Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

އިންޑިއާ އިން ރޮހިންޖާ މުސްލިމުން ބޭރުކުރުން ހުއްޓުވުމަށް އެމްނެސްޓީ އިން ކެމްޕެއިނެއް ފަށައިފި

އިންޑިއާގައި 40000 އެއްހާ ރޮހިންޖާ މުސްލިމުން އުޅޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 27 ސެޕްޓެމްބަރު 2017 | ބުދަ 08:20
އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ އެބައިމީހުންގެ ގައުމު ދޫކޮށްދާން ޖެހިފައި

އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ އެބައިމީހުންގެ ގައުމު ދޫކޮށްދާން ޖެހިފައި

އިންޑިއާގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުން އެގައުމުން ޑީޕޯޓު ކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް، އިންސާނީ ހައްގުތަަކަށް މަސައްކަތް ކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަަލް އިން އޮންލައިން ކެމްޕެއިނެއް ފަށާ ޕެޓިޝަނެއް އިފްތިތާހް ކޮށްފިއެވެ.

"istandwithrohingyarefugees# " ނަމުގައި އެމްނެސްޓީ އިން އޮންލައިން ކެމްޕެއިނެއް ފަށާފައިވާއިރު، އިންޑިއާ އިން ދެކެނީ އިންޑިއާ ހިމާޔަތް ހޯދާ ރޮހިންޖާ މުސްލިމުންނަކީ ގަވާއިދުން އިންޑިއާ އަށް އެތެރެވެގެން އުޅޭ ބައެއް ކަމަށެވެ.

ދާދިފަހުން އިންޑިއާގެ ސަރުކާރުން ބުނެފައި ވަނީ އިންޑިއާގައި އުޅެމުންދާ ބައެއް ރޮހިންޖާ މުސްލިމުން "ޓެރަރިސްޓް ޖަމާއަތްތަކާ" ގުޅުން އޮންނަ ކަމުގެ ހެކި ލިބިފައިވާ ކަަމަށެވެ.

"އެމްނެސްޓީ އިންޓަނޭޝަނަލް އިންޑިއާ" ގެ ޕްރޮޖެކްޓް މެނޭޖަރު އަރިޖީޓް ސެން އަލްޖަޒީރާ އަށް ވިދާޅުވެފައި ވަނީ "އިންޑިއާގެ މަގާމަށް ބަލާއިރު، ރޮހިންޖާ މުސްލިމުން އިންޑިއާ އިން ބޭރުކުރުން ހުއްޓުވުމަކީ އެގައުމަށް ގާނޫނީ ގޮތުންނާ އަދި މޯރަލް ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ."

ބަންގްލަދޭޝް އާއި ގުޅިފައިވާ އިންޑިއާގެ އިރުމަތީ ބޯޑަރު ހުރަސްކޮށް އަންނަ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް، އެބައި މީހުން އިންޑިއާ އަށް އެތެރެވުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ބޭނުން ކުރަމުންދާ ކަމަށް ވެސް ދާދިފަހުން ރިޕޯޓުތައް ބުނެފައިވެއެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ވުމަށް މިހާތަނަށް 400،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު