Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީޗާރސް އެސޯސިއޭޝަން

ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމަށް ޤުރުބާން ކުރަނީ ޓީޗަރުން: ޓޭމް

5 މެއި 2026 | އަންގާރަ 04:09

ޓޭމްގެ ޕޯސްޓުގައި ބުނެފައި ވަނީ އެސޯސިއޭޝަން ތަކުން ބާއްވާ ކުޅިވަރު މުބާރާތް ތަކަށް ތައްޔާރުވުމާއި، އެކަންކަމަށް ޓީޗަރުން ލައްވަ ވަގުތު ހޭދަކުރުމަށް ވުރެ، ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ކަންކަން ޓީޗަރުން ލައްވާ ކުރުވަން ވަގުތު ދެވިއްޖެ ނަމަ، އެކަމުން ދަރިވަރުންނާއި ޤައުމަށް ލިބޭ ފައިދާ ބޮޑު ވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މެއި 2026 | އަންގާރަ 04:09
ސްކޫލެއްގެ ބައެއް ޓީޗަރުން ފޮޓޯއެއް ނަގަން ހުއްޓިލައިގެން ތިބި މަންޒަރު.

ސްކޫލެއްގެ ބައެއް ޓީޗަރުން ފޮޓޯއެއް ނަގަން ހުއްޓިލައިގެން ތިބި މަންޒަރު. | ސޯޝަލް މީޑިއާ

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމަށް ޤުރުބާން ކުރަނީ ޓީޗަރުން ކަމަށް ބުނެ، ޓީޗާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ޓޭމް އިން ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ހަގީގަތަކީ ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމަށް ޤުރުބާން ކުރަނީ ޓީޗަރުން ކަމަށެވެ. އަދި އެއީ ރުހުނަސް، ނުރުހުނަސް ޤަބޫލު ކުރަން ޖެހޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.

އެކަން ފާހަގަކޮށް ޓޭމް އިން ވަނީ ހަތް ނުކުތާއެއް ވެސް ހިމަނައިފަ އެވެ. އެގޮތުން ޓޭމް އިން ބުނެފައި ވަނީ، އެސޯސިއޭޝަން ތަކުން ރާވައި ހިންގާ މުބާރާތްތައް ކުރިއަށްދާއިރު، ދަރިވަރުން ގޮވައިގެން އެ ތަނުގައި ތިބެނީ މުދައްރިސުން ކަމަށެވެ. އަދި މުބާރާތްތައް ކުރިއަށް ގެންދާ ދަނޑު ތަކަށް ވެސް ދާން ޖެހެނީ ޓީޗަރުން ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. 

މީގެ އިތުރުން ޓޭމް އިން ބުނެފައި ވަނީ، މުބާރާތަށް ދަރިވަރުން ތައްޔާރުވުމަށް ފަރިތަކުރުން ކުރިއަށް ގެންދާއިރު، ޑިއުޓީ އަދާ ކުރަން ޖެހެނީ ވެސް ޓީޗަރުން ކަމަށެވެ. އެގޮތުން މުބާރާތަށް ފަރިތަ ކުރުމާއި، މުބާރާތަށް ތައްޔާރުވުމަށް އެތައް މަސް ދުވަހެއް ހޭދަވާ ކަމަށް ޓޭމްގެ ޕޯސްޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އެހެންކަމުން، މުބާރާތަށް ތައްޔާރުވުމަށް މި ހުރިހާ ކަމެއް ކުރަން ޖެހޭނީ ޓީޗަރުން ކަމަށް ބުނެފައިވެ އެވެ.

ޓޭމްގެ ޕޯސްޓުގައި ބުނެފައި ވަނީ އެސޯސިއޭޝަން ތަކުން ބާއްވާ ކުޅިވަރު މުބާރާތް ތަކަށް ތައްޔާރުވުމާއި، އެކަންކަމަށް ޓީޗަރުން ލައްވަ ވަގުތު ހޭދަކުރުމަށް ވުރެ، ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ކަންކަން ޓީޗަރުން ލައްވާ ކުރުވަން ވަގުތު ދެވިއްޖެ ނަމަ، އެކަމުން ދަރިވަރުންނާއި ޤައުމަށް ލިބޭ ފައިދާ ބޮޑު ވާނެ ކަމަށެވެ. އެހެންކަމުން ޓޭމް އިން ބުނެފައި ވަނީ، އިންޓަރ ސްކޫލްގެ މުބާރާތްތައް ސްކޫލުގެ ހަތަރު ފާރުން ބޭރަށް މިހާރުން މިހާރަށް ނެރުމަށް ގޮވާލާ ކަމަށެވެ. 

ޓޭމް އިން މިފަދައިން ޕޯސްޓެއް ކޮށްފައިވާއިރު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ވެސް ކުރަމުންނެވެ.

ޓިޗާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް)

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
07 މާރިޗު 2017

އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ

07 މާރިޗު 2017
އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް