޫގައި އެ ޚިދުމަތް މިމަހުގެ ތެރޭގައި ދޭންފަށާފައިވާއިރު މިހާރު ރީޑިން ނަގަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، މި ރޭޓަށް ބަލާއިރު، ކެފޭއަކަށް މަހަކު އެވްރެޖްކޮށް 18000ރ. އަރާނެ ކަަމަށެވެ. މިއީ ވިޔަފާރިތަކަށް ކެތްވާވަރުގެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ، އައްޑޫ ރައްޔިތުންނަށް އެހާބޮޑު އަގެއްގައި ފެނުގެ ޚިދުމަތްހޯދުމަކީ ކުޅަދާނަކަމެއް ނޫންކަމަށެވެ. އަދި އެ އަގުގައި ފެނަކައިން އައްޑޫގެ ރައްޔިތުން ފެނުގެ ޚިދުމަތް ނުހޯދުމަށް އައްޑޫ ރައްޔިތުންނަށް ނިޒާރު ވަނީ ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!

23 މާރިޗު 2017
އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!
22 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
18 މާރިޗު 2017

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ
13 މާރިޗު 2017

ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ

13 މާރިޗު 2017
ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ
12 މާރިޗު 2017

ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

12 މާރިޗު 2017
ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު