Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއާޕޯޓު ތަރައްޤީކުރުން

ލާމު އަތޮޅުގެ ދެވަނަ އެއާޕޯޓު ތަރައްޤީކުރާނީ އިސްދޫ ކަލައިދޫގައި: މިނިސްޓްރީ

ލާމު އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށްޓަކައި އެ އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި. ރައީސުލްޖުމްހޫރިއްޔާގެ މި ވައުދުފުޅު ފުއްދުމަށްޓަކައި އެ ރަށް ހަމަޖެއްސީ، އެއީ އާބާދީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ބިންބޮޑު ރަށަކަށް ވާތީ. ނަމަވެސް، އިގްތިސޯދީ ދަތިތަކާ ހުރެ ބައެއް މަޝްރޫއުތައް މަޑުޖެހިފައިވާތީ، މި މަސައްކަތް އަމަލީ ގޮތުން ފެށޭނެ ދުވަހަކާ މެދު އާންމު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އެބަހުރި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖޫން 2026 | ބުރާސްފަތި 09:51
ލ. އިސްދޫ

ލ. އިސްދޫ | އެމްޓީސީސީ

ލާމު އަތޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ދެވަނަ އެއާޕޯޓު އެ އަތޮޅު އިސްދޫ ކަލައިދޫގައި އެޅުމަށް ނިންމާފައިވާކަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ހާމަކޮށްފިއެވެ.

 އެ މިނިސްޓްރީން ބުރާސްފަތި ދުވަހު އާންމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ، ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީ ކުރާނީ އިސްދޫ ކަލައިދޫގައި ކަމަށެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނި ގޮތުގައި ލ. އަތޮޅަކީ ގުދުރަތީ ގޮތުން ރީތި، އަދި އިގްތިސޯދީ ގޮތުން ބޮޑެތި ފުރުސަތުތަކެއް އޮތް އަތޮޅެކެވެ. އެ އަތޮޅު ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކޮށް، އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އިސްދޫ ކަލައިދޫއަކީ ބިން ބޮޑު ރަށަކަށް ވުމާއެކު، އެ ރަށަކީ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ލާމު އަތޮޅުގައި މިހާރުވެސް ކައްދޫގައި އެއާޕޯޓެއް ހިންގަމުން އަންނައިރު، އެ އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެއާޕޯޓު އަޅާނެ ސަރަހައްދެއް ވަރަށް އަވަހަށް ކަނޑައަޅައި، އެ ވައުދު ފުއްދަވާނެ ކަމަށް ރައީސް މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން އައު އެއާޕޯޓެއްގެ މަޝްރޫއު އިއުލާނުކޮށްފައި މިވަނީ، ކުރީގެ ސަރުކާރުން ފަށާފައިވާ އަދި މި ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި އެކި ރަށްރަށުގައި ކުރިއަށްދާ އެއާޕޯޓު މަޝްރޫއުތައްވެސް އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރިކަން ފާހަގަކުރެވެއެވެ.

އައު އެއާޕޯޓުތަކުގެ ވައުދުތައް ސަރުކާރުން ވަމުންދިޔަ ނަމަވެސް، އަމަލީ ގޮތުން މަސައްކަތްތައް ފެށިގެން ކުރިއަށް ނުދާތީ އާންމު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ހާއްސަކޮށް އިގްތިސޯދީ ދަތިތަކާ ހުރެ ގިނަ މަޝްރޫއުތަކެއް މަޑުޖެހިފައި އޮތުމަކީ ރައްޔިތުންގެ ޝަކުވާ އޮތް ކަމެކެވެ.

ލ އަތޮޅުއިސްދޫ ކަލައިދޫކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީޑރ. މުޙައްމަދު މުޢިއްޒުކައްދޫ

އިތުރަށް ކިޔާލަން

25 ޖޫން 2026

ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި

25 ޖޫން 2026
ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި
24 ޖޫން 2026

އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭ: ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރައްވައިފި

24 ޖޫން 2026
އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭ: ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރައްވައިފި
24 ޖޫން 2026

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަން ކުރައްވައިފި

24 ޖޫން 2026
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަން ކުރައްވައިފި
24 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި

24 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
24 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް

24 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު