Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަކީލުން ސަސްޕެންޑް ކުރުން

ވަކީލުން ސަސްޕެންޑްކުރި މައްސަލައިގައި އިންޑިއާގެ ސުޕްރީމް ކޯޓް ބާރ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި

26 ސެޕްޓެމްބަރު 2017 | އަންގާރަ 11:35

އިންޑިއާގެ ސުޕްރީމް ކޯޓް ބާރ އެސޯސިއޭޝަނުން 21 މެމްބަރުން އުޅުއްވާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ސެޕްޓެމްބަރު 2017 | އަންގާރަ 11:35
ވަކީލުންތަކެއް ހަރަކާތްތެރިވަނީ

ވަކީލުންތަކެއް ހަރަކާތްތެރިވަނީ

ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑްކުރި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އިންޑިއާގެ ސުޕްރީމް ކޯޓް ބާރ އެސޯސިއޭޝަނުން ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ސިޓީއެއް ފޮނުވައިފި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓް ބާރ އެސޯސިއޭޝަންގެ ރައީސް ރުޕިންދަރު ސިންގް ސޫރީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވާ ގޮތުގައި ޖަވާބުދާރީވުމުގެ ފުރުސަތެއް ވެސް ދިނުމެއް ނެތި ޕެޓިޝަން ހުށަހެޅުމާއެކު ތިން ބައިކުޅަ އެއްބައި ވަކީލުން އެއްފަހަރާ ސަސްޕެންޑުކުރުމުން ދޭހަވަނީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ބޮޑެތި މައްސަލަ އުޅޭ ކަމެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ވަކީލުން ހިޔާލު ފާޅުކުރަމުން ދިޔައީ ރާއްޖޭގެ ޝަރުއީ ނިޒާމު ވަރުގަދަ ކުރުމަށް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

Advertisement - newsAdvertisement

ސިޓީގައި ބުނެފައި ވަނީ ސުޕްރީމް ކޯޓު ދެމި އޮތުމުގައި ވެސް ވަކީލުންގެ އެއްބާރުލުން މުހިންމު ކަމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމިއޮތުމަށް ވެސް ވަކީލުންގެ މުހިންމުކަން ބޮޑު ކަމަށެވެ. އެގޮތުން އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަޑިޔާރުންގެ މަގާމުތަކާ ސަރުކާރުން "ކުޅެލަން" މަސައްކަތް ކުރި ހާލަތުތަކުގައި ސުޕްރީމް ކޯޓާއި ފަނޑިޔާރުންގެ ދިފާއުގައި ގައުމުގެ ހުރިހާ ވަކީލުން ކަހަލަ ގޮތަކަށް އިހުތިޖާޖަށް ނިކުތް ކަން ފާހަގަކޮށްފައިވެއެވެ.

ސިޓީގައި ބުނެފައި ވަނީ ނާއުންމީދުވެފައި ތިބި ރައްޔިތުންނާ ކުރިމަތިލަނީ ވަކީލުން ކަމަށާއި އެ ވަކީލުން ތަމްސީލްކުރަނީ އިންސާފަށް ބޭނުންވެފައިވާ ފަރާތްތައް ކަމަށެވެ. ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އެދި އެ ފަރާތްތަކުން މަސައްކަތްކުރަނީ ވެސް އެހެންވެގެން ކަމަށް އެ ސިޓީގައި ވެއެވެ. ސުޕްރީމް ކޯޓަށް ވަކީލުން ހުށަހަޅާފައި ވަނީ އެ ބޭފުޅުންނަށް ފެންނަ ގޮތުގެ ހިޔާލުތަކެއް ކަމަށާއި އެ ހިޔާލުތައް ބަލައިގަތުމާއި ބަލައިނުގަތުމުގެ އިހްތިޔާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

އެފަދަ ސިޓީއެއް ފޮނުވުމުން އޭގެ ބަދަލުގައި އިޖުރާއަތްތަކާ ހިލާފަށް ގަބޫލުކުރެވޭ ސަބަބުތަކެއް ނެތި ވަކީލުންނާ މެދު ފިޔަވަޅު އަޅައި ސަސްޕެންޑްކުރުމުން ދެވެނީ ވަރަށް ގޯސް މެސެޖެއް ކަމަށާއި އެއީ ޝަރުއީ ދާއިރާގެ މައިގަނޑު އުސޫލްތައް މުގުރައިލުން ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައި ވެއެވެ. އަދި އެކަމާ ދެކޮޅަށް ފިޔަވަޅު ނޭޅިއްޖެ ނަމަ މުޅި ޝަރުއީ ދާއިރާ ފުނޑުފުނޑުވުމުގެ ބިރު އެބަ އޮތް ކަމަށް އެ ސިޓީގައި ވެއެވެ.

ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ވަކީލުންގެ ތިން ބައިކުޅަ ދެ ބައި ވަކީލުންގެ އިތުބާރު އެ ދާއިރާ އަށް ނެތްކަން ފާޅުކޮށްފައިވާތީ އިންޑިއާގެ ސުޕްރީމް ކޯޓުގެ ބާ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެހެންކަމުން އެކަންކަން އިސްލާހުކުރުމަށް ވެސް ގޮވާލާފައި ވެއެވެ. އަދި މިއީ އުއްތަމަ ފަނޑިޔާރު އިސްނަންގަވައި ފިޔަވަޅު އަޅުއްވަންވީ ވަގުތު ކަމަށާއި އެމަނިކުފާނު މިދަނޑިވަޅުގައި ކުރައްވާ މަސައްކަތް ތާރީހުގައި ލިޔެވިގެންދާނެ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

ސަސްޕެންޑްކުރި ވަކީލުންގެ ތެރޭގައި ފުންނާބު އުސް ވަކީލުންނާއި ސިޔާސީ ފަރާތްތައް ތަމްސީލްކުރާ ފަރާތްތައް ހިމެނޭ ކަމަށާއި ވަކީލުން ސަސްޕެންޑްކުރުމުން އެ މައްސަލަތައް ހުއްޓިގެންދާނެތީ ވެސް ރުޕިންދަރުގެ ސިޓީގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިންޑިއާގެ ސުޕްރީމް ކޯޓު ބާ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމެޓީގައި 21 މެންބަރުންގެ ތިއްބަވަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް