ހެލްތު މިނިސްޓަރު ނާޒިމް، މަގާމުން އިސްތިއުފާ ދެއްވައިފި
މިނިސްޓަރު އަބްދުﷲ ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވިއިރު، އިސްތިއުފާ ދެއްވި ސަބަބު ހާމައެއް ނުވޭ. ނާޒިމް ގެ އިތުރުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވަނީ އިސްތިއުފާ ދެއްވާފަ. ދެ މިނިސްޓަރުން އިސްތިއުފާ ދެއްވި އިރު އަންގާރަ ދުވަހު ފެމިލީ މިނިސްޓަރު އާއިޝަތު ޝިހާމް އަދި ފޮރިން މިނިސްޓަރު ޚަލީލް ވަނީ މަގާމުން ވަކިކޮށްފަ.


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް، ނާޒިމް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ. | ރާއްޖެ އެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އަންގާރަ ދުވަހު މިނިސްޓަރު ނާޒިމް އިސްތިއުފާ ދެއްވިއިރު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ދެ މިނިސްޓަރުން އިސްތިއުފާ ދެއްވިއިރު އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރުކަމުގެ މަގާމުން ޑރ. އާއިޝަތު ޝިހާމް އާއި، ފޮރިން މިނިސްޓަރު ކަމުގެ މަގާމުން ޑރ. އަބްދުﷲ ޚަލީލް ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.
އިސްތިއުފާ ދެއްވި މިނިސްޓަރުން
1. މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުން މުޙައްމަދު ޣައްސާން މައުމޫން
2. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުން ޑޮކްޓަރ ޢަބްދުﷲ ޚަލީލް
3. މިނިސްޓަރ އޮފް ހެލްތްގެ މަޤާމުން ޢަބްދުﷲ ނާޡިމް އިބްރާހީމް
4. މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުން ޠާރިޤު އިބްރާހީމް
5. މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢާއިޝަތު ޝިހާމް
6. މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް
7. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑޮކްޓަރ މަރްޔަމް މާރިޔާ
8. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމުން އިބްރާހީމް ވަޙީދު
9. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މަޤާމުން އާދަމް ޝަރީފު ޢުމަރު
10. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
ރައީސް އޮފީހުން ބުނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ޤަބޫލުފުޅުކުރައްވާފައިވާ ކަމަށެވެ.






