Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ބެޓިސް އަތުން ރެއާލް ބަލިވެއްޖެ

21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 02:54

މި މެޗުން ރެއާލް ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 02:54
ރެއާލްއާއި ބެޓިސް ވާދަކުރި މެޗުގެ ތެރެއިން

ރެއާލްއާއި ބެޓިސް ވާދަކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑު ޖެހުމަށް ދެ ޓީމުން ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ބެޓިސްގެ ސަނާބްރިއާ ފޮނުވާލި ހަމަލާ ރެއާލްގެ ގޯލު ރޮނގު މަތިން ދިފާއު ކުރީ މެޑްރިޑްގެ ޑިފެންޑާ ޑެނީ ކަވަހާލްއެވެ.

މި ހާފުގައި ރެއާލް އިން ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑާ އިސްކޯއަށެވެ. އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ ބެޓިސްގެ ކީޕަރު އާދަން ވަނީ ދިފާއު ކޮށްފައެވެ.

ފުރަތަމަ ހާފު ނިމިފައި ވަނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ.

ދެވަނަ ހާފުގައި ރެއާލްއިން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށް ބެޓިސްގެ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ އެ ޓީމުގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެހެނަސް އެ ޓީމަށް މި ހަމަލާތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓުގައި ގެރެތް ބޭލް ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ރެއާލްގެ ގޯލުގެ ދަނޑިއާއެވެ.

ރެއާލްއިން ތަނަވަސް ކުރި ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ނުހިފުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ބެޓިސް އިން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސަނާބްރިއާއެވެ.

މި މެޗުން ރެއާލް ބަލިވުމާއެކު އެ ޓީމުން ވަނީ އަމިއްލަ ދަނޑުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ހަތް ޕޮއިންޓް ގެއްލުވާލާފައެވެ.

ތާވަލުގެ ދެވަނައިގައި އޮތް ސެވިއްޔާއިން ވަނީ އަމިއްލަ ދަނޑުގައި ލަސް ޕަލްމާސް ބަލިކޮށްފައެވެ. ސެވިއްޔާއިން މި މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ސެވިއްޔާއަށް މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނަށް އެ ޓީމާއި އަލަށް ގުޅުނު ސްޕެއިންގެ މިޑްފީލްޑާ ޖީސަސް ނަވާސްއެވެ. ޑިޕޯޓީވޯއިން ވެސް ވަނީ އަމިއްލަ ދަނޑުގައި އަލަވޭސް ބަލިކޮށްފައެވެ. އެގޮތުން ލުއިސީނިއޯ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑުން މޮޅުވެ ޑިޕޯޓިވޯވަނީ ރެލިގޭޝަން ޒޯނުން ސަލާމަތްވެފައެވެ.

އެޓްލެޓިކޯ މެޑްރިޑާއި އެތްލެޓިކް ބިލްބާއޯ ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެޓްލެޓިކޯއެވެ. ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ބިލްބާއޯއަށް ލިބުނު ޕެނަލްޓީ އެ ޓީމުންވަނީ ބޭކާރުކޮށްލާފައެވެ. މެޗުގެ 55 ވަނަ މިނުޓުގައި އެޓްލެޓިކޯއަށް ލީޑު ނަގައިދިނީ އެންހެލް ކޮރޭއާއެވެ. އަދި 73 ވަނަ މިނުޓުގައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ޔަނިކް ފެރެއިރާ ކަރާސްކޯއެވެ. ބިލްބާއޯއަށް ނަތީޖާގެ ފަރަގު ކުޑަވެގެންދިޔައީ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ރައުލް ގާސިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، 15 ޕޮއިންޓް ހޯދައިގެން އޮތީ ބާސެލޯނާއެވެ. ދެވަނައިގައި 13 ޕޮއިންޓާއެކު ސެވިއްޔާ އޮތްއިރު ތިންވަނަ އެޓްލެޓިކޯއަށް ލިބެނީ 11 ޕޮއިންޓާއެކުއެވެ. 9 ޕޮއިންޓާއެކު ތިން ޓީމެއް އޮތް އިރު 8 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނަ ލިބެނީ މިދިޔަ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް